ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ ސަސްޕެންޑުކޮށްފި

ޕެންޝަން އޮފީސްގެ ސީއޯއޯ ޝިއުނާ: އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފައި -- ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީސްގެ ސީއޯއޯ ޝިއުނާ: އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފައި -- ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރްޔަމް ޝިއުނާ މަގާމުން ސަސްޕެންޑުކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރަކުން  ބުނި ގޮތުގައި ޝިއުނާ އިއްޔެ ސަސްޕެންޑްކުރީ ޝިއުނާއާމެދު ޕެންޝަން ބޯޑުގެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށެވެ. . 

"ޝިއުނާ މަސައްކަތް ކުރަމުން ދިޔައީ ޕްރޮފެޝަނަލްކޮށް. އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް އޮތީ ޗެއާމަންގެ،" އޭނާ ވިދާޅުވި އެވެ. 

މި ހަބަރަށް ކޮމެންޓެއް ހޯދަން ޕެންޝަން އޮފީހަށް ގުޅުމުން އެތަނުގެ މީޑިއާ އޮފިޝަލަކު ބުނީ ވަކިވަކި މުވައްޒަފުންނާ ގުޅޭ ކަންކަމުގައި އެ އޮފީހުން މައުލޫމާތު ހާމަނުކުރާ ކަމަށެވެ. 

"ވަކިވަކި މުވައްޒަފުންނާއި ގުޅޭ އިދާރީ ކަންކަމާ މެދު ޕެންޝަން އޮފީހުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައެއް ނުވޭ،" އޭނާ ބުންޏެވެ. 

ޝިއުނާ ޕެންޝަން އޮފީހާ ގުޅިވަޑައިގަތީ އެޕްރީލް، 2023، ގަ އެވެ. އޭގެ ކުރިން ޝިއުނާ ހުންނެވީ އޭސީސީގެ ރައީސްގެ މަގާމުގަ އެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ. 

ޔުނިވާސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ބެޗްލާ އޮފް އާޓްސް އިން ހިސްޓްރީ ޝިއުނާ ހާސިލްކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox