ޒަވީއާ މަޝްވަރާ ކުރުމަށް ފަހު ނެދަލެންޑްސް ޓީމަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

Sep 22, 2026, 12:12 PM
ނެދަލެންޑްސް ކެޕްޓަން، ވާޖިލް ވެން ޑައިކް

ނެދަލެންޑްސް ކެޕްޓަން، ވާޖިލް ވެން ޑައިކް

އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 22) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު، ގައުމީ ޓީމުގެ ކެރިއަރު ނިންމާލުމުގެ ވިސްނުމުގައި ހުރި، ނެދަލެންޑްސްގެ ޑިފެންޑަރު، ވާޖިލް ވެން ޑައިކް، އެ ޓީމާ އެކު ކުރިއަށް ދިއުމަށް ނިންމައިފި އެވެ. 

ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުން ނެދަލެންޑްސް ކެޓީ މޮރޮކޯ އަތުން ބަލިވުމުންނެވެ. އެ މެޗަށް ފަހު، ނެދަލެންޑްސްގެ ކޯޗުކަމުން ރޮނާލްޑް ކޫމަން ވަކިވިއިރު، އުމުރުން 35 އަހަރުގެ ވެން ޑައިކް، ގައުމީ ޓީމާ ދުރަށް ޖެހިލުމުގެ ވާހަކަތައް ދެކެވުނެވެ. އަދި، ގައުމީ ޓީމަށް 96 މެޗު ކުޅެފައިވާ ވެން ޑައިކް ވެސް އެކަން ޔަގީންކޮށްދިނެވެ.

އެކަމަކު، ނެދަލެންޑްސްގެ ކޯޗުކަމާ، 2010 ވަނަ އަހަރު ސްޕެއިނާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު، ޒަވީ ހެނާންޑޭޒް ހަވާލުވެ، އެ ޓީމުގެ ސީނިއާ ކުޅުންތެރިންނާ ބައްދަލުކުރި އެވެ. އެ ގޮތުން، ވެން ޑައިކާ އެކު ވެސް ޒަވީ ވަނީ ބައްދަލުވުމެއް ކުރިއަށްގެންގޮސްފަ އެެވެ. އެ ބައްދަލުވުމުގައި ޒަވީ ވަނީ ނެދަލެންޑްސްއާ އެކު، އޭނާގެ ޕްލޭންތައް ވެން ޑައިކަށް ހިއްސާކޮށްފަ އެވެ. 

"މިއީ ވަރަށް މުހިންމު ނިންމުމެއް، އަހަންނަށް ބޭނުންވާ އިހުތިރާމާއި ޔަގީންކަން ލިބިގެންދިޔަ ބައްދަލުވުމެއް މިއީ. މިއީ، މާ ދިގު ކޮށް ދައްކަން ޖެހޭ ވާހަކައެއް ނޫން. އަހަންނަށް ލިބެންޖެހޭ އިތުބާރު ލިބިއްޖެ،" ވެން ޑައިކް ބުންޏެވެ. 

"އަހަރެން ވަރަށް ގަޔާވެގެން މި ހުރީ ކުރިއަށް އޮތް ހަތަރު މެޗަށް. ދެން، ކުރިއަށް އޮތް ދެ އަހަރު ތެރޭ ގިނަ ކަންކަން ރަނގަޅަށް ގެންދަން ބޭނުން،" 

ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނެދަލެންޑްސް ގައުމީ ކެރިއަރު ކުރިއަށްގެންދަން ނިންމީ 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ. މި ފަހަރުގެ އިންޓަނޭޝަަނަލް ބްރޭކުގައި ނެދަލެންޑްސް އިން ޔުއެފާ ނޭޝަންސް ލީގުގެ ހަތަރު މެޗު ކުޅޭނެ އެވެ. އެއީ، ބުރާސްފަތި ދުވަހުގެރޭ، ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން، ސާބިއާއާ ދެކޮޅަށް ކުޅޭ ދެ މެޗު އަދި ގްރީސްއާ ބައްދަލުކުރާ މެޗެވެ. 

ޒަވީ އަށް ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ދީފައިވަނީ، 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އޮތް ކޮންޓްރެކްޓެކެވެ. ޒަވީ ފުރަަތަމަ މެޗުގައި ނުކުންނަ ޖަރުމަނުގެ ކޯޗަކަށް ހުރީ ލިވަޕޫލާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު، ޔާގަން ކްލޮޕް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox