ސްލޮޓް ނޫނެކޭ ބުނުމުން މާޓިނޭޒަށް ނެދަލެންޑްސް ކޯޗުކަން ހުށަހަޅައިފި

Aug 12, 2026, 11:58 AM
ކޯޗު ރޮބާޓޯ މާޓިނޭޒް: އޭނާ އަށް ނެދަލެންޑްސް ކޯޗަކަށް ވުމުގެ އޮފާ ވަނީ ލިބިފައި.

ކޯޗު ރޮބާޓޯ މާޓިނޭޒް: އޭނާ އަށް ނެދަލެންޑްސް ކޯޗަކަށް ވުމުގެ އޮފާ ވަނީ ލިބިފައި.

އަމްސްޓެޑަމް، ނެދަލެންޑްސް (އޮގަސްޓް 12) - މިދިޔަ ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަމުން ވަކިވި، އާނާ ސްލޮޓް، ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވާން ލިބުނު ފުރުސަތު ދޫކޮށްލުމުން، ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން އެ ވަޒީފާ ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒަށް ހުށަހަޅައިފި އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅުނު ބުުރުގައި މޮރޮކޯ އަތުން ބަލިވެ، ނެދަލެންޑްސް ކެޓި ހިސާބުން އެ ޓީމުގެ ކޯޗުކަމުން ރޮނާލްޑް ކޫމަން ވަނީ ވަކިވެފަ އެވެ. އާ ކޯޗެއް ހޯދުމަށް ނެދަލެންޑްސް އިން ކުރަމުން އަންނަ މަސައްކަތުގައި އެ ގައުމުން އެންމެ ފުރަތަމަ ބެލި ކޯޗަކީ، ދެ ސީޒަނަށް ފަަހު ލިވަޕޫލުން ވަކިކުރި، ފެޔަނޫޑްގެ ކުރީގެ ކޯޗު އާނާ ސްލޮޓް އެވެ. 

ސްލޮޓް ވަނީ ނެދަލެންޑްސްގެ އޮފާ ދޫކޮށްލައިފަ އެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކެރިއަރުގައި މި ވަގުތު ބޭނުންވަނީ، ކޯޗިންގެ ވަޒީފާ ދުވަހުން ދުވަހަށް އަދާކުރެވޭ ފަދަ ޕްރޮޖެކްޓެއް ނެގުމަށް ކަމަށާއި ގައުމީ ޓީމުން އެ ފަދަ ފުރުސަތެއް ނުލިބޭނެތީ، ނެދަލެންޑްސްގެ ހުށަހެޅުން ގަބޫލުނުކުރީ ކަމަށެވެ. އަދި، އޭނާ ނެދަލެންޑްސްއާ ހަވާލުނުވީ މުސާރަ ކުޑަވުމުން ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް ވެސް ސްލޮޓް ވަނީ ބުނެފަ އެވެ. 

ނެދަލެންޑްސް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ކޯޗުކަމުން ވަކިވި، އުމުރުން 53 އަހަރުގެ މާޓިނޭޒާ އެކު، ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އަދި، ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަން ޑިރެކްްޓަރު، ނައިޖެލް ޑި ޔޯންއާ އެކު، ސްޕެއިންގެ މަލާގާގައި، މާޓިނޭޒް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. 

ބެލްޖިއަމް ގައުމީ ޓީމަށް 2016 އިން 2022 އަށް ކޯޗުކޮށްދިން މާޓިނޭޒް ވަނީ ޕޯޗުގަލް އަށް މިދިޔަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި، ޕޯޗުގަލް ވަނީ، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުން ބަލިވެ ކަޓައިފަ އެވެ. އެ މެޗަށް ފަހު، މާޓިނޭޒް އަށް ޕޯޗުގަލްގެ ކޯޗުކަން ގެއްލުނީ އެވެ. ޕޯޗުގަލް އަށް ކޯޗުކޮށްދިން 45 މެޗުން އެ ޓީމު 32 މެޗުން މޮޅުވިއިރު، ބަލިވީ ހަތް މެޗުންނެވެ. 

ކޯޗިން ކެރިއަރުގައި މާޓިނޭޒް ވަނީ، އިނގިރޭސި ޕްރިިމިއާ ލީގުގެ އެވަޓަން، ވިގަން އެތުލެޓިކް އަދި ސްވަންސީ ސިޓީ އަށް ކޯޗުކޮށްދީފަ އެވެ. ސްވަންސީއާ އެކު، އިނގިރޭސި ތިން ވަނަ ޑިވިޝަން ތަށި ހޯދި މާޓިނޭޒް ވަނީ 2013 ވަނަ އަހަރު ވިގަން އަށް އެފްއޭ ކަޕް ހޯދައިދީފަ އެވެ. އަދި، ބެލްޖިއަމް ގައުމީ ޓީމަށް 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިދީފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox