ނެދަލެންޑްސްގެ ކޯޗަކަށް ޒަވީ ހަމަޖައްސައިފި

Aug 13, 2026, 12:38 AM
ޒަވީ ހެނާންޑޭޒް: އޭނާ ވަނީ ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވެފައި.

ޒަވީ ހެނާންޑޭޒް: އޭނާ ވަނީ ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވެފައި.

އަމްސްޓެޑަމް، ނެދަލެންޑްސް (އޮގަސްޓް 13) -  ހުސްވެފައިވާ ނެދަލެންޑްސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ސްޕެއިނުގެ ޒަވީ ހެނާންޑޭޒް ހަމަޖައްސައިފި އެވެ. 

ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާނުކުރި ގޮތުގައި، ޒަވީ އަށް ދީފައިވަނީ، 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އޮތް ކޮންޓްރެކްޓެކެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި އަހަރުގެ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅުނު ބުުރުގައި މޮރޮކޯ އަތުން ބަލިވެ، ނެދަލެންޑްސް ކެޓި ހިސާބުން އެ ޓީމުގެ ކޯޗުކަމުން ރޮނާލްޑް ކޫމަން ވަނީ ވަކިވެފަ އެވެ.

އާ ކޯޗެއް ހޯދުމަށް ނެދަލެންޑްސް އިން ކުރަމުން އަންނަ މަސައްކަތުގައި އެ ގައުމުން އެންމެ ފުރަތަމަ ބެލި ކޯޗަކީ، ދެ ސީޒަނަށް ފަަހު ލިވަޕޫލުން ވަކިކުރި، ފެޔަނޫޑްގެ ކުރީގެ ކޯޗު އާނާ ސްލޮޓް އެވެ. އެކަމަކު، އޭނާ ކްލަބް ކޯޗިންގައި ކުރިއަށްދާން ނިންމިއިރު، ދެން، ނެދަލެންޑްސް އިން ވާހަކަ ދެއްކި އެއް ކޯޗަކީ މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު، ޕޯޗުގަލް އިން ވަކިވި ރޮބާޓޯ މާޓިނޭޒްއާ އެވެ.

ސްލޮޓް ނޫނެކޭ ބުނުމުން މާޓިނޭޒަށް ނެދަލެންޑްސް ކޯޗުކަން ހުށަހަޅައިފި

ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވުމަށް އާނާ ސްލޮޓަށް ހުށަހެޅި ފުރުސަތު އޭނާ ދޫކޮށްލުމުން، އެ މަގާމަށް ރޮބާޓޯ މާޓިނޭޒް އައްޔަންކުރުމުގެ މަޝްވަރާތައް ފަށައިފި. ސްލޮޓް މި ހުށަހެޅުން ގަބޫލުނުކުރީ ކްލަބް ފުޓްބޯޅައިގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަން ބޭނުންވާތީ ކަމަށް އޭނާ ވަނީ ބުނެފައި. ނެދަލެންޑްސް އިން ދަނީ މާޓިނޭޒާ އެކު މަޝްވަރާ ކުރަމުން

އެކަމަކު، މާޓިނޭޒަށް ވެސް ފުރުސަތު ނުދީ ނެދަލެންޑްސް އިން ޒަވީއާ ޒިންމާ ހަވާލުކުރީ އެވެ. 

މިއީ، ކޯޗިން ކެރިއަރުގައި ޒަވީ، ކޫމަން އަށް ފަހު ޓީމަކާ ހަވާލުވި ދެ ވަނަ ފަަހަރެެވެ. އެ ގޮތުން، 2021 ވަނަ އަހަރު ކޫމަން، ބާސެލޯނާ ދޫކޮށްލިއިރު، އެ ފަހުން އެ ޓީމާ ހަވާލުވީ ޒަވީ އެވެ. 

ސްޕެއިނާ އެކު، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ޒަވީ، އޭނާގެ ކޯޗިން ކެރިއަރު ފެށީ، ގަތަރުގެ އަލް ސާދުންނެވެ. އެ ޓީމަށް ކުޅުނު ޒަވީ، އެ ކްލަބްގެ ކޯޗަކަށް ހުރެފައި، ދެން ހަވާލުވީ، 2021 ވަނަ އަހަރު ބާސެލޯނާއާ އެވެ. ކުޅުމުގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރި ބާސެލޯނާގެ ކޯޗަކަށް ހުރިއިރު، ޒަވީ ވަނީ، ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. 

ޒަވީގެ ކޯޗުކަމުގައި ނެދަލެންޑްސް ކުޅޭނެ ފުރަަތަމަ މެޗު އޮތީ، އަންނަ މަހުގެ 24 ވަނަ ދުވަހު، ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ، ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި ޔާގަން ކްލޮޕް ވެސް އެ ޓީމަށް އިރުޝާދުދޭނެ ރަސްމީ ފުރަތަމަ މެޗެވެ. ޖަރުމަނު މެޗަށް ފަހު، ދެން ނެދަލެންޑްސް އަށް އޮތީ، ނޭޝަންސް ލީގުގައި ގްރީސް އާއި ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox