ޕެނަލްޓީގައި ނެދަލެންޑްސްގެ މައްޗަށް ކުރިހޯދައި މޮރޮކޯ ގަދަ 16 އަށް

Jun 30, 2026, 9:19 AM
ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން.

ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން.

ނުއޭވޯ ލެއޯން، މެކްސިކޯ (ޖޫން 30) - ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް މޮރޮކޯ އިން މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ. 

މެޗުގެ 90 މިނިޓާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު، މޮރޮކޯ އާއި ނެދަލެންޑްސް 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީގައި މޮރޮކޯ މޮޅުވީ 3-2 އިންނެވެ. 

މިއީ، 2017 ވަަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި މި ދެ ޓީމުން ކުޅުނު ފަހުން، މި ދެ ޓީމުން ބައިނަލްއަގުވާމީ ލެވަލްގެ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެެވެ. މޮރޮކޯ އާއި ނެދަލެންޑްސްގެ ފަރާތުން މި މެޗުގައި ފިޒިކަލް ކުޅުމެއް މެޗުގެ ފުރަތަމަ ވަގުތުތަކުން ފެށިގެން ފެނިގެންދިޔައިރު، މެޗުގެ ރެފްރީ، ބްރެޒިލްގެ ވިލްޓަން ސަމްޕައިއޯ އަށް ވަނީ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިފަ އެވެ. 

ފުރަތަމަ ހާފުގައި މޮރޮކޯ އިން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ކޯނަރެއްގައި މޮރޮކޯގެ ނީލް އެލް އައިނައޫއީ ބޮލުން ޖެހި ބޯޅަ ނެދަލެންޑްސްގެ ކީޕަރު، ބާޓް ވާބްރޫގެން ވަނީ މަތަކޮށްފަ އެވެ. އަދި، މޮރޮކޯގެ ކެޕްޓަން، އަޝްރަފް ހަކީމީ، އޭރިއާ ރޮނގުކައިރިން މަތީ ކަނަށް ފޮނުވާލަން ޖެހި ބޯޅަ ވެސް ކީޕަރު ވަބްރޫގެން ވަނީ މަތަކޮށްފަ އެވެ. 

ނެދަލެންޑްސް އިން ފުރަތަމަ ހާފުގައި ގޯލ ސީދާކޮށް ފޮނުވާލި އެއް ހަމަލާ އަކީ އޭރިއާބޭރުން އެ ޓީމުގެ މިކީ ވެން ޑަ ވީން ޖެހި ޝޮޓެވެ. އެ ގޮތުން، ވެން ޑަ ވީން ފޮނުވާލި އެ ބޯޅަ ދިޔައި މޮރޮކޯގެ. ކީޕަރު، ޔާސީން ބޯނޯ އަތުގައި ޖެހިފައި ހުރަސްދަނޑިމަތިން ބޭރުންނެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ނެދަލެންޑްސްގެ އޭރިއާތެރެއިން، މޮރޮކޯ އިން ހިލޭ ޖެހުމަކުން ނެގި ހުރަހަަކަށް އެރި އެ ޓީމުގެ ފޯވާޑް، އިސްމާއިލް ސައިބާރީ އަށް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި، ނެދަލެންޑްސް އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ހަކީމީ ޖެހި ޝޮޓެއް ހުރަސްދަނޑީގައި ޖެހިފައި ބޭރުވި އެވެ. 

މޮރޮކޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ގަކްޕޯ އުފާފާޅުކުރަނީ.
މޮރޮކޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ގަކްޕޯ އުފާފާޅުކުރަނީ.

ހައިޑްރޭޝަން ބްރޭކަށް ފަހު، ކުޅުން ފަށައިގެން މޮރޮކޯ އިން ލަސްކޮށް ފެށިއިރު، ސަމާލުކަން ކުޑަވުމުގެ ފައިދާނަގައި، ނެދަލެންޑްސް އިން ތަނަވަސްވި ފުރުސަތުގައި ލަނޑު ޖެހި އެވެ. އެ ގޮތުން، އެ ޓީމުގެ ލަނޑު ޖެހީ 72 ވަަނަ މިނިޓްގައި ކޯޑީ ގަކްޕޯ އެވެ. މިއީ، ނެދަލެންޑްސްގެ ކްރައިސެންސިއޯ ސަމަވިލް ދިން ބޯޅައަކުން އޭރިއާތެެރެއިން ގަކްޕޯ ޖެހި ގޯލެކެވެ. 

ނެދަލެންޑްސް އިން އެ ފަހުން ފަހަތަށް ޖެހިގެން ޑިފެންސް ކުރަމުން ދަނިކޮށް، މޮރޮކޯ އިން ނަތީޖާ ހަަމަހަމަކުރި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުުތުގަ އެވެ.  އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި ޗެމްސްދިން ޓަލްބީ ނެގި ހުރަހަކުން މި ލަނޑު ޖެހީ އީސާ ދިއޮޕް އެވެ. މިއީ، ދިއޮޕް އެ ޓީމަށް ޖަހައިިދިން ފުރަަަތަމަ ގޯލެވެ. 

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި، މޮރޮކޯގެ ސޯފިއަން ރަހީމީ ހުސްކޮށް ވަދެ ޖެހި ޝޮޓެއް ނެދަލެންޑްސްގެ ކީޕަރު ވަބްރޫގެން ވަނީ މަތަކޮށްފަ އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ އަށް ދާށެވެ. 

އެ ގޮތުން، ނެދަލެންޑްސްގެ ފުރަތަމަ ޕެނަލްޓީ، ޓިއެމް ކޫޕްމައިނާސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މޮރޮކޯގެ ފުރަތަމަ ޕެނަލްޓީ އެލް އައިނޫއީ ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސްދަނޑިއަށެވެ.  ނެދަލެންޑްސްގެ ދެ ވަނަ ޕެނަލްޓީ، ޖަސްޓިން ކްލައިވަޓް ޖެހި ޝޮޓް އަމާޒުވީ ދަނޑިއަށެވެ. އޭގެ ފަހުން، މޮރޮކޯގެ ދެ ވަނަ ޕެނަލްޓީ ރަހީމީ ފޮނުވާލިިއިރު، އެ ބޯޅަ ގޯލަށް ވަނީ ވަބްރޫގެން އަތުގައި ޖެހިފައި، ދަނޑީގައި ވެސް ޖެހިފަ އެވެ. ވައުޓް ވެގްހޯސްޓް ވަނީ ނެދަލެންޑްސްގެ ތިން ވަނަ ޕެނަލްޓީ ވައްދާލައިފަ އެވެ. ތަލްބީ، މޮރޮކޯގެ ތިން ވަނަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ނެދަލެންޑްސްގެ ހަތަރު ވަނަ ޕެނަލްޓީ ކުއިންޓަން ޓިމްބާ އަތުން ނާކާމިޔާބުވިއިރު، މޮރޮކޯގެ ހަތަރު ވަނަ ޕެނަލްޓީ ޖެހި އަޝްރަފް ހަކީމީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ނެދަލެންޑްސްގެ ފަސް ވަނަ ޕެނަލްޓީ، ސަމަވިލް ފޮނުވާލިއިރު، މޮރޮކޯ ކީޕަރު ޔާސީން ބޯނޯ މަތަކުރުމުން، ސައިބާރީ ފަސް ވަނަ ޕެނަލްޓީ ވައްދާލައި އެ ޓީމު މޮޅުކޮށްދިނެވެ. 

މޮރޮކޯ އިން މުބާރާތުގެ ގަދަ 16 ބުރުގައި ކުޅޭނީ، ކެނަޑާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox