ޓީ-ރެކްސްގެ ހަށިގަނޑުގެ ހޫނުމިން އިންސާނުންނާ އެއްވަރު

Sep 22, 2026, 1:26 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފޮސިލައިޒްޑް ދަތްތަކެއް ބޭނުންކޮށްގެން ޓައިރަނޯސޯރަސް ރެކްސް (ޓީ-ރެކްސް) ގެ ހަށިގަނޑުގެ ހޫނުމިން ދެނެގަނެފި އެވެ. މި ދިރާސާއިން ދައްކާ ގޮތުގައި އޭގެ ހަށިގަނޑުގެ ހޫނުމިން އިންސާނުންގެ ހަށިގަނޑުގެ ހޫނުމިނާ މާ ބޮޑު ތަފާތެއް ނެތެވެ.

ކުރީގެ ދިރާސާތަކުގައި ސައިންސްވެރިން ގަބޫލުކުރި ގޮތުގައި ޑައިނަސޯތަކަކީ ހަރަކާތްތެރިކަން ކުޑަ، ފިނި ލޭ ހުންނަ މަހްލޫގުތަކެކެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން އެކަން ބަދަލުވެ، ކުރީގެ ޑައިނަސޯތަކަކީ ހޫނު ލޭ ހުންނަ އަދި އަމިއްލައަށް ހަށިގަނޑުގެ ހޫނުމިން ކޮންޓްރޯލް ކުރެވޭ ފަދަ ދިރުންތަކެއްކަން ވަނީ ހާމަވެފަ އެވެ.

ޓީ-ރެކްސް އަކީ މިފަދަ އެއްޗެއް ކަމަށް ގިނަ ސައިންސްވެރިން އެއްބަސްވި ނަމަވެސް، ދުނިޔެއިން ނެތިގޮސްފައިވާ މަހްލޫގެއްގެ ހަށިގަނޑުގެ ސީދާ ހޫނުމިން ދެނެގަތުމަކީ އުނދަގޫ ކަމެކެވެ.

Advertisement

ޓީ-ރެކްސް ބޮޑުވި ގޮތް ދިރާސާކޮށްގެންނާއި އޭގެ ކަށިތަކުން ފެންނަން ހުރި ނިޝާންތައް ބޭނުންކޮށްގެން ސައިންސްވެރިން މީގެ ކުރިން ތަފާތު ގޮތްގޮތަށް މަސައްކަތް ކުރި ނަމަވެސް، ޔަގީންކަމާއެކު އޭގެ ހަށިގަނޑުގެ ފިނިހޫނުމިން މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

އަލަށް ކުރި ދިރާސާގައި ސައިންސްވެރިން ވަނީ މި ނުރައްކާތެރި ޝިކާރަވެރިޔާގެ ދަތްތަކުން ކެމިކަލް ނިޝާންތަކެއް ހޯދާފަ އެވެ. އެގޮތުން ދަތުގެ އެނަމަލްގައި ހުންނަ އެޓަމްތައް އެކުލެވިގެންވާ ގޮތް ބަދަލުވަނީ އެ އެއްޗެއްގެ ހަށިގަނޑުގެ ހޫނުމިނަށް ބިނާކޮށްކަން ވަނީ އެނގިފަ އެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލިސްގެ ޖިއޯކެމިސްޓެއް ކަމަށްވާ އަދި މި ދިރާސާގެ އެއް މުސައްނިފު އަރާދްނާ ތުރިޕާތީ ވިދާޅުވި ގޮތުގައި ޓީ-ރެކްސްގެ ހަށިގަނޑު ހޫނު މިން މިހާރު ވަނީ ދެނެގަނެވިފަ އެވެ.

ތިން ދަތަކުން ލިބުނު މައުލޫމާތަށް ބަލާއިރު، ޓީ-ރެކްސްގެ ހަށިގަނޑުގެ އެވްރެޖް ހޫނުމިނަކީ ގާތްގަނޑަކަށް 97 ޑިގްރީ ފަރަންހައިޓް (36 ޑިގްރީ ސެލްސިއަސް) އެވެ. މިއީ މިހާރުގެ އެތްތަކުގެ ހޫނުމިނާ އެއްވަރުގެ މިންވަރެކެވެ. އަދި މިއީ އިންސާނުންގެ ހަށިގަނޑުގެ އެވްރެޖް ހޫނުމިން ކަމަށްވާ 97 އާއި 99 ޑިގްރީ ފަރަންހައިޓް (36 އާއި 37 ޑިގްރީ ސެލްސިއަސް) އާ ވެސް ވަރަށް ގާތް އަދަދެކެވެ.

މި ހޯދުންތައް ވަނީ "ސައިންސް އެޑްވާންސަސް" ޖާނަލްގައި ޝާއިއުކޮށްފަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އެހެން ޑައިނަސޯތަކުގެ ހޫނުމިން ހުންނަ ގޮތް ބެލުމަށް މި އުސޫލުތައް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ޑައިނަސޯގެ ޒަމާނުގައި އެންމެ ނުފޫޒުގަދަ ޝިކާރަވެރިއެއްގެ ގޮތުގައި ޓީ-ރެކްސް އޮތުމުގެ އެއް ސިއްރަކީ އޭގެ ހަށިގަނޑުގެ ހޫނުމިން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox