ޓައިރެނޯސޯރަސް ރެކްސް

4 ލިޔުން

ފަހުގެ

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށްލުއިއަދަދު

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޓީ-ރެކްސްގެ ހަށިގަނޑުގެ ހޫނުމިން އިންސާނުންނާ އެއްވަރުލުއިއަދަދު

ޓީ-ރެކްސްގެ ހަށިގަނޑުގެ ހޫނުމިން އިންސާނުންނާ އެއްވަރު

ފޮސިލައިޒްޑް ދަތްތަކެއް ބޭނުންކޮށްގެން ކުރި އައު ދިރާސާއަކުން، ޓީ-ރެކްސްގެ ހަށިގަނޑުގެ އެވްރެޖް ހޫނުމިނަކީ 36 ޑިގްރީ ސެލްސިއަސްކަން ވަނީ ދެނެގަނެވިފައެވެ. މިއީ އިންސާނުންގެ ހަށިގަނޑުގެ ހޫނުމިނާ ދާދި އެއްވަރުގެ މިންވަރެއް ކަމަށްވާއިރު، މީގެ ކުރިން ޑައިނަސޯތަކަކީ ފިނި ލޭ ހުންނަ އެއްޗެއްގެ ގޮތުގައި އޮތް ގަބޫލުކުރުން މި ހޯދުމާއެކު ވަނީ ބަދަލުވެފައެވެ.