ބޭރު ދަރަނި ހަތަރު ބިލިއަނުން 3.5 ބިލިއަން ޑޮލަރަށް ތިރިވެއްޖެ

ގްރެފިކްސް: ލީވާން އަލީ ނާސިރު/އަދަދު

ގްރެފިކްސް: ލީވާން އަލީ ނާސިރު/އަދަދު

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ސުކޫކާއި ސްވޮޕުގެ ދަރަނި ހިމެނޭހެން ރެކޯޑު އަދަދެއްގެ ދަރަނި އަނބުރާ ދެއްކުމާ އެކީ، ބޭރުގެ ދަރަނި 3.5 ބިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ފިނޭންސުން އާންމުކޮށްފައިވާ އެންމެ ފަހުގެ ޑެޓް ބުލެޓިންގައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ބޭރުގެ ޖުމްލަ ދަރަނި ހުރީ ހަތަރު ބިލިއަން ޑޮލަރުން މަތީގަ އެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ސީދާ ބޭރު ދަރަނި 2.8 ބިިލިއަން ޑޮލަރަށް އަރާފައިވާއިރު، ގެރެންޓީ ދީފައިވާ ބޭރު ދަރަނި 1.3 ބިލިއަން ޑޮލަރަށް އެރި އެވެ. 

މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ދަރަނި ބޭރު ދަަރަނި ވަރަށް އުފުލުނު ނަމަވެސް، ގިނަ ދަރަނިތަކެއް ދައްކާފައި ވާތީ، މި އަހަރުގެ ދެ ކުއާޓަރުގައި ވެސް ބޭރު ދަރަނީ ދިޔައީ ދަށަށެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ދަށްވުމެއް އައީ، ދެ ވަނަ ކުއާޓަރުގެ ތެރޭގައި އެވެ. 

މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ތެރޭގައި ބޭރުގެ ދަރަނިތައް ދައްކަން 983 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ. މި ފައިސާގެ ތެރޭގައި ކުރީ ސަރުކާރުން ވިއްކި ސުކޫކުގެ 500 މިލިއަން ޑޮލަރާއި މި ސަރުކާރުން އިންޑިއާގެ ރިޒާވު ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނެ އެވެ. 

މި ދަރިނިތައް ދެއްކުމާއެކީ ބޭރުގެ ސީދާ ދަރަނި 2.3 ބިލިއަން ޑޮލަރަށް، އަދި ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި ވަނީ 1.2 ބިލިއަން ޑޮލަރަށް ތިރިވެފަ އެވެ. 

ދައުލަތުގެ ބޭރު ދަރަނި

މިލިއަން ޑޮލަރު
02,0004,0006,0003,594.3 މިލިއަން ޑޮލަރުQ3 2023Q1 2024Q3 2024Q1 2025Q3 2025Q1 2026Q2 2026
ދައުލަތުގެ ބޭރު ދަރަނި
LabelValue
Q3 20233,357.8 މިލިއަން ޑޮލަރު
Q4 20233,388.6 މިލިއަން ޑޮލަރު
Q1 20243,373.9 މިލިއަން ޑޮލަރު
Q2 20243,458.6 މިލިއަން ޑޮލަރު
Q3 20243,552.6 މިލިއަން ޑޮލަރު
Q4 20244,043.9 މިލިއަން ޑޮލަރު
Q1 20254,013.2 މިލިއަން ޑޮލަރު
Q2 20254,048.4 މިލިއަން ޑޮލަރު
Q3 20254,033.6 މިލިއަން ޑޮލަރު
Q4 20254,090.4 މިލިއަން ޑޮލަރު
Q1 20264,068.9 މިލިއަން ޑޮލަރު
Q2 20263,594.3 މިލިއަން ޑޮލަރު
ފިނޭންސް މިނިސްޓްރީ ޑެޓް ބުލެޓިން

ބޭރު ދަރަނި ދަށަށް ދިޔަ ނަމަވެސް، މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެތެރޭގެ ދަރަނި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް އަދަދުތަކުން ދައްކަ އެވެ. 

މި ޖޫން މަހުގެ ނިޔަލަށް އެތެރޭގެ ޖުމްލަ ދަރަނި ވަނީ 97.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ދެ އަހަރާ ބައިގެ ތެރޭގައި 23.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެތެރޭގެ ދަރަނީގެ 99 ޕަސެންޓަކީ ދައުލަތުގެ ސީދާ ދަރަންޏެވެ. އެތެރޭގެ ދަރަނީގެ ތެރެއިން ގެރެންޓީ ދީފައިވަނީ 579.8 މިލިއަން ރުފިޔާއަށް އެކަންޏެވެ. 

އެތެރޭގެ ދަރަނި ދަށަށް ނުދާތީ ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ދަރަނި ދެއްކި ނަމަވެސް ޖުމްލަ ދަރަނިން މަދުަވީ އެންމެ 2.2 ބިލިއަން ރުފިޔާ އެވެ. ދެ ވަނަ ކުއާޓަރު ނިމުނުއިރު ޖުމްލަ ދަރަނީގެ އަދަދަކީ 152.7 ބިލިއަން ރުފިޔާ އެވެ.

މިއީ އިގުތިސޯދުގެ އުފެއްދުންތެރިކަމާ (ޖީޑީޕީއާ) ބަލާއިރު 122.7 ޕަސެންޓެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ 123.6 ޕަސެންޓުގަ އެވެ. މި ދެ އަދަދުގެ ފަރުގު ޕަސެންޓަކަށް ވެސް ނާރަ އެވެ. 

ފިނޭންސުން އަންދާޒާ ކުރަނީ މި އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ 158.8 ބިލިއަން ރުފިޔާގައި ކަަމަށެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު، 127.7 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox