ޕީއެންސީ ލީޑާޝިޕަށް ހޮވުނު އަދި އައްޔަންކުރެވުނު މެންބަރުން މަގާމުގެ އިގުރާރުވެއްޖެ

ޕީއެންސީގެ މަގާމުތަކަށް ހޮވުނު އަދި އައްޔަނުކުރެވުނު ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުން -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ މަގާމުތަކަށް ހޮވުނު އަދި އައްޔަނުކުރެވުނު ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުން -- ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަގާމުތަކަށް ހޮވުނު އަދި އައްޔަނުކުރެވުނު މެންބަރުން މަގާމުގެ އިގުރާރުވެއްޖެ އެވެ. 

ޕީއެންސީގެ މަގާމުތަކަށް ހޮވުނު އަދި އައްޔަނުކުރެވުނު ބޭފުޅުން އިގުރާރުވީ ޕާޓީގެ ނިންމުންތަކަށް ބޯލަނބައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒަށް ނުލެނބި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ކާމިޔާބު ހޯދައިދިނުމުގައި އަމިއްލަ އެދުމެއް ނެތި ޕާޓީގެ ލާބަޔާއި މަންފާއަށް މަސައްކަތް ކޮށްދިނުމަށެވެ. 

މީގެއިތުރުން މަގާމުގެ ހައިސިއްޔަތުން އެނގޭ ޕާޓީގެ އެންމެހާ ސިއްރު މައުލޫމާތުތައް ރައްކާތެރިކޮށް ދަމަހައްޓައި، ޕާޓީގެ އަގުވެއްޓޭފަދަ އެއްވެސް އަމަލެއް ނުކޮށް، ނަމޫމާ އަހްލާގެއްގެ މަތީގައި ދެމިހުރުމަށްވެސް އެބޭފުޅުން އިގުރާރުވި އެވެ. އެ ބޭފުޅުން މި އިގުރާރުވީ ރައީސް މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގަ އެވެ. 

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އެ ޕާޓީގެ ރައީސް، މުހައްމަދު މުއިއްޒު ވަނީ މިނިސްޓަރުން ފެންވަރުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އެމްޑީންނާއި ސީއީއޯއިން ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އައްޔަންކުރައްވާފަ އެވެ. އޭގެއިތުރުން ޕީއެންސީގެ އެކި ގުނަވަންތަކަށް ވެސް މުއިއްޒު އެކި ބޭފުޅުން އައްޔަންކުރެއްވިއިރު، އެ ބޭފުޅުން ވެސް މެންބަރުންގެ މަޖިލީހުގައި ހިމެނިގެންދާނެ އެވެ. 

ޕީއެންސީ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ ބައެއް މަގާމުތަކަށް މެންބަރުން އިންތިހާބު ކުރެވިގެންދިޔަ އެވެ. އޭގެތެރެއިން ނާކާމިޔާބުވި ގިނަ ބޭފުޅުންނަށް މުއިއްޒު ވަނީ ޕީއެންސީ ތެރެއިން އެކި މަގާމު ދެއްވާފަ އެވެ. 

ޕީއެންސީގެ ކޮންގްރެސް ތެރެއިން އެންމެ ފޯރިގަދަކޮށް ދިޔައީ ނައިބުރައީސް ހޮވުމުގެ އިންތިހާބެވެ. އެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތީ މާފަންނު މެދު ދާއިރާގެ މެންބަރު، އަސްމާ ރަޝީދު އާއި އެލްޖީއޭގެ ސީއީއޯ، މުހައްމަދު ނިމާލް އެވެ. އަސްމާއަށް ލިބިވަޑައިގެންނެވީ 288 މީހުންނެވެ. ނިމާލްއަށް ވޯޓުދެއްވީ 301 މީހުންނެވެ. 

ނައިބުރައީސުންގެ ވޯޓުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުއަށެވެ. އޭނާއަށް 968 ވޯޓު ލިބިވަޑައިގެންނެވިއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ 964 ވޯޓާއެކު ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމުއަށެވެ. 

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށްވެސް 18 މެންބަރުން ހޮވާފައިވާއިރު، މެންބަރުންގެ މަޖިލީހަށް އަންހެން މެންބަރުން ވެސް ހޮވި އެވެ. އޭގެއިތުރުން މެންބަރުންގެ މަޖިލީހަށް ޒުވާން މެންބަރުން ވެސް ހޮވާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox