ޕީއެންސީގެ ސެނެޓަށް އިއްޔެ އިންތިހާބުވި ނަމްޒާ އެ މަގާމުން މިއަދު އިސްތިއުފާދީފި

އާމިނަތު ނަމްޒާ: ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް އޭނާ އައްޔަނުކުރީ  ޑިސެމްބަރު 2024 ގައި -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އާމިނަތު ނަމްޒާ: ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް އޭނާ އައްޔަނުކުރީ ޑިސެމްބަރު 2024 ގައި -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓަށް އިއްޔެ އިންތިހާބުވެވަޑައިގެންނެވި، އައިމިނަތު ނަމްޒާ މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އާންމު ހިދުމަތުގެ މީޑިއާ، ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަމްޒާ ޕީއެންސީގެ ސެނެޓުން އިސްތިއުފާދެއްވާފައި މި ވަނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުގެ ޝަރުތެއް އޭނާގެ ކިބައިން އުނިވުމާއެކު އެވެ.

މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި ނަމްޒާ ވަނީ އެ ޕާޓީގެ ސެނެޓުން އަންހެނުންނަށް ހާއްސަކޮށްފައިވާ 10 ގޮނޑީގެ ތެރެއިން ގޮނޑިއެއް ކާމިޔާބުކުރައްވާފަ އެވެ. 

ނަމްޒާ ޕީއެންސީގެ ސެނެޓަށް، ޕީއެސްއެމްގެ ބޯޑުގައި އިނުމުގެ ޝަރުތެއް އުނިވެއްޖެ

ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތު ނަމްޒާ ޕީއެންސީގެ ސެނެޓަށް އިންތިޚާބުވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުހުރުމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނާ ޝަރުތު އޭނާގެ ކިބައިން ވަނީ އުނިވެފަ. މިކަމާ ގުޅިގެން ޕީސީބީ އާއި ނަމްޒާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވޭ.

 ޕީއެސްއެމް ގާނޫނުގައި ބުނަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ކިބައިގައި ތިން ޝަރުތެއް ހަމަ ވާން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މަގާމުގައި ހުރި މީހަކަށް ނުވުން ހިމެނެ އެވެ.   

ޕީއެންސީގެ ސެނެޓު މެންބަރުކަން ސިޔާސީ ޕާޓީއެއްގެ މަގާމަކަށެވެ. މިހެންކަމުން ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކަށް ނުވުމުގެ ޝަރުތު ނަމްޒާގެ ކިބައިން ވަނީ އުނިވެފަ އެވެ. 

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޝަރުތުތައް

  •  އުމުރުން 18 އަހަރު ފުރިފައިވުން
  • ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުވަތަ މުވައްޒަފެއްގެ ގޮތުގައި ހުރި މީހަކަށް ނުވުން
  • މަކަރާއި ހީލަތުގެ ކުށެއް، ނުވަތަ ކޮރަޕްޝަނުގެ ކުށެއް، ނުވަތަ މާރާމާރީގެ ކުށެއް، ނުވަތަ ވައްކަމުގެ ކުށެއް ޝަރީއަތަށް ސާބިތުވެ، އެ ކުށުގެ އަދަބު ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބަށް މައާފު ލިބުނުތާ ފަސް އަހަރު ހަމަނުވާ މީހަކު ކަމުގައި ނުވުން.

ނަމްޒާއަކީ އަހަރުތަކެއް ވަންދެން ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގައި ޕްރެސެންޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި އެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫނާއި ޔާމީންގެ ސަރުކާރުގައި ސަރުކާރު ވަޒީފާތައް އަދާކުރައްވާފަ އެވެ.

މި ސަރުކާރުގައި ނަމްޒާ އެންމެ ފުރަތަމަ ހުރީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ފަހުން އޭނާ ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ބައްޔާ ގުޅިގެން އެ މިނިސްޓްރީ އުވާލި ފަހުން ނަމްޒާ މިހާރު ކުރި މަގާމެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox