ނޭޕާލަށް ދިން ބައިވެރިވުމުގެ ފުރުސަތު ދަމަހައްޓައި ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް އާންމުކޮށްފި

Sep 16, 2026, 12:03 PM
އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމަށް ނޭޕާލަށް ދީފައި އޮތް ފުރުސަތު ދަމަހައްޓައި މުބާރާތުގެ ޝެޑިއުލް އާންމުކޮށްފި އެވެ. 

ބޫޓާންގެ ތިމްޕޫގައި، މިދިޔަ މަހުގެ އެއް ވަނަ ދވަހު ކުރިއަށްދިޔަ، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރުއަތުލުމުގައި ނޭޕާލްގެ ނަން ރަސްމީކޮށް ހިމަނާފައިނުވެ އެވެ. ގްރޫޕް އޭގައި އޮތީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ، ބަންގްލަދޭޝްގެ އިތުރުން، ބޫޓާން އާއި ސްރީ ލަންކާ އެވެ. ގްރޫޕް ބީގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާގެ އިތުރުން ޕާކިސްތާން އަދި ރާއްޖެ އެވެ. 

ސާފް ޗެމްޕިއަންޝިޕް އޮތީ، ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގަ އެވެ. އެ މުބާރާތުގައި ކުޅުމަށް އޮތް ފުރުސަތު، މި ވަގުތު ފީފާގެ ސަސްޕެންޝަންގައި އޮތް ނޭޕާލަށް ގެއްލިފައިނުވެ އެވެ. ފީފާ އިން ނޭޕާލް ސަސްޕެންޑްކޮށްފައި އޮންނަތާ ދެ މަހަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ. 

Advertisement

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު، ފީފާ އިން ނޭޕާލް ސަސްޕެންޑްކުރީ، އޭގެ ކުރިން ހިނގައިދިޔަ ހަމަ މަހުގެ ތެރޭގައި، އެ ގަައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގައި ހުރި މައްސަލަތައް ނޭޕާލް ސަރުކާރާ ގުޅިގެން ހައްލުކުރަން ދިން އެއްވެސް ފުރުސަތެއްގައި ފީފާގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލަނބާފައިނުވާތީ އެވެ. 

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނޭޕާލަށް ފުރުސަތަު ދީފައި އޮތީ، މި މަހުގެ 30 ގެ ކުރިން ފީފާގެ ސަސްޕެންޝަނުން ސަލާމަތްވުމަށެެވެ.  

2026 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިއްޔެ ނެރުނު ޝެޑިއުލް: ނޭޕާލަށް މުބާރާތުން ފުރުސަތު ދޭނަމަ ޝެޑިއުލަށް ބަދަލު އަންނާނެ.
2026 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިއްޔެ ނެރުނު ޝެޑިއުލް: ނޭޕާލަށް މުބާރާތުން ފުރުސަތު ދޭނަމަ ޝެޑިއުލަށް ބަދަލު އަންނާނެ.

 ނޭޕާލުން ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެއްޖެނަމަ، ސާފް ޗެމްޕިއަންޝިޕްގެ ގްްރޫޕް އޭ އިން އެ ޓީމަށް ޖާގަ ދޭން ސާފް އިން ވަނީ ނިންމައިފަ އެވެ. އެއީ، ގްރޫޕް އޭގެ ޖާގައެކެވެ. އިއްޔެ، ނެރުނު ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލާއެކު، ސާފް އިން އަންގާފައިވަނީ، ނޭޕާލްގެ ބައިވެރިވުމާ ގުޅޭގޮތުން، ގޮތެއް ނިންމުމަށް ފަހު، މުބާރާތުގެ ޝެޑިއުލަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ނޮވެމްބަރު 4 ގެ ކުރިން އެކަން އަންގާނެ ކަމަށެވެ. 

މިހާރު ޝެޑިއުލްކޮށްފައި އޮތް ގޮތުން، ސާފް ޗެމްޕިއަންޝިޕްގައި ނޮވެމްބަރު 5 ވަނަ ދުވަހު ހަވީރު ކުޅޭނީ އިންޑިއާ އާއި ޕާކިސްތާން އެވެ. އަދި، އެރޭ ބަންގްލަދޭޝް އިން ބޫޓާނާ ބައްދަލުކުރާނެ އެވެ. 

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުުޅުނު ނޭޕާލް، އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. 

ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

ސާންތީ، އިފްރާ އަދި ބަކާ އަށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް

ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ދުނިޔެ ދޫކޮށްފައިވާ މަޝްހޫރު ކޯޗު ސާންތީ އާއި، ކުޅުންތެރިން ކަމަށްވާ ބަކާ އަދި އިފްރާގެ ހަނދާން އާކޮށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް އެ ފަރާތްތަކަށް އަރުވައިފި. ހަތް އަހަރަށް ފަހު ބޭއްވި އެފްއޭއެމް އެވޯޑްސް ނައިޓުގައި މި އެވޯޑް ދީފައިވަނީ ދިވެހި ފުޓްބޯޅައަށް އެ ބޭފުޅުން ކޮށްދެއްވި އަގުހުރި ޚިދުމަތްތައްޓަކައި

ރާއްޖޭގެ ކްރިކެޓް ޓީމުން 10 ވިކެޓުން ޗައިނާ ބަލިކޮށްފި

މެލޭޝިއާގައި ކުރިއަށްދާ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި، 10 ވިކެޓުން ޗައިނާ ބަލިކޮށް ރާއްޖޭގެ ކްރިކެޓް ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މެޗުގައި ރާއްޖެއަށް އެންމެ މޮޅު ކުޅުމެއް ދެއްކީ 33 ބޯޅައިން 52 ލަނޑު ހަދައި، 3 ވިކެޓް ނެގި މެޗުގެ މޮޅު ކުޅުންތެރިޔާ ޔޫސުފް އަޒްޔާން ފަރުހަތު.

އާސެނަލްގެ ޑައުމަން އަށް ތިން ގިނިސް ވޯލްޑް ރެކޯޑެއް

އާސެނަލްގެ އުމުރުން 16 އަހަރުގެ ފޯވާޑް މެކްސް ޑައުމަން، އިނގިރޭސި ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއެކު ޖުމްލަ ތިން ގިނިސް ވޯލްޑް ރެކޯޑެއް ހާސިލްކޮށްފި. މީގެ އިތުރުން އޭނާ ވަނީ ޕްރިމިއާ ލީގު ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއި، ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފައި

40 އަހަރުގެ ސިލްވާ ރިޓަޔަަމަންޓް އުވާލައި ހޮންގް ކޮންގް ޓީމަކަށް

ސްޕެއިނުގެ ލެޖެންޑް ޑޭވިޑް ސިލްވާ ފުޓްބޯޅައިން ރިޓަޔާކުރި ނިންމުން ބަދަލުކޮށް، ހޮންގް ކޮންގްގެ ކްލަބް ޝާ ޓިން އާ ގުޅިއްޖެ. އުމުރުން 40 އަހަރުގެ ސިލްވާ އަލުން ކުޅުމަށް ނިކުންނަނީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން 2023 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު.

ހަތް އަހަަރަށް ފަހު އެފްއޭއެމް އިން އެވޯޑްސް އެއް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމް އިން ބާއްވާ ފުޓްބޯޅަ އެވޯޑްސް މިރޭ ބޭއްވުމަށް ވަނީ ތައްޔާރުވެފައި. މިދިޔަ ސީޒަނުގެ ކާމިޔާބީތަކަށް ބަލައި ދޭ މި އެވޯޑްތަކުގެ ތެރޭގައި އަލަށް ހިމެނި ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑާއެކު ޖުމްލަ 11 ދާއިރާއަކުން މިއަހަރު އިނާމު ދޭނެ

Newsletter

Get the latest news delivered straight to your inbox