ރާއްޖެ އާއި އިންޑިއާ އަދި ޕާކިސްތާން ސާފް ޗެމްޕިއަންޝިޕްގެ އެއް ގްރޫޕަކަށް

Aug 1, 2026, 5:08 PM
ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން ކުޅުނު މެޗުގެ ތެރެެއިން..--- ފޮޓޯ: އިމޭޖަސް.އެމްވީ

ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން ކުޅުނު މެޗުގެ ތެރެެއިން..--- ފޮޓޯ: އިމޭޖަސް.އެމްވީ

އަންނަ ނޮވެމްބަރު މަހު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެ އާއި އިންޑިއާ އަދި ޕާކިސްތާން ވާދަކުރަން ޖެހިއްޖެ އެވެ. 

ބޫޓާންގެ ތިމްޕޫގައި މިއަދު ކުރިއަށްދިޔަ ގުރުއަތުލުުމުގައި، ފީފާގެ ސަސްޕެންޝަނުގައި އޮތް ނޭޕާލް ނުހިމެނެ އެވެ. އެކަމަކު، މުބާރާތް ފެށުމުގެ ކުރިން، ނޭޕާލްގެ ސަސްޕެންޝަނަށް ލުޔެއް ލިބިއްޖެނަމަ، ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސާފް އިން ވަނީ ބުނެފަ އެވެ. 

ގްރޫޕް އޭގައި އޮތީ، މުބާާރާތް ހޯސްޓްކުރާ ބަންގްލަދޭޝްގެ އިތުރުން ސްރީ ލަންކާ އަދި ބޫޓާން އެވެ. ނޭޕާލްގެ ސަސްޕެންޝަން އުވާލައިފިނަަމަ، އެ ޓީމަށް ފުރުސަތު ލިބޭނީ މި ގްރޫޕުންނެވެ. 

Advertisement

ގްރޫޕް ބީގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އާއި ރާއްޖެ އަދި ޕާކިސްތާން ވާދަކުރާނެ އެވެ. ރާއްޖޭން އެންމެ ފަހުން އިންޑިއާއާ އެއް ގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގަ އެވެ.  އަދި، ޕާކިސްތާނާ އެއް ގްރޫޕެއްގައި ކުޅުނީ 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގަ އެވެ. 

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގަ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އިންޑިއާ އާއި ޕާކިސްތާނުން ސެޕްޓެމްބަރު/އޮކްޓޫބަރުގައި ކުރިއަށްދާ ފީފާ އާސިއާން ކަޕްގައި ވާދަކުރެ އެވެ. އަދި، އޮކްޓޫބަރު މަހު، އިންޑިއާ އިން ކަލްކަތާގައި، ބްރެޒިލާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ. މިދިޔަ، ޖޫން މަހު މާލޭގައި ބޭއްވި ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުނު ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް ކާމިޔާބުކުރީ ޕާކިސްތާނުންނެވެ. 

އެންމެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ގްރޫޕް ސްޓޭޖުން ރާއްޖެ އަށް މުބާރާތް ނިމުނު ފުރަތަމަ ފަހަރެވެ. 

ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ.

ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2003 ވަނަ އަހަރު ރާއްޖޭން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، 2009 ވަނަ އަހަރު އިންޑިއާ އަތުން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވި އެވެ. އެކަމަކު، 2018 ވަނަ އަހަރު ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދި އެވެ. އެއީ، 2008 ވަނަ އަހަރު ފުރަތަމަ ތަށި ހޯދި ފަހުން، ރާއްޖެ އަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

ސާންތީ، އިފްރާ އަދި ބަކާ އަށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް

ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ދުނިޔެ ދޫކޮށްފައިވާ މަޝްހޫރު ކޯޗު ސާންތީ އާއި، ކުޅުންތެރިން ކަމަށްވާ ބަކާ އަދި އިފްރާގެ ހަނދާން އާކޮށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް އެ ފަރާތްތަކަށް އަރުވައިފި. ހަތް އަހަރަށް ފަހު ބޭއްވި އެފްއޭއެމް އެވޯޑްސް ނައިޓުގައި މި އެވޯޑް ދީފައިވަނީ ދިވެހި ފުޓްބޯޅައަށް އެ ބޭފުޅުން ކޮށްދެއްވި އަގުހުރި ޚިދުމަތްތައްޓަކައި

ރާއްޖޭގެ ކްރިކެޓް ޓީމުން 10 ވިކެޓުން ޗައިނާ ބަލިކޮށްފި

މެލޭޝިއާގައި ކުރިއަށްދާ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި، 10 ވިކެޓުން ޗައިނާ ބަލިކޮށް ރާއްޖޭގެ ކްރިކެޓް ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މެޗުގައި ރާއްޖެއަށް އެންމެ މޮޅު ކުޅުމެއް ދެއްކީ 33 ބޯޅައިން 52 ލަނޑު ހަދައި، 3 ވިކެޓް ނެގި މެޗުގެ މޮޅު ކުޅުންތެރިޔާ ޔޫސުފް އަޒްޔާން ފަރުހަތު.

އާސެނަލްގެ ޑައުމަން އަށް ތިން ގިނިސް ވޯލްޑް ރެކޯޑެއް

އާސެނަލްގެ އުމުރުން 16 އަހަރުގެ ފޯވާޑް މެކްސް ޑައުމަން، އިނގިރޭސި ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއެކު ޖުމްލަ ތިން ގިނިސް ވޯލްޑް ރެކޯޑެއް ހާސިލްކޮށްފި. މީގެ އިތުރުން އޭނާ ވަނީ ޕްރިމިއާ ލީގު ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއި، ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފައި

40 އަހަރުގެ ސިލްވާ ރިޓަޔަަމަންޓް އުވާލައި ހޮންގް ކޮންގް ޓީމަކަށް

ސްޕެއިނުގެ ލެޖެންޑް ޑޭވިޑް ސިލްވާ ފުޓްބޯޅައިން ރިޓަޔާކުރި ނިންމުން ބަދަލުކޮށް، ހޮންގް ކޮންގްގެ ކްލަބް ޝާ ޓިން އާ ގުޅިއްޖެ. އުމުރުން 40 އަހަރުގެ ސިލްވާ އަލުން ކުޅުމަށް ނިކުންނަނީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން 2023 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު.

ހަތް އަހަަރަށް ފަހު އެފްއޭއެމް އިން އެވޯޑްސް އެއް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމް އިން ބާއްވާ ފުޓްބޯޅަ އެވޯޑްސް މިރޭ ބޭއްވުމަށް ވަނީ ތައްޔާރުވެފައި. މިދިޔަ ސީޒަނުގެ ކާމިޔާބީތަކަށް ބަލައި ދޭ މި އެވޯޑްތަކުގެ ތެރޭގައި އަލަށް ހިމެނި ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑާއެކު ޖުމްލަ 11 ދާއިރާއަކުން މިއަހަރު އިނާމު ދޭނެ

Newsletter

Get the latest news delivered straight to your inbox