ސާފް ޗެމްޕިއަންޝިޕް، ފީފާ ސާފް ކަޕް އަށް ހެދޭތޯ ޕްލޭނެއް

Aug 21, 2026, 9:49 AM
2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕަށް ދުނިޔޭގެ މައި ފުޓްބޯޅަ ފެޑެރޭޝަން، ފީފާގެ އެއްބާރުލުން ހޯދައި، އެ މުބާެރާތް، ފީފާ ސާފް ކަޕް އަށް ހެދުމަށްޓަކައި ޕްލޭނެއް އެބައޮތް ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް ވިދާޅުވެއްޖެ އެވެ. 

މި އަހަރުގެ ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕާ ގުޅޭގޮތުން، މީޑިއާ އަށް މައުލޫމާތު ދެމުން ކަޓޭލް ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕްގެ މި ފަހަރުގެ މުބާރާތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ފުރަތަމަ ފަހަަރަށް ބޭނުންކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީ ވަމުން އަންނަ ކަމަށެވެ. އަދި، މުޅިން އަލަށް މުބާރާތަށް ތައްޔާރުކުރާ ޓްރޮފީއެއް އަންނަ މަހު ދައްކާލާނެ ކަމަށާއި މުބާރާތް އިތުރަށް ފުޅާ ކުުރުމަށްޓަކައި، ޕްލޭންތަކެއް އެބައޮތް ކަމަށް ކަޓޭލް ފާހަގަކުރެއްވި އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ލައިޓް ބޭނުންކުރުމުގެ ވިސްނުމެއް

ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް "ވީއޭއާރް ލައިޓް" ބޭނުންކުރުމަށް ސާފް އިން އަންނަނީ ތައްޔާރުވަމުން. މިކަމަށްޓަކައި ފީފާގެ ހުއްދަ ހޯދުމުގެ މަސައްކަތާއި، އާސިއާން ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން ޓެކްނިކަލް އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރަމުން

ވީއޭއާރް ބޭނުންކުރުމަށްޓަކައި، ކުރިއަށްގެންދަން ޖެހޭ ޓެކްނިކަލް އެސަސްމަންޓްތައް މިހާރު ހިނގަމުން އަންނަކަން ފާހަގަކުރައްވައި، ކަޓޭލް ވިދާޅުވީ، މި ބަދަލާ އެކު، ސާފް ޗެމްޕިއަންޝިޕްގެ ފެންވަރު ކުރިއަށް ވުރެން ރަނގަޅުވާނެ ކަމަށެވެ. 

Advertisement

"ދެން، އެބައޮތް ޕްލޭނެއް، އަހަރެމެން މި ދަނީ ފީފާއާ އެކު މަޝްވަރާކުރަން ކަމެއްގައި. އަދި، މާ ބޮޑަށް ކުރިއަށް ނުދިޔަސް، ރަސްމީކޮށް ކަމެއް ނިމިފައި ނެތަސް. ދެން، އޮންނަ ސާފް ޗެމްޕިއަންޝިޕެއް ވެދާނެ، ފީފާ ސާފް ކަޕް އަށް،" ކަޓޭލް ވިދާޅުވި އެވެ. 

މިއީ، ދާދި ފަހުން ސައުތު އީސްޓް އޭޝިއާގެ އާސިއާން ކަޕް، ފީފާގެ އެއްބާރުލުމާ އެކީ، ފީފާ އާސިއާން ކަޕަށް ބަދަލުކުރުމާ އެއްގޮތް ކަހަލަ ޕްލޭނެކެވެ. ފީފާގެ އެންޑޯޒްމަންޓާ އެކު، ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނަަމަ، އާސިއާން ކަޕް ގޮތަށް ބަޖެޓެއް މުބާރާތަށް ލިބޭނެ އެވެ. އަންނަ މަހު ފަހުކޮޅު ފީފާ ބްރޭކްގައި ފަށާ، ފީފާ އާސިއާން ކަޕްގައި ކުޅޭ ކޮންމެ ގައުމަކަށް، 125،000 ޑޮލަރުގެ ބޯނަހެއް ދޭން ވަނީ ނިންމައިފަ އެވެ. ޕްރިމިއާ ޑިވިޝަން ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު އަދި ޗެލެންޖް ޑިވިޝަން ޗެމްޕިއަނަށް 300،000 ޑޮލަރު ދޭން އޮތީ ނިންމައިފަަ އެވެ. 

މީގެ ކުރިން، ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނަށް 50،000 ޑޮލަރު އަދި ރަނަރަޕަށް 25،000 ޑޮލަރު ދީފައިވެ އެވެ. ކަޓޭލް ވިދާޅުވީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އިނާމް ފައިސާ އާއި މެޗުތަކުގެ ޝެޑިއުލް އަންނަ ހަފްތާ އަށް ފަައިނަލް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. 

މި ފަހަރު ބާއްވާ، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026ގެ ގުރުއަތުލުމުގައި ނޭޕާލްގެ ނަން ރަސްމީކޮށް ހިމަނާފައިނުވެ އެވެ. ގްރޫޕް އޭގައި އޮތީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ، ބަންގްލަދޭޝްގެ އިތުރުން، ބޫޓާން އާއި ސްރީ ލަންކާ އެވެ. ގްރޫޕް ބީގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާގެ އިތުރުން ޕާކިސްތާން އަދި ރާއްޖެ އެވެ. 

މި ވަގުތު ފީފާގެ ސަސްޕެންޝަންގައި އޮތް ނޭޕާލަށް ސާފް ޗެމްޕިއަންޝިޕްގެ ފުރުސަތު އެއްކޮށް ގެއްލިފައިނުވެ އެވެ. ފީފާ އިން ނޭޕާލް ސަސްޕެންޑްކޮށްފައި އޮންނަތާ ދެ މަހެއްހާ  ދުވަސް ވަނީ ވެފަ އެވެ. ސެޕްޓެމްބަރު 30 ގެ ކުރިން ނޭޕާލްގެ ސަސްޕެންޝަންގެ ހާލަތު ބަދަލުވެއްޖެނަމަ، އެ ޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ އިން ފުރުސަތު ދޭނެ އެވެ. 

ކަޓޭލް ވިދާޅުވީ، މިހާރު ދީފައި އޮތް މުއްދަތުގެ ތެރޭގައި، ނޭޕާލަށް ހާލަތު ބަދަލުނުކުރެވިއްޖެނަމަ، ދެން ސާފް އިން އިތުރު ފުރުސަތެއް ނުދޭނެ ކަމަށެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

ސާންތީ، އިފްރާ އަދި ބަކާ އަށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް

ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ދުނިޔެ ދޫކޮށްފައިވާ މަޝްހޫރު ކޯޗު ސާންތީ އާއި، ކުޅުންތެރިން ކަމަށްވާ ބަކާ އަދި އިފްރާގެ ހަނދާން އާކޮށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް އެ ފަރާތްތަކަށް އަރުވައިފި. ހަތް އަހަރަށް ފަހު ބޭއްވި އެފްއޭއެމް އެވޯޑްސް ނައިޓުގައި މި އެވޯޑް ދީފައިވަނީ ދިވެހި ފުޓްބޯޅައަށް އެ ބޭފުޅުން ކޮށްދެއްވި އަގުހުރި ޚިދުމަތްތައްޓަކައި

ރާއްޖޭގެ ކްރިކެޓް ޓީމުން 10 ވިކެޓުން ޗައިނާ ބަލިކޮށްފި

މެލޭޝިއާގައި ކުރިއަށްދާ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި، 10 ވިކެޓުން ޗައިނާ ބަލިކޮށް ރާއްޖޭގެ ކްރިކެޓް ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މެޗުގައި ރާއްޖެއަށް އެންމެ މޮޅު ކުޅުމެއް ދެއްކީ 33 ބޯޅައިން 52 ލަނޑު ހަދައި، 3 ވިކެޓް ނެގި މެޗުގެ މޮޅު ކުޅުންތެރިޔާ ޔޫސުފް އަޒްޔާން ފަރުހަތު.

އާސެނަލްގެ ޑައުމަން އަށް ތިން ގިނިސް ވޯލްޑް ރެކޯޑެއް

އާސެނަލްގެ އުމުރުން 16 އަހަރުގެ ފޯވާޑް މެކްސް ޑައުމަން، އިނގިރޭސި ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއެކު ޖުމްލަ ތިން ގިނިސް ވޯލްޑް ރެކޯޑެއް ހާސިލްކޮށްފި. މީގެ އިތުރުން އޭނާ ވަނީ ޕްރިމިއާ ލީގު ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއި، ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފައި

40 އަހަރުގެ ސިލްވާ ރިޓަޔަަމަންޓް އުވާލައި ހޮންގް ކޮންގް ޓީމަކަށް

ސްޕެއިނުގެ ލެޖެންޑް ޑޭވިޑް ސިލްވާ ފުޓްބޯޅައިން ރިޓަޔާކުރި ނިންމުން ބަދަލުކޮށް، ހޮންގް ކޮންގްގެ ކްލަބް ޝާ ޓިން އާ ގުޅިއްޖެ. އުމުރުން 40 އަހަރުގެ ސިލްވާ އަލުން ކުޅުމަށް ނިކުންނަނީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން 2023 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު.

ހަތް އަހަަރަށް ފަހު އެފްއޭއެމް އިން އެވޯޑްސް އެއް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމް އިން ބާއްވާ ފުޓްބޯޅަ އެވޯޑްސް މިރޭ ބޭއްވުމަށް ވަނީ ތައްޔާރުވެފައި. މިދިޔަ ސީޒަނުގެ ކާމިޔާބީތަކަށް ބަލައި ދޭ މި އެވޯޑްތަކުގެ ތެރޭގައި އަލަށް ހިމެނި ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑާއެކު ޖުމްލަ 11 ދާއިރާއަކުން މިއަހަރު އިނާމު ދޭނެ

Newsletter

Get the latest news delivered straight to your inbox