ޖޮޓާ އަށް އިހުތިރާމް ކުޑަކުރި ސަޕޯޓަރުން އުމުރަށް ސަސްޕެންޑްކުރަން ރޮނާލްޑޯ ގޮވާލައިފި

Sep 14, 2026, 9:56 AM
ޕޯޗުގަލްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ އާއި ޖޮޓާ

ޕޯޗުގަލްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ އާއި ޖޮޓާ

ރިޔާދު، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 14) - ކާރު އެކްސިޑެންޓެއްގައި މިދިޔަ އަހަރު މަރުވި، ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ އަށް އިހުތިރާމް ކުޑަކޮށް ޝުއޫރުފާޅުކުރި ސަަޕޯޓަރުންނަށް އުމުރު ދުވަަހުގެ ސަސްޕެންޝަނެއް ދޭން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގޮވާލައިފި އެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހު ތިން ވަނަ ދުވަހު ކާރު އެކްސިޑެންޓެއްގައި މަރުވި އުމުރުން 28 އަހަރުގެ ޖޮޓާގެ ނަން ބޭނުންކޮށް، ސައުދީ ޕްރޯ ލީގުގައި އަލް ހިލާލް އަށް ކުޅޭ ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސްއާ ވަނީ ދިމާކޮށްފަ އެވެ. އެ ގޮތުން، މިދިޔަ ހޮނިހިރު ދުވަހު، އަލް ހިލާލުން 6-0 އިން އަލް ތާވޫން ބަލިކުރި މެޗުގައި، ނެވޭސް އަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު، އަލް ތާވޫންގެ ސަޕޯޓަރުން ވަނީ "ޖޮޓާ"ގެ ނަން ގޮވައި، ނެވޭސް އަށް އުނދަގޫކުރަން މަސައްކަތްކޮށްފަ އެވެ. 

"ލީގުން އެބަޖެހޭ މި ކަހަލަ ކަންކަމަށް ފިޔަވަޅު އަޅަން. މިއީ ފުޓްބޯޅަ އެއް ނޫން. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ވާނެ. މިހެއް އުޅޭ މީހުންނަށް ދުވަހަކު ދަނޑަށް ވަނުމުގެ ފުރުސަތު ލިބިގެން ވެސް ނުވާނެ،" ރޮނާލްޑޯ، ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ. 

ޖޮޓާއާ އެކު ޕޯޓޯ އާއި ވުލްވްސް އަށް ކުޅުނު ނެވޭސް، މިހާރު ޕޯޗުގަލް ގައުމީ ޓީމުގައި ބޭނުންކުރަމުން އަންނަނީ ޖޮޓާ ކުރިން ބޭނުންކުރި 21 ނަމްބަރެވެ. ޖޮޓާ، މީގެ ކުރިން ދިން ގިނަ އިންޓަވިއުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަކީ ނެވޭސް އެވެ. ރޮނާލްޑޯ އަކީ އެ ދެ ކުޅުންތެރިންގެ ކެޕްޓަން އަދި ލީޑަރެއްގެ ގޮތުގައި ފެންނަ ފަރާތެވެ. 

އަލް ތާވޫންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ދިން އިންޓަވިއުއެއްގައި ނެވޭސް ބުނެފައިވަނީ، ޖޮޓާގެ ނަން އެ ގޮތަށް ބޭނުންކޮށްފައި އެ މީހުން މައާފަށް ނޭދި އަޅުކަން ކުރަން ދިއުމަކީ ވެސް ލަދުވެތި ކަމެއް ކަމަށެވެ. 

އަލް ހިލާލުން މި ކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެއް ގޮތަކަށް ވެސް ފުޓްބޯޅައިގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަނެއްކޮޅުން، އަލް ތާވޫނުން ބަޔާނެއް ނެރެ ބުނެފައިވަނީ، މިއީ އެއްވެސް ސިފައެއްގައި އެ ކްލަބްގެ ފަރާތުން އައި ކަމެއް ނޫން ކަމަށާއި އެ ކްލަބް ތަމްސީލް ކުރާ ބައެއްގެ ފަރާތުން މި ފަދަ ކަމެއް ފެންނަން އެއްވެސް ގޮތަކަށް ނޭދޭ ކަމަށެވެ. 

ސައުދީ ފުޓްބޯޅަ ފެޑެރޭޝަން އާއި ސައުދީ ޕްރޯ ލީގުން އަންނަނީ މިކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރަމުންނެވެ. އަދި، މި ކަމުގައި ޝާމިލުވާ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ. 

ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ، 24، ވެސް ކާރުގައި އިނެވެ. އެކްސިޑެންޓްވެ، ލަމްބޯގިނީ ކާރުގައި އަލިފާން ރޯވިއިރު، ޖޮޓާގެ އިތުރުން، އަންޑްރޭ ވެސް މަރުވިއިރު، އޭނާ އަކީ ޕޯޗުގަލް ދެ ވަނަ ޑިވިޝަނުގައި، ޕެނަފިއޭލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox