ރޮނާލްޑޯ މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމައިފި

Aug 16, 2026, 8:50 PM
މިދިޔަ މަހުގެ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ޕްރެކްޓިހެއްގެ ތެރެއިން ރޮނާލްޑޯ

މިދިޔަ މަހުގެ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ޕްރެކްޓިހެއްގެ ތެރެއިން ރޮނާލްޑޯ

ލިޒްބަން، ޕޯޗުގަލް (އޮގަސްޓް 16) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ. މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރާނެ ކަމަށް ބުނެފި އެވެ. 

ވޯގު އަށް ދިން އިންޓަވިއުއެއްގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނެފައިވަނީ، މިއީ، ކެރިއަރުގައި އޭނާގެ ފަހު އަހަރު ކަމަށެވެ. ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރާ އެކު، ރޮނާލްޑޯ ހަދާފައި އޮތް ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ. 

ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި 1000 ގޯލު ހަމަކުރަން ރޮނާލްޑޯ އަށް މިހާރު މަދުވެފައިވަނީ، 24 ގޯލެވެ. ދާދި ފަހުން، އޭނާގެ ލޯބިވެރިޔާ، ޖިއޮޖީނިއާ ރޮޑްރިގޭސްއާ ކައިވެނިކުރި ރޮނާލްޑޯ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިން އިންޓަވިއުއެއްގައި ވަނީ ފުޓްބޯޅަ ކެރިއަރު ނިިންމާލުމާ ގާތުގައިވާ ކަމަށެވެ. އަދި، ކެރިއަރު ނިންމާލުމަށް ފަހު، ފުޓްބޯޅައިގެ ކަންކަމަށް ވުރެން ޝައުގުވެރިވާ އެެހެން ދާއިރާތަކުން ފެންނާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

"މިއީ ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ އެންމެ ފަހު އަހަރު ޕްރޮފެޝަނަލް ފުޓްބޯޅައިގައި. އަހަރެން ބޭނުންވަނީ ވަރަށް ރަނގަޅު ލެގަސީއަކާ އެކު ނިންމާލަން،" ރޮނާލްޑޯ، ވޯގު އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. 

ރޮނާލްޑޯ ބުނީ، އެންމެ މަތީ ފަންތީގައި 25 ވަރަކަށް އަހަރު ފުޓްބޯޅަ ކުޅުނުއިރު، ގިނަ ކަންތައްތަކެއް ގުރުބާން ކޮށްފައިވާނެ ކަމަށެވެ. އަދި، ފުޓްބޯޅައިން އޭނާ އަށް ހާސިލްވި ކަންކަމަށް ބަލައި، އުމުރުގެ ބާކީ ބައިގައި، ޝައުގުވެރިވާ އެހެން ކަންތައްތައް ކުރުމާއި އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް އިސްކަން ދޭނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ރަސްމީކޮށް ފުޓްބޯޅަ ކެރިއަރު ފެށީ މީގެ 24 އަހަރު ކުރިން، 2002 ވަނަ އަހަރު ސްޕޯޓިން ލިޒްބަން އިންނެވެ. އެކަމަކު، އޭނާގެ ކެރިއަރުގައި ވިދުން ގަދަވީ، 2003-2009 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނުއިރު އެވެ. އޭގެ ފަހުން، 2009 އިން 2018 އަށް ރެއާލް މެޑްރިޑަށް ކުޅުނުއިރު، ކެރިއަރު އެހެން ހަރުފަތަކަށް ގެންދިޔަ އެވެ. 

ޔޫރަޕްގައި ރޮނާލްޑޯ ކުޅުނު ހަތަރު ވަނަ ގައުމަކީ އިޓަލީ އެވެ. އެ ގޮތުން، 2018 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ ވަނީ 2021 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކުޅެފަ އެވެ. އަލުން ކެރިއަރުގައި ދެ ވަނަ ފަހަރަށް، އެ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި އައި ނަމަވެސް، ދޮޅު އަހަރަށް ފަހު އެ ކްލަބް ދޫކޮށްލީ، 2022 ވަނަ އަަހަރުގެ ޑިސެމްބަރު މަހު އެވެ. މިހާރު ކުޅެމުން އަންނަ އަލް ނަސްރަށް ބަދަލުވީ، 2023 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. 

ޕޯޗުގަލް ގައުމީ ޓީމާ އެކު، 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ދެ ތަށި ހޯދި ރޮނާލްޑޯ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 233 މެޗުން 146 ލަނޑު ޖަހައިފަ އެވެ. 

ވަކިވަކި ކްލަބްތަކަށް ރޮނާލްޑޯ ޖަހާފައިވާ ގޯލުތަކަށް ބަލާއިރު، ރެއާލަށް 438 މެޗުން 450 ގޯލު، ޔުނައިޓެޑަށް، 346 މެޗުން 145 ގޯލު، އަލް ނަސްރަށް 142 މެޗުން 123 ގޯލު، ޔުވެންޓަސް އަށް 134 މެޗުން 101 ލަނޑު އަދި ސްޕޯޓިން އަށް 31 މެޗުން ފަސް ލަނޑު ޖަހައިދިނެވެ. ކްލަބް ކެރިއަރުގައި ރޮނާލްޑޯ ވަނީ 31 ތަށި ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox