ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން ފުލުހުން އެ ގެއަށް ހިނގައްޖެ

އޮކްޓޫބަރ 1، 2023 - ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވަނިކޮށް ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކުރުން؛ ޕީޕީއެމް އަދި ރައީސް ޔާމީނަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ވަގުތު އެ ސަރަހައްދަށް އެއްވެ ޝުއޫރު ފާޅުކުރި. އޭގެ ތެރޭގައި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގެންނެވި --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު

އޮކްޓޫބަރ 1، 2023 - ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވަނިކޮށް ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކުރުން؛ ޕީޕީއެމް އަދި ރައީސް ޔާމީނަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ވަގުތު އެ ސަރަހައްދަށް އެއްވެ ޝުއޫރު ފާޅުކުރި. އޭގެ ތެރޭގައި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގެންނެވި --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު

ބަލަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން ފުލުހުން އެ ގެއަށް ހިނގައްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ޔާމީން ފުލުހަށް ހާޒިރުކުރުމަށް އަންގައި ޗިޓު ހަވާލުކުރަން ދެ ފަހަރެއްގެ މަތިން ފުލުހުން މިރޭ އެ ގެއަށް ދިޔަ އެވެ. އެގޮތުން، ފުލުހުން ފުރަތަމަ އެ ގެއަށް ގޮސްފައި ވަނީ މިރޭ 7:00 ހާއިރު އެވެ. އޭގެ ފަހުން 7:30 އެހާކަށްހާއިރު ވެސް ފުލުހުން އެ ގެއަށް ދިޔަ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

ޔާމީން ފުލުހަށް ހާޒިރުކުރުމަށް އެ މުއައްސަސާއިން މަސައްކަތް ކުރަނީ ބަލަމުންދާ މައްސަލައެއްގައި މައުލޫމާތުގެ ބަޔާނެއް ނެގުމަށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް، އެ ޗިޓާ ޔާމީން ހަވާލުވެވަޑައިގެންފައި ނުވާކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށްދީފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން، "ބަލައިލާނެ" ކަމަށް ބުނުމަށްފަހު އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

ޔާމީން ފުލުހަށް ހާޒިރުކުރުމަށްޓަކައި ޗިޓު ހަވާލުކުރަން މިރޭ ފުލުހުން އެ ގެއަށް ގޮސްފައިވާއިރު، ޑިސެމްބަރު 2024 ގައި މާފަންނު ގްރީން ބިލްޑިންގްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައި އެމަނިކުފާނު ކުރެއްވި ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިވަޑައިގެންފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވަނީ ވިދާޅުވެފަ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަނދައިގެން ދިޔަ މައްސަލާގައި ދިވެހި ފުލުހުންނާއި އެކުވެރި ގައުމުތަކުގެ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށެވެ.

އެ މައްސަލައިގައި އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ނަމަވެސް، ސެޕްޓެމްބަރު 5، 2026 ގައި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ކަމަށާއި، އެކަން ކުރި މީހާއަކީ ރައީސް މުހައްމަދު މުއިއްޒާ އަރިސް މީހެއްކަން ފުލުހުންނަށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.

"އެހެންކަމުން މިމައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އަޅުގަނޑު ވާނީ ދަންނަވާފަ،" އިހުސާން ވިދާޅުވި އެވެ.

"ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑު ވާނީ ދަންނަވާފަ."

ޑިސެމްބަރު 2024 ގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގި އިމާރާތް އެއްކޮށް އަނދައި، މުހިންމު ލިޔެކިޔުންތަކާއި ސާވާތަކެއް ވަނީ ހަލާކުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox