"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ސިއްރުން އެމީހުންގެ ކުށުގެ ރެކޯޑު ރައީސް އޮފީހުން ބަލަނީ

ރައްޔިތުންގެ އަޑުގެ ސިލްސިލާގެ ދަށުން ރައީސް މުހައްމަދު މުއިއްޒު ދެ މީހަކާ ބައްދަލުކުރައްވަނި.

ރައްޔިތުންގެ އަޑުގެ ސިލްސިލާގެ ދަށުން ރައީސް މުހައްމަދު މުއިއްޒު ދެ މީހަކާ ބައްދަލުކުރައްވަނި.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައްދަލުކުރައްވާ މީހުންގެ ކުށުގެ ރެކޯޑު ރައީސް އޮފީހުން ބަލަމުންދާކަން އެނގިއްޖެ އެވެ.

އަދަދު އާ ވާހަކަ ދެއްކި އިތުބާރު ހުރި މަސްދަރަކުން ބުނީ، މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ ކުށުގެ ރެކޯޑު ސާފުކުރަން ކޮންމެ ފަހަރަކު ވެސް އެދެނީ ރައީސް އޮފީހުން ކަމަށެވެ. ކުށުގެ ރެކޯޑު ބަލަނީ ބައިވެރިންނަށް ސިއްރުން ކަމަށް ވެސް އޭނާ ބުންޏެވެ. 

"ބައްދަލުކުރާ މީހުންނަށް ވެސް މިކަމެއް ނޭނގޭ. އުސޫލުގައި އެ ވާހަކަ ބަޔާންކޮށްފައެއް ވެސް ނެތް،" އޭނާ ބުންޏެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުންނަމަ، "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅަންޖެހެނީ، އެ މީހެއްގެ ނަން، އައިޑީ ކާޑުގެ ކޮޕީ، ދާއިމީ އެޑްރެސް، މިހާރު އުޅޭ އެޑްރެސް، ނިސްބަތްވާ ދާއިރާ، ފޯން ނަންބަރު، އީމެއިލް އަދި ވާހަކަ ދައްކަން ބޭނުންވާ މައުލޫއު އެވެ. 

އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ބައިވެރިވާން އެދޭ މީހާއާ ގުޅޭ މިނޫން އިތުރު މައުލޫމާތެއް ހޯދާނެ ކަމަކަށް ބަޔާންކޮށްފައެއް ނުވެ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ފަރުދުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދީފައިވާތީ، ހުއްދައެއް ނެތި ޒާތީ އެއްވެސް މައުލޫމާތެއް ހޯދައި ބެލުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެ އޮފީހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox