ނޭޕާލަށް އެހީވާން ދިވެހި ސަރުކާރުން އެއް މިލިއަން ރުފިޔާ ދެނީ

Sep 4, 2026, 5:32 PM
ނޭޕާލުގައި ފެންބޮޑުވި ސަރަހައްދު: އެ ހާދިސާގައި 1258 މީހުން މިހާތަނަށް ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ނޭޕާލުގައި ފެންބޮޑުވި ސަރަހައްދު: އެ ހާދިސާގައި 1258 މީހުން މިހާތަނަށް ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ނޭޕާލް-ޓިބެޓް ބޯޑަރު ސަރަހައްދުގައި ފެންބޮޑުވެ ހިނގައިގެން އުޅޭ ހާދިސާގައި އެ ގައުމަށް އެހީވުމަށްޓަކައި އެއް މިލިއަން ރުފިޔާ ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ. 

އޯގަސްޓު 26، ގައި ހިނގި އެ ހާދިސާގައި 1258 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 5000 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެތައް ބަޔަކު ވެލިގަނޑުގެ ދަށުގައި ވަޅުލެވިފަ އެވެ. 

ނޭޕާލަށް އެއް މިލިއަން ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދެއްވަން ނިންމަވައި އެކަން އިއުލާން ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

"މިއެހީއަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ގައުމު، އަނެއް ގައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ގައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް،" ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ނޭޕާލްގައި ފެންބޮޑުވާން މެދުވިރިވީ ފަރުބަދައެއްގެ މަތީގައި އޮތް ގްލޭޝިއެއް ނުވަތަ ގަނޑުފެންގަނޑެއް ވެއްޓި، އެއާއެކު ފެނާއި ގަލާއި އެހެންވެސް ތަކެތި ތިރީގައި އޮތް މީހުން ދިރިއުޅޭ ސަރަހައްދަށް ފައިބައިގަނެގެންނެވެ. 

އެ ހާދިސާގައި އެ ސަރަހައްދުގެ ފަރުބަދައަކަށް އަޅުކަމަށް ދިޔަ ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ މަރުވެފަ އެވެ. މިހާތަނަށް މަރުވި ފަތުރުވެރިންގެ އަދަދު 700 އަށް ވުރެ ގިނަ އެވެ. އަދި ގެއްލިފައިވާ ފަތުރުވެރިންގެ އަދަދު 2000 އާ ގާތްކުރާ ކަމަށްވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox