މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައިދިޔަތާ ފަސް މަސް: ފުރާ މީހުންނަށް 1،000 ޑޮލަރެއް ނުލިބޭ

މުހައްމަދު މުއިއްޒު: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ދިވެހިންނަށް އަދިވެސް ދޫކުރަމުންދަނީ 500 ޑޮލަރު -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ދިވެހިންނަށް އަދިވެސް ދޫކުރަމުންދަނީ 500 ޑޮލަރު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 1,000 އަށް އިތުރުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައިދިޔަތާ ފަސް މަސްވީއިރުވެސް އެ ވައުދު ނުފުއްދުނެވެ. 

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ދޫކުރާ 500 ޑޮލަރުގެ ލިމިޓް މި އަހަރުގެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1,000 ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ. ނަމަވެސް އެ ތާރީހު ފަހަނައަޅައިދިޔަތާ ފަސް މަސްވެގެންދިޔައިރު އަދިވެސް ދޫކުރަމުންދަނީ 500 ޑޮލަރެވެ. 

ރައީސް މުއިއްޒު 2025 ގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގަތް މައިގަނޑު ކަންތައްތައް:

  • ފުރާ މީހުންނަށް ޑޮލަރު: 500 ޑޮލަރުން 1,000 ޑޮލަރަށް ބޮޑުކުރުން (2026ގެ ފުރަތަމަ ކުއާޓަރުގައި).
  • ކްރެޑިޓް ކާޑު ލިމިޓް: 750 ޑޮލަރުން 1,400 ޑޮލަރަށް ބޮޑުކުރުން (2026ގެ ދެވަނަ ކުއާޓަރުގައި).
  • ވިޔަފާރިވެރިންނަށް: ޓީޓީ ހެދުމަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން.
  • ކުންފުނިތަކަށް: އެސްއޯއީތަކަށް ބޭނުންވާ ޑޮލަރު ކަޅު ބާޒާރަށް ނުގޮސް ސެޕްޓެމްބަރުން ފެށިގެން ހޯދޭނެ ގޮތް ހެދުން.

މުއިއްޒު ވެވަޑައިގެންނެވި އެ ވައުދުތަކުގެ ތެރެއިން ކްރެޑިޓް ކާޑުގެ ލިމިޓާއި ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރި އެވެ. އެކަމަކު ކްރެޑިޓް ކާޑުގެ އިތުރުން ޑެބިޓް ކާޑުންވެސް ފައިސާ ކެނޑުމަށް ގިނަ ދަތިތައް ދަނީ ދިމާވަމުންނެވެ. އޭގެއިތުރުން ޓީޓީތައް ނުހެދޭ މައްސަލަވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. 

ފުރާ މީހުންނާއި ކްރެޑިޓު ކާޑުތަކުގެ ލިމިޓް ބޮޑުކޮށްދޭން މުއިއްޒު ވައުދުވެވަޑައިގަތީ ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު (ކެޓެގަރީ އޭ) އަދި ގެސްޓްހައުސްތަކުން 25 ޑޮލަރު (ކެޓެގަރީ ބީ) މާރުކުރަން ޖެހޭ ގޮތަށް ހެދުމުން، އޭގެ ހެޔޮ ބަދަލު ފެންނާނެ ކަމަށެ ވިދާޅުވުމަށް ފަހު އެވެ. ނަމަވެސް، ޑޮލަރުގެ މި ސިޔާސަތުގެ ހެޔޮ ބަދަލެއް ނުފެނި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ރާއްޖޭގައި ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަށް މައްޗަށް އެރި އެވެ. 

ސަރުކާރުން މިހާރު ވަނީ ރިސޯޓުތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ 40 ޕަސަންޓު އެމްއެމްއޭއަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ. އޭގެއިތުރުން އެމްއެމްއޭގެ ލައިސަންސް ނެތި ޑޮލަރުގެ ވިޔަފާރިކުރަމުންދާ މީހުންނާއި ވިޔަފާރިތަކުގެ އިތުރުން ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދާ ތަންތަނާއި މީހުން ހުއްޓުވުމަށް ސަރުކާރުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. 

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ދިވެހި ރުފިޔާ ދައުރުވާ މިންވަރު މަދުކުރަން ހަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ނާޅާތީ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެގޮތުން ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާތީވެސް އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. 

ޑޮލަރު ލިމިޓުތައް އުވާލުމާއި ބޭރުގައި ކިޔަވާ ކުދިންނާއި ވިޔަފާރިތަކަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް، 2027 ގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ މިކަމަށް ފަހިކުރަން ކޮށި މަގު ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox