ޕީއެންސީ ތެރޭގައި ހިމޭން އިންގިލާބެއް ހިނގަމުންދާ ކަމަށް ޔާމީން ވިދާޅުވެއްޖެ

ތިން ރައީސުންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް —— ފޮޓޯ: މުހައްމަދު ޝަރުހާން

ތިން ރައީސުންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް —— ފޮޓޯ: މުހައްމަދު ޝަރުހާން

ވެރިކަންކުރާ ޕީއެންސީގެ ތެރޭގައި ހިމޭން އިނގިލާބެއް ހިނގަމުންދާ ކަމަށާއި ދާދި އަވަހަށް މި ހާލަތު ބަދަލުވެގެންދާތަން ފެންނާނެ ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާމެދު ހިތްހަމަނުޖެހޭ އެތައް ބަޔަކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރޭގައި އެބަތިބި ކަމަށެވެ.

"އެންމެން ތިބީކީ އެމީހުންނާ އެކީގައެއް ނޫން، އަޅުގަނޑަށް އެބަ އެނގޭ އިނގޭތޯ ޑޮލަރު މި މާރުކުރުމާއި މިކަހަލަ ދަތިތަކުގައި އެ ތަނުގައި އެބަތިބި ބްލެކް މާކެޓުން ޑޮލަރު ގަނެގެން ވިޔަފާރިކުރާ މީހުން، އެތަނުގައި އެބަތިބި ސަފާރީ ދުއްވައިގެން ޑޮލަރު ހޯދާ މީހުން، އެމީހުން ތިބީކީ އެއްގޮތަކަށް ވެސް މުއިއްޒުއާ، މަލީހު ވިދާޅުވިހެން މުއިއްޒުއާ އެކީ ގަދަކޮށެއް ނޫން ތިބީކީ، ވަރަށް ރުޅިއައިސްފައި ތިބީ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން، ޕީއެންސީގެ މެންބަރުންނަށް އިހުސާންތެރިކަމެއް ހިތުގައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. މަޖިލިސް މެންބަރުންނަކީ ސަރުކާރު ޒިންމާދާރު ކުރުމުގެ ވާޖިބު ކޮނޑުގައި އަޅައިގެން ތިބި ބައެއްކަން ހަނދާންކޮށްދެއްވައި އެމަނިކުފާނު ފާހަގަ ކުރެއްވީ މަޖިލީހަކީ ކޯޓުން ބޭރުން ރައީސުލްޖުމްހޫރިއްޔާއަކު މަގާމުން ވަކިކުރެވޭ ހަމައެކަނި ބާރު ކަމަށެވެ.

"އެތަނުގައި މިހާރު އެ ހިނގަނީ ހަމަ ވަރަށް ސައިލެންޓްކޮށް ހިނގާ އިންގިލާބެއް އެ ހިނގަނީ އިނގޭތޯ؟ ﷲ މިންވަރުކުރައްވާށި، ދާދި ފަސޭހައިން މި ހާލަތު ބަދަލުވެގެންދާތަން އަޅުގަނޑުމެން ބަލަން ތިބޭނަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެހެން ވިދާޅުވިއިރު، ޕީއެންސީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަމުގެ އަޑުތައް ސޯޝަލްމީޑިއާގައި ވެސް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެ ޕީއެންސީގެ މަޖިލިސް މެންބަރުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ.

މީގެ ކުރިން ވެސް އެފަދަ އަޑުތަކެއް ފެތުރުމުން ޕީއެންސީގެ ހުރިހާ މެންބަރުންނާއި މިނިސްޓަރުން ވަނީ މުއިއްޒުއާއެކު ގަދަކޮށް ތިބިކަމަށް ވިދާޅުވެ ސޯޝަލްމީޑިއާ ޕޯސްޓުތަކެއް ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox