ސެންކްޝަން ލިސްޓުގައި ހިމެނޭ ތަކެތި ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓު ކުރުން ހުއްޓުވަން އެމެރިކާއިން އަންގައިފި

ރާއްޖެ އެއާޕޯޓުގައި އޮތް ރަޝިޔާގެ އެއާލައިން އޭރޯފްލޯޓުގެ މަތިންދާބޯޓެއް: ރާއްޖެއިން 2022 ވަނަ އަހަރު ރަޝިޔާއަށް 630 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓު ކުރި -- ފޮޓޯ: އެމްއޭސީއެލް

ރާއްޖެ އެއާޕޯޓުގައި އޮތް ރަޝިޔާގެ އެއާލައިން އޭރޯފްލޯޓުގެ މަތިންދާބޯޓެއް: ރާއްޖެއިން 2022 ވަނަ އަހަރު ރަޝިޔާއަށް 630 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓު ކުރި -- ފޮޓޯ: އެމްއޭސީއެލް

އެމެރިކާއިން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށް ހަބެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭނުން ކުރާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން އެމެރިކާގެ ސަރުކާރުން ދިވެހި ސަރުކާރަށް އަންގައިފި އެވެ. 

އެމެރިކާ ސަރުކާރުގެ ކަންބޮޑުވުންތައް ރާއްޖެއާ ހިއްސާކޮށް، ދަތިކުރުމުގެ ފިޔަވަޅުގެ ލިސްޓުގައި ހިމެނޭ މުދާ ރާއްޖެއިން ރަޝިޔާއަށް އެތެރެވުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން އެދިފައިވާކަން ހާމަކުރީ ވޯލް ސްޓްރީޓް ޖާނަލް އިން ޝާއިއު ކުރި ތަހުގީގީ ރިޕޯޓެއްގަ އެވެ. 

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސެންކްޝަން ލިސްޓުގައި ހިމެނޭ މުދާ ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ގެންދަނީ، އެކި ގައުމުތަކުން ރާއްޖެއަށް އިމްޕޯޓު ކުރުމަށްފަހު، ހުޅުލެއިން ފުރާ އޭރޯފްލޯޓުގެ މަތިންދާބޯޓަކުންނެވެ. 

ރާއްޖެއިން ރަޝިޔާއަށް އެގޮތަށް އެކްސްޕޯޓު ކުރާ ތަކެތީގެ ތެރޭގައި މިސައިލް ގައިޑެންސް ސިސްޓަމްތަކުގައި ބޭނުން ކުރެވިދާނެ މައިކްރޯޗިޕްސް އާއި ޓްރެކިން ސެޓެލައިޓުތަކަށް ބޭނުންވާ ހާޑުވެއާ އާއި ޖެޓު ފައިޓަރު އަދި ދުރު ރާސްތާގެ މިސައިލަށް ބޭނުންވާ ދަގަނޑު ބޯލްޓު ހިމެނެ އެވެ. 

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުގެ ލިސްޓުގައި ހިމެނޭ މުދާ ރާއްޖެއިން ރަޝިޔާއަށް އެތެރެވާ މައްސަލައިގެ އެމެރިކާ އަދި ޔޫރަޕުން އަންނަނީ ރާއްޖެއަށް ޕްރެޝަރު ކުރަމުންނެވެ. އަދި އެ ރޫޓު ހުއްޓުވަން ދިވެހި ސަރުކާރަށް ޔޫރަޕާއި އެމެރިކާއިން އަންގާފައިވާ ކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ. 

އެއާވޭ ބިލްތަކާއި ޝިޕިން ޑޮކިއުމެންޓް އަދި އޮފިޝަލުންގެ އިންޓަވިއުތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއިން ރަޝިޔާއަށް މުދާ ބޭރު ކުރަނީ ލިޔެކިޔުން އޮޅުވާލައިގެންނެވެ. އެކަމުގައި އިސްކޮށް ޝާމިލުވާ ދިވެހި ދެ ކުންޏެއް އެ ނޫހުން ވަނީ ހާމަކޮށްފަ އެވެ. އެއީ "ގޯ އިންވެސްޓްމަންޓްސް" އާއި "ފްރެއިޓް ކެއާ" އެވެ. 

ދިވެހި ކަސްޓަމްސްގެ ރަސްމީ ހިސާބުތަކުން ދައްކަނީ 2022 ވަނަ އަހަރާއި 2025 އަހަރާ ދެމެދު ރާއްޖެއިން ރަޝިޔާއަށް އިމްޕޯޓް ކުރީ އެންމެ 25،00 ޑޮލަރު މަހާއި 25 ޑޮލަރުގެ ލީފްލެޓެވެ. އެކަމަކު، އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އިމްޕޯޓް ޖީނިއަސްގެ ހޯދުންތަކުން އެނގޭ ގޮތުގައި، 2022 ވަނަ އަހަރު އެކަނި ވެސް ރާއްޖެއިން ރަޝިޔާއަށް 630 މިލިއަން ޑޮލަރުގެ މުދާ އެތެރެ ކުރި އެވެ.

އޭގެ ކުރިން 2021 ވަނަ އަހަރު ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓު ކުރީ އެންމެ ހަތް މިލިއަން ޑޮލަރުގެ މުދަލެވެ. އެހެންކަމުން ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓް ކުރާ މަދުލުގެ އަދަދު އިތުރުވެފައި މި ވަނީ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުންކަން އެނގެ އެވެ. 

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓު ކުރާ ގޮތުގައި ރާއްޖެއިން ރިއެކްސްޕޯޓް ކުރާ މުދާ އެއްވެސް މިންވަރަކަށް ބަލައި ފާސްކޮށެއް ނުހަދަ އެވެ. އޭގެ ބަދަލުގައި ރާއްޖޭގެ އޮފިޝަލުން ހަމައެކަނި ޗެކް ކުރަނީ އެ މުދަލަކާ ގުޅޭ ލިޔެކިޔުމެވެ. އެހެން ކަންތައް ކުރަނީ ކަސްޓަމްސްގެ މުވައްޒަފުން މަދުވުމުން ކަމަށް އެ ނޫހުން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox