ބިންތައް އަތުލެވޭ ބިލު ތަސްދީގުކުރެއްވުމަށްފަހު ވެސް މުއިއްޒު ދެންމެވީ ކައުންސިލްތަކުން އެއްބާރުލުން ނުދޭކަމުގެ ހާސަރު

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ތަސްދީގު ކުރެއްވުމަށްފަހު، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުން ހުރަސް އަޅާކަމަށް ވިދާޅުވެ ދަންމަވާ ހާސަރު ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.

އެ ބިލު ތަސްދީގު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގާނޫނަށް ގެނައި ބަދަލާއެކު ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުން ހުރަސްއަޅާ އެޅުން ހުއްޓިގެންދާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑު ރައްޔިތުންނަށްވެފައި ހުރި ވައުދުތައް ފުއްދުމުގައި ސަރުކާރުން އެކި ރަށްރަށުގައި އެކި ކަހަލަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ވަރަށް މަސައްކަތްތަކެއް ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންނަމަވެސް، ބައެއް ރަށްރަށުގެ ކައުންސިލްތަކުން މިކަމުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކޮޅު ވިސްނުމުގެ ކައުންސިލްތަކުން ތަފާތު ހުރަސްތައް ކުރިމަތިކޮށް ލަސްކަން އަންނަމުން ދާތީވެ ބޭނުންވެފައި އޮތީ ގާނޫނީ ހައްލެއް."

ބިންތައް ސަރުކާރަށް ނަގާ ބިލު ފާސްކުރަންޖެހޭ ސަބަބެއް ޕީއެންސީއަށް ނުދެއްކުނު، ދިފާއުގައި މުޅީން ވެސް "ވެދާނެ ކޮށްފާނެ"!

ކައުންސިލްތަކުގެ އިހުތިސޯސުގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ގާނޫނަށް ބަދަލުކުރަން ހުށަހެޅި ނަމަވެސް، އެފަދަ ނިންމުމެއް ނިންމަންޖެހޭ ސަބަބެއް ނުވަތަ ކައުންސިލަކުން މަޝްރޫއަކަށް ހުރަސްއެޅި މިސާލެއް ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގައި ދެއްކިފައެއް ނުވެއެވެ.

ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުން ހުރަސްއަޅާ ކަމަށް މީގެކުރިން ވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް، އޭގެ އެންމެ މިސާލެއް ދައްކަން ވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ނުކުޅެދިފަ އެވެ.

ގާނޫނު ބަދަލުކޮށްފައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ. 

އޭގެ އިތުރުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހިމަނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް ބަދަލުތަކުގައި ވެ އެވެ. 

އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، އެ ބަދަލާ ދެކޮޅަށް އާންމު ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވި ޕެޓިޝަން އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް އެ ބިލަށް ހުށަހެޅުއްވި އިސްލާހަށް ރިއާޔަތްނުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox