ޖަރުމަނަށް ދިން ޑްރޯން ހަމަލާއާއެކު ނޭޓޯ އާއި އީޔޫގެ އިންޒާރު ރަޝިއާއަށް

Sep 3, 2026, 11:45 AM
އުރްސުލާ ވޮން ޑަ ލޭޔަން އަދި މާކް ރޫޓާ. -- ފޮޓޯ: ރޮއިޓާސް

އުރްސުލާ ވޮން ޑަ ލޭޔަން އަދި މާކް ރޫޓާ. -- ފޮޓޯ: ރޮއިޓާސް

ރަޝިޔާގެ އަމަލުތައް އިތުރަށް ނުރައްކާވަމުންދާ ކަމަށް ބުނެ، ނޭޓޯ އާއި ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިން އިންޒާރު ދެއްވައި، އެ ގައުމާ ކުރިމަތިލުމަށް ތައްޔާރަށް ތިބި ކަމަށް ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ލައިޕްޒިގް އެއާޕޯޓަށް ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލި މައްސަލައިގައި، އެއީ ރަޝިޔާގެ އަމަލެއް ކަމަށް ޖަރުމަނުން ތުހުމަތުކުރިތާ އެއް ދުވަސް ފަހުން، ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަ ލޭޔަން ވިދާޅުވީ، ލައިޕްޒިގްގެ ހާދިސާއަކީ ޔޫރަޕްގެ އިއްތިހާދުގެ ބިމުގައި ރަޝިޔާއިން ހިންގި ނުރައްކާތެރި އަމަލެއް ކަމަށެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ވިދާޅުވީ، އެމެރިކާ ހިމެނޭހެން އެ އިއްތިހާދުގެ ހުރިހާ ގައުމުތަކެއް އޮތީ ޖަރުމަނާއެކު ސާބިތުކަމާއެކު ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންއެއް ބޭނުންކޮށްގެން ޔޫކްރޭންގެ މުދާ އުފުލާ ބޯޓަކަށް ހަމަލާދޭން އުޅުނު ކަމަށް ކުރެވޭ ތުހުމަތުތައް ރަޝިޔާއިން ވަނީ ދޮގުކޮށްފަ އެވެ.

ޖަރުމަނުން އަޅާފައިވާ އާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން، ރަޝިޔާގައި ހުންނަ ޖަރުމަނުގެ "ގޯތޭ އިންސްޓިޓިއުޓް" ސަގާފީ މަރުކަޒުތައް ބަންދުކުރާނެ ކަމަށް ރަޝިޔާއިން ވަނީ ބުނެފަ އެވެ.

ލައިޕްޒިގް/ހާލޭ އެއާޕޯޓަށް ފޮނުވާލި ޑްރޯން ރޮބޮޓެއްގެ އެހީގައި ނުގޮވާ ގޮތް ހަދާފައިވާއިރު، ދެވަނަ ޑްރޯންއެއް މުދާ އުފުލާ އެހެން ބޯޓެއްގައި ޖެހިފައިވާ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން، ނޭޓޯގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ އަދި ޔޫކްރޭންގެ އެންޓޮނޯވް މަތިންދާބޯޓުތައް ގަވާއިދުން ބޭނުންކުރާ އެ އެއާޕޯޓުން، 10 ދުވަސް ފަހުން ތިންވަނަ ޑްރޯންއެއް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާތަކުގެ ފަހަތުގައި ވަނީ ރަޝިޔާކަން ފުލުހުންގެ ތަހުގީގުތަކާއި އިންޓެލިޖެންސް މައުލޫމާތުން ސާބިތުވާ ކަމަށް ޖަރުމަނު ސަރުކާރުން ހާމަކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ، އެ ޑްރޯން ފަރުމާކޮށްފައިވާ ގޮތާއި، އޭގައި ބޭނުންކޮށްފައިވާ ސާމާނާއި، ގޮވާތަކެތީގެ ބާވަތަކީ ރަޝިޔާއިން މީގެ ކުރިން ހިންގާފައިވާ މިފަދަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަކެތި ކަމަށެވެ.

ލައިޕްޒިގް ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ދެނެގަނެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ޓޫރިސްޓް ވިސާގައި އެތެރެވި ރަޝިޔާގެ ޕާސްޕޯޓް އޮތް ބެލަރޫސް މީހަކާއި، ލެޓްވިއާ އަދި ރަޝިޔާގެ ޕާސްޕޯޓް އޮތް މީހަކު ހިމެނެ އެވެ. ދެވަނަ މީހާ ބާލިންއަށް އައީ މަތިންދާބޯޓެއްގައި ކަމަށާއި، އޭނާ ފުރައިގެން ދިޔައީ ހަމަލާ ދޭން އުޅުނު ދުވަހުގެ ދެ ދުވަސް ކުރިން ކަމަށްވެ އެވެ.

ބާލިންގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓާއި، ރަޝިޔާގެ ސަގާފީ މަރުކަޒު "ރަޝިއަން ހައުސް" ބަންދުކުރާނެ ކަމަށް ޖަރުމަނުން ވަނީ ބުނެފަ އެވެ. ޖަރުމަނުން ތުހުމަތުކުރާ ގޮތުގައި އެ މަރުކަޒަކީ ރަޝިޔާ ސަރުކާރުގެ ޕްރޮޕަގަންޑާ ފެތުރުމަށް ބޭނުންކުރާ ތަނެކެވެ.

ނަމަވެސް، ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ ޖަރުމަނުން ކުރާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް އިއުލާން ކުރެއްވި ގޮތުގައި، ޖަރުމަނުގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން މޮސްކޯ، ސެއިންޓް ޕީޓަސްބާގް އަދި ޔެކަޓެރިންބާގްގައި ހުންނަ "ގޯތޭ އިންސްޓިޓިއުޓް" މަރުކަޒުތައް ބަންދުކުރާނެ އެވެ.

ޖަރުމަނުން ކުރާ "އަސާސެއް ނެތް ތުހުމަތުތައް" ރަޝިޔާއިން ގަބޫލުނުކުރާކަން އެންގުމަށްޓަކައި، ޖަރުމަނުން ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޗާޖޭ ޑިއެފެއާޒް ބާންޑް ފިންކޭ ވަނީ ރަޝިޔާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ޖަރުމަނުގެ ފިޔަވަޅުތަކަކީ ބޮޑު ގޯހެއް ކަމަށާއި، އެއީ ޖަރުމަނު ރައްޔިތުންގެ މަސްލަހަތާ ސީދާ ދެކޮޅު ކަމެއްގެ ގޮތުގައި ސިފަކުރައްވައި އެކަން ކުށްވެރިކުރައްވާފަ އެވެ.

ޖަރުމަނާއެކު އޮތް ގުޅުން މޮސްކޯއިން ކަނޑާލަން ތައްޔާރަށް އޮތްތޯ ސުވާލުކުރުމުން، ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލެގްޒެންޑާ ގްރުޝްކޯ ވިދާޅުވީ އެއީ "ވެދާނެ" ކަމެއް ކަމަށެވެ. ނަމަވެސް މިވަގުތަށް ޑިޕްލޮމެޓިކް މަގުން ކަންކަން ހައްލުކުރަން ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox