ޔޫރަޕް ގައުމުތަކުގައި ފުރިހަމަ އިރުކޭތައެއް

Aug 13, 2026, 10:49 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތާއި ޔޫރަޕަށް ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އިރުކޭތަ އިއްޔެ ފެނިއްޖެ އެވެ. މިއީ ޖީލަކުން އެއްފަހަރު ފެންނަ ފަދަ ނާދިރު ކަމަކަށް ވާއިރު، މި މަންޒަރު އެތައް މިލިއަން ބަޔަކު ބަލާފައިވާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސިވިލާތުގައި ތިބެގެން އިރުކޭތަ ބެލި މީހުންނަށް ފެނިފައިވަނީ އިރުގެ ބައެއް ފޮރުވުނު "ޕާޝަލް" އިރުކޭތައެކެވެ. އެ ގައުމުގައި އިރުގެ 90 އިންސައްތައަށް ވުރެ ބޮޑު ބައެއް ހަނދުގެ ނިވަލަށް ވަދެފައިވާ މަންޒަރު ގިނަ ބަޔަކަށް ފެނުނެވެ.

ނަމަވެސް، ގްރީންލޭންޑާއި، އައިސްލޭންޑް އަދި ސްޕެއިންގެ ބައެއް ސަރަހައްދުތަކަށް އިރު އެއްކޮށް ފޮރުވި، މުޅި ސަރަހައްދު އަނދިރިވެގެންދިޔަ ފުރިހަމަ އިރުކޭތައެއްގެ ހިތްގައިމު މަންޒަރުތައް ވަނީ ފެނިފަ އެވެ.

މި ފުރިހަމަ އިރުކޭތައިގެ ދަތުރު ފެށުނީ ރަޝިޔާގެ ސައިބީރިއާގެ އުތުރު ބިތުންނެވެ. އެއީ އާންމުންނާއި ޓެލެސްކޯޕްތަކާ ދުރު، އެކަހެރި ސަރަހައްދެކެވެ.

އެއަށްފަހު، އާކްޓިކް ކަނޑުގެ ވަށައިގެން ދަތުރުކޮށް، އިރުއޮއްސެން އުޅެނިކޮށް މި ކޭތަ އައިސްލޭންޑަށް ފޯރިއެވެ. އަދި އޭގެ ފަހުން ދެކުނަށް ދަތުރުކޮށް، އިނގިރޭސިވިލާތަށް މި ހިތްގައިމު މަންޒަރުގެ ބައެއް ވަނީ ފެނިފަ އެވެ.

އިރުކޭތައެއް ކުރިމަތިވަނީ އިރާއި ދުނިޔެއާ ދެމެދުން ހަނދު ދަތުރުކުރާ ވަގުތުގަ އެވެ. މި ހާލަތުގައި އިރުގެ އަލި އެއްކޮށް ނުވަތަ ބައެއް ދުނިޔެއަށް ނުފެންނާނެހެން ހަނދުން ހުރަސްއަޅައި، ދުނިޔެއަށް ހިޔަނި އެޅެ އެވެ.

ދުނިޔޭގެ ކޮންމެވެސް ސަރަހައްދަކަށް ކޮންމެ 18 މަހަކުން އެއްފަހަރު ކަހަލަ ގޮތަކަށް ފުރިހަމަ އިރުކޭތައެއް ފެނެ އެވެ.

ނަމަވެސް، ވަކި ހާއްސަ ސަރަހައްދަކަށް މިފަދަ ފުރިހަމަ ކޭތައެއް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އާންމު ގޮތެއްގައި އެއް ސަރަހައްދަކަށް ފުރިހަމަ އިރުކޭތައެއް ފެންނަނީ ގާތްގަނޑަކަށް ކޮންމެ 400 އަހަރަކުން އެއް ފަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާބަނޑު ގައިދީއަކު ހޮސްޕިޓަލަށް ގެންދިޔަ އުޅަނދުން ފިލައިފި

އެމެރިކާގެ ނިއު މެކްސިކޯގައި މާބަނޑު ގައިދީއަކު ޑޮކްޓަރަށް ދައްކާފައި އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީގައި، ފުލުހުންގެ އުޅަނދެއްގެ ކޮންޓްރޯލް ހޯދައިގެން ފިލައިފިއެވެ. އޭނާ ފިލަން ބޭނުންކުރި ކާރާއި ޖަލު ޔުނީފޯމް ފެނިފައިވީ ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ކުވޭތަށް ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެއްޖެ

އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާތަކެއްގައި، ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގައި މަސައްކަތްކުރާ އިޓަލީގެ ދެ ޓެކްނީޝަނުން މަރުވެއްޖެއެވެ. މި ހަމަލާގައި އިތުރު ދެ މީހަކަށް އަނިޔާވެފައިވާއިރު، މިއީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.

ޕާކިސްތާނުގެ ޓީވީ ޝޯއެއް އިންޑިއާގައި ދެއްކުމަށް ހުރަސްތަކެއް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް އިންޑިއާގެ ބެންގަލޫރުގައި ދެއްކުމަށް ރޭވި ހަރަކާތްތަކެއް، ދެ ގައުމުގެ ސިޔާސީ ނުތަނަވަސްކަމާއި ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފިއެވެ. މި ހަރަކާތްތަކަށް ހުރަސް އެޅުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިއީ ޕާކިސްތާނުގެ އުފެއްދުންތަކަށް އިންޑިއާގައި ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ހުރަހެކެވެ.

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox