ފްލައިޓެއްގައި އެތެރެވި މަދިރިން މެލޭރިއާ ޖެހި ފްރޭންފާޓް އެއާޕޯޓުގެ ދެ މުވައްޒަފުން މަރުވެއްޖެ

Aug 27, 2026, 1:07 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަނުވިލާތުގެ ފްރޭންކްފާޓް އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެލޭރިއާ ޖެހިގެން މަރުވެއްޖެ އެވެ. މި ބަލި އެ އެއާޕޯޓުގެ ހަ މުވައްޒަފަކަށް ވަނީ ޖެހިފަ އެވެ.

ޖަރުމަނުގެ އާންމު ސިއްހަތާ ބެހޭ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި، މި ބަލި ފަތުރާ މަދިރިތައް ޖަރުމަނުގެ އެންމެ ބާރުބޮޑު އެއާޕޯޓަށް އެތެރެވީ މަތިންދާބޯޓެއްގަ އެވެ. މި ބަލި އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

"ފްރޭންކްފާޓްގެ އާންމު ރައްޔިތުންނަށް މިކަމުގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް. މި ބައްޔަކީ އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ފެތުރޭ ބައްޔެއް ނޫން. މިއީ ހަމައެކަނި މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެއް،" އެ އިދާރާއިން ބުންޏެވެ.

އެއާޕޯޓު ހިންގާ ފްރަޕޯޓް ކުންފުނީގެ ތަރުޖަމާނަކު ބުނީ، މި ބަލި ޖެހިގެން އެއް މުވައްޒަފަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް، އާންމު ސިއްހަތާ ބެހޭ އިދާރާތަކުން ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ހާމަކުރި ގޮތުގައި، ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން އެއާޕޯޓުގައި މިހާރު ވަނީ މަދިރި ނައްތާލުމަށް ފިޔަވަޅު އަޅާފަ އެވެ. އަދި ހިފޭ މަދިރިތައް ލެބޯޓްރީގައި ތަހުލީލުކޮށް، އެއީ ކޮން ބާވަތެއްގެ އަދި ކޮން ސަރަހައްދަކުން އައި މަދިރިތަކެއްތޯ ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން ވާނީ ހުރިހާ މުވައްޒަފުންނަށް މިކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދީފައި. އަދި އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަކަށް ދެއްކުމަށް ވަނީ އިރުޝާދު ދީފައި،" ފްރަޕޯޓްގެ ތަރުޖަމާނު ބުންޏެވެ.

މި ބަލިމަޑުކަން ފެތުރެން މެދުވެރިވި ސަބަބު ފްރޭންކްފާޓް ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޖަރުމަނުން މެލޭރިއާ ފެންނަނީ އާންމުކޮށް އެ ބަލި އުޅޭ ގައުމުތަކަށް ދަތުރުކުރާ މީހުންގެ ފަރާތުންނެވެ. އަދި ޖަރުމަނުގެ އެއާޕޯޓެއްގެ ތެރޭގައި މި ބަލި ފެތުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް ވެސް އިދާރާތަކުން ބުނެފައިވެ އެވެ.

"ބަލިޖެހުނު މީހުންނަކީ ބޭރަށް ދަތުރުކޮށްފައިވާ ބަޔަކަށް ނުވުމުން، ބަލި ދެނެގަތުން ލަސްވުމުގެ ފުރުސަތު އޮވޭ. ބަލި ދެނެގަތުން ލަސްވުމަކީ ބަލީގެ ނުރައްކާ ބޮޑުވެ، ހާލަތު ގޯސްވާ ކަމެއް،" އެ އިދާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެއާޕޯޓަކުން މެލޭރިއާ ފެނުނު އެންމެ ފަހު ހާދިސާ ރިޕޯޓްކޮށްފައިވަނީ 2023 ވަނަ އަހަރު، ހަމަ ފްރޭންކްފާޓް އެއާޕޯޓުން ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި، މެލޭރިއާއަކީ ވަކި ބާވަތެއްގެ މަދިރި އިންސާނުންގެ ގައިގައި ދަތް އެޅުމުގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މި ބަލި އެންމެ ގިނައިން ފެންނަނީ ހޫނު ގައުމުތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox