18 އަހަރަށް ފަހު ވިކްޓޯރިއާ ބެކަމްގެ ކުންފުންޏަށް ފައިދާވެއްޖެ

Sep 2, 2026, 10:06 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ވިކްޓޯރިއާ ބެކަމްގެ ފެޝަން އަދި ބިއުޓީ ވިޔަފާރި 2008 ވަނަ އަހަރު އުފެއްދި ފަހުން، ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް ފައިދާއެއް ލިބިފައިވާ ކަމަށް ހާމަކޮށްފި އެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ "ސްޕައިސް ގާލް" ވިކްޓޯރިއާ ބެކަމް ކްރިއޭޓިވް ޑައިރެކްޓަރުގެ މަގާމު ފުރަަމުންދާ "ވިކްޓޯރިއާ ބެކަމް ހޯލްޑިންގްސް ލިމިޓެޑް" އަށް ގިނަ އަހަރުތަކެއް ވަންދެން ގެއްލުންވުމަށް ފަހު، 2025 ވަނަ އަހަރު 7.3 މިލިއަން ޕައުންޑުގެ އޮޕަރޭޓިން ފައިދާއެއް ލިބިފައިވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކަ އެވެ.

ނެޓްފްލިކްސް އިން މިދިޔަ އަހަރު ދެއްކި ޑޮކިއުމެންޓްރީއެއްގައި ވިކްޓޯރިއާ ފެޝަން ބްރޭންޑެއް އުފައްދައި، އެއީ ފައިދާވާ ވިޔަފާރިއަކަށް ހެދުމަށް ކުރި މަސައްކަތުގެ ވާހަކަ ގެނެސްދީފައިވެ އެވެ. އެ ސީރީޒްގެ ސަބަބުން ވިޔަފާރި އިތުރުވުމަށް އެހީތެރިވެދިންއިރު، ހާއްސަކޮށް "ޑެނިމް" އަދި "ޖާޒީ" ފޮތީގެ އުފެއްދުންތަކަށް އޮތް ތަރުހީބު ބޮޑުވިކަން މާލީ ހިސާބުތަކުން އެނގެ އެވެ.

ކުންފުނީގެ ފެޝަން ދާއިރާއިން 2025 ވަނަ އަހަރު ވަނީ ދެ ގުނަ އަދަދެއްގެ ކުރިއެރުމެއް ހޯދާފަ އެވެ. އަދި 2019 ވަނަ އަހަރު ފެށި ބިއުޓީ ދާއިރާއިން ވެސް މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އޭނާގެ "ފައުންޑޭޝަން ޑްރޮޕްސް" އަށް އޮތް ބޮޑު މަގުބޫލުކަމެވެ. އެ އުފެއްދުން ގަތުމަށް 25،000 މީހުންގެ ވެއިޓިން ލިސްޓެއް އޮތްއިރު، އޭގެ ސަބަބުން ކުންފުނީގެ ސްކިންކެއާ ދާއިރާގެ ވިޔަފާރި ވަނީ ދެގުނައަށް އިތުރުވެފަ އެވެ.

ނެޓްފްލިކްސް ޑޮކިއުމެންޓްރީގައި، ޑިޒައިނަރެއްގެ ގޮތުގައާއި ވިޔަފާރިވެރިއެއްގެ ގޮތުގައި ބަލައިގަތުމަށް އޭނާއާ މެދު ޝައްކު އުފެއްދި މީހުންގެ ފާޑުކިޔުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ ވާހަކަ ވިކްޓޯރިއާ ކިޔައިދީފައިވެ އެވެ. އަދި ކުންފުނި "ދިހަވަރަކަށް މިލިއަން ޕައުންޑުން" ދަރަނިވެރިވެ، މާލީ ބޮޑު ތަދެއްގެ ތެރެއަށް ވެއްޓުނު ގޮތް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެ ދަނޑިވަޅުގައި ވިޔަފާރި ސަލާމަތްކޮށްދިނީ އޭނާގެ ފިރިމީހާ ސާ ޑޭވިޑް ބެކަމް އެވެ. ޑޭވިޑް އެ ޕްރޮގްރާމްގައި ބުނެފައިވަނީ، ވިކްޓޯރިއާ އޭނާގެ ގާތަށް އައިސް ވިޔަފާރިއަށް އިތުރު ފައިސާ ބޭނުންވާ ކަމަށް ބުނަން ޖެހުމަކީ ދެމީހުންނަށް ވެސް ވަރަށް އުނދަގޫވި ކަމެއް ކަމަށެވެ. ސަބަބަކީ އެގޮތަށް މެދުނުކެނޑި ފައިސާ ހަރަދުކުރަމުން ދިއުމުގެ ގާބިލުކަން އޭނާގެ އަތުގައި ވެސް ނެތުމުންނެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު، ކުންފުނީގެ 30 އިންސައްތަ ހިއްސާ "ނިއޯ އިންވެސްޓްމަންޓް ޕާޓްނާސް" އަށް ވިއްކާލައިގެން 30 މިލިއަން ޕައުންޑުގެ އިންވެސްޓްމަންޓެއް އޭނާ ހޯދި އެވެ. އެއާއެކު އެ ކުންފުނިން ވަނީ ވިޔަފާރި އަލުން ބައްޓަންކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox