194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

Oct 11, 2026, 7:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

މިހާތަނަށް ހޯދިފައިވާ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު ކަމަށްވާ، އުމުރުން ގާތްގަނޑަކަށް 194 އަހަރުގެ "ޖޮނަތަން" ނަމަކަށް ކިޔާ ކަންޒު ކަހަނބު އެހާ ގިނަ ދުވަހު ދިރިހުރި ސަބަބަކީ އޭގެ ޖެނެޓިކް ސިފަތަކާއި، ހަށިގަނޑުގެ ސެލްތަކުގެ މުހިންމު ނިޒާމުތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މި ބާވަތުގެ ކަންޒު ކަހަނބު އާންމުކޮށް 100 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅޭ ކަމަށް ފާހަގަކުރެވުނު ނަމަވެސް، ޖޮނަތަން ވަނީ އެ މުއްދަތަށް ވުރެ މާ ގިނަ ދުވަހު ދިރިހުރެފަ އެވެ. ސައުތު އެޓްލާންޓިކްގެ އެކަހެރި ރަށެއް ކަމަށްވާ ސެއިންޓް ހެލީނާއަށް 1882 ވަނަ އަހަރު ޖޮނަތަން ގެންދިޔައިރު އޭތި އޮތީ ފުރާފުރިހަމަވެފަ އެވެ.

ބެލެވޭ ގޮތުގައި އޭތި އެ ރަށަށް ގެންދިޔައީ އަލްޑަބްރާ އެޓޯލް ނުވަތަ ގްރެނިޓިކް ސީޝެލްސް އިންނެވެ. މިހާރު މި ކަހަނބު ދިރިއުޅެމުންދަނީ އެ ރަށުގެ ގަވަރުނަރުގެ ރަސްމީގެ، ޕްލާންޓޭޝަން ހައުސްގެ ބަގީޗާއެއްގަ އެވެ.

Advertisement

"ސައިންސް އެޑްވާންސަސް" ޖާނަލްގައި ބުދަ ދުވަހު ޝާއިއުކުރި ދިރާސާގެ އެއް މުސައްނިފު އަދި ކަލޭލް ޖަމިއްޔާގެ ރިސާޗަރެއް ކަމަށްވާ ބެންޖަމިން ވައިސްވިލް ވިދާޅުވި ގޮތުގައި، ޖޮނަތަން ފަދައިން އެހެން ބައެއް ކަންޒު ކަހަނބު ވެސް ގިނަ ދުވަހު ދިރިއުޅޭ ކަމަށް ބުނެވުނު ނަމަވެސް، އުމުރު ސާބިތުކޮށްދޭނެ އެންމެ ވަރުގަދަ ލިޔެކިޔުންތައް ހުރީ ޖޮނަތަންގެ އެވެ.

ޖޮނަތަންގެ އާދަޔާ ހިލާފު ދިގު އުމުރުގެ ސިއްރުތައް ހޯދުމަށްޓަކައި ސައިންސްވެރިން ވަނީ އޭގެ ޖީނޯމް (ޖެނެޓިކް މައުލޫމާތު) ތަރުތީބުކޮށް، އެޕިޖީނޯމް ނުވަތަ ޖީންތައް މަސައްކަތްކުރާ ގޮތް ކޮންޓްރޯލްކުރާ ކެމިކަލް މާކަރުތައް ދިރާސާކޮށްފަ އެވެ.

ވައިސްވިލް ވިދާޅުވި ގޮތުގައި، ޑީއެންއޭ މަރާމާތުކުރުމާއި، މައިޓޯކޮންޑްރިއާގެ މަސައްކަތާއި، އިންސިއުލިން ކޮންޓްރޯލްކުރުމާއި، ޓެލޯމިއާގެ މަސައްކަތްތައް ފަދަ ދިގު އުމުރާ ގުޅުންހުރި ކަންކަމުގައި ޖޮނަތަންގެ ޖީނޯމަށް އައިސްފައިވާ ބަދަލުތައް ދިރާސާއިން ވަނީ ފެނިފަ އެވެ.

މައިޓޯކޮންޑްރިއާއަކީ ސެލްތަކަށް ބޭނުންވާ ހަކަތަ އުފައްދައިދޭ ބަޔެވެ. އިންސިއުލިންއަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށް، ހަކަތަ ހޯދުމަށްޓަކައި ސެލްތަކަށް ހަކުރު ފޯރުކޮށްދޭ ހޯމޯންއެކެވެ. އަދި ޓެލޯމިއާއަކީ ސެލްގެ ނިއުކްލިއަސް ތެރޭގައި ޖެނެޓިކް މައުލޫމާތު އުފުލައިދޭ ކްރޮމޮޒޯމްތަކުގެ ކޮޅުގައި ހުންނަ ރައްކާތެރިކޮށްދޭ ފަށަލައެކެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ ޖޮނަތަންގެ އެޕިޖީނޯމް، ތަފާތު އުމުރުފުރާތަކުގެ އެހެން ހަތަރު އަލްޑަބްރާ ކަހަނބާ އަޅާކިޔާފަ އެވެ. ޖޮނަތަންގެ ސާމްޕަލް ނެގީ ދުލުގެ ދަށުންނެވެ. ސެއިންޓް ހެލީނާގެ އޮފިޝަލުން ލޭގެ ސާމްޕަލް ނެގުން މަނާކުރަނީ އިންފެކްޝަން އުފެދިދާނެތީ އެވެ.

ޖޮނަތަންގެ ހަށިގަނޑުން އެހެން ކަހަނބުތަކާ ތަފާތު 287 ޖީންއެއް ސައިންސްވެރިން ވަނީ ދެނެގަނެފަ އެވެ. މީގެ ތެރޭގައި ކެންސަރު ގަނޑުތައް އުފެދުން ހުއްޓުވުމަށާއި ޑީއެންއޭ މަރާމާތުކުރުމަށް އެހީތެރިވެދޭ ޖީންތައް ހިމެނެ އެވެ. އަދި މުސްކުޅިވާ ސެލްތަކާއި ކެންސަރު ސެލްތައް ނައްތާލާ ޕްރޮޓީންއެއް އުފައްދައިދޭ ޖީންގެ އިތުރު އޭގެ ކޮޕީތަކެއް ވެސް ޖޮނަތަންގެ ހަށިގަނޑުގައި ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox