"ކޭޕޮޕް ޑީމަން ހަންޓާސް" އާ ދެކޮޅަށް މެޓަލް ބޭންޑަކުން ބޮޑު ދައުވާއެއް

Aug 20, 2026, 5:35 PM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ކްރިސްޓިއަން މެޓަލް ބޭންޑެއް ކަމަށްވާ "ޑީމަން ހަންޓާ" އިން، ނެޓްފްލިކްސްގެ މަގުބޫލު ފިލްމު "ކޭޕޮޕް ޑީމަން ހަންޓާސް" އާ ދެކޮޅަށް ޓްރޭޑްމާކް މައްސަލައެއްގައި ދައުވާކޮށްފި އެވެ.

މިއުޒިކް އުފެއްދުމާއި ކޮންސެޓްތައް ބޭއްވުމުގައި 25 އަހަރު ހޭދަކޮށްފައިވާ އެމެރިކާގެ މި ބޭންޑުން ބުނާ ގޮތުގައި، ނެޓްފްލިކްސްގެ ފިލްމާއި، އެ ފިލްމާ ގުޅޭ މުދަލުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސެޓް ޓުއާގެ ސަބަބުން، އެ ބޭންޑުން ފޯރުކޮށްދޭ ޚިދުމަތްތަކާ އޮޅުން އަރާ މިންވަރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

ބޭންޑުގެ ކުންފުނި ކަމަށްވާ "ހައިޑް ލޭން" އިން މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ، ނެޓްފްލިކްސް ސްޓޫޑިއޯސް އާއި ކޮންސެޓްތައް އިންތިޒާމުކުރާ "އޭއީޖީ ޕްރެޒެންޓްސް" އިން ކަސްޓަމަރުންގެ މެދުގައި ބޮޑު އޮޅުންބޮޅުމެއް އުފައްދާފައިވާ ކަމަށެވެ.

މި އޮޅުންބޮޅުމުގެ ހެއްކެއްގެ ގޮތުން އެ ބޭންޑުން ވަނީ އީމެއިލްއެއް ހުށަހަޅާފަ އެވެ. އެ އީމެއިލްގައިވާ ގޮތުން، މީހަކު ވަނީ ނިއު ޔޯކުގައި ބޭއްވި "ޑީމަން ހަންޓާ" ބޭންޑުގެ ކޮންސެޓަކީ ކުޑަކުދިންނާ ގުޅޭ ކޭޕޮޕް ޝޯއެއް ކަމަށް ހީކޮށް، އޭނާގެ ކުޑަ ދަރިން ގޮވައިގެން ދިއުމަށް ޓިކެޓަށް 500 ޑޮލަރު ހޭދަކޮށްފަ އެވެ.

މީގެ އިތުރުން، ޓީވީ ޕްރޮޑިއުސަރަކު ވެސް އެ ބޭންޑަކީ "ކޭޕޮޕް ޑީމަން ހަންޓާސް" އާ ގުޅުން އޮތް ބައެއް ކަމަށް ހީކޮށް ބޭންޑުގެ މެނޭޖްމަންޓާ ގުޅާފައިވާ ކަމަށާއި، ސޯޝަލް މީޑިއާގައި ފިލްމާ ބެހޭގޮތުން ވާހަކަދައްކާއިރު އޮޅިގެން ބޭންޑުގެ އެކައުންޓް ޓެގްކުރާ ކަމުގެ މިސާލުތައް ވެސް ދައުވާގައި ފާހަގަކޮށްފައިވެ އެވެ.

ސިއެޓްލްއަށް ނިސްބަތްވާ ފަސް މެންބަރުންގެ މި ބޭންޑަކީ "އަސަރުގަދަ ހެވީ މެޓަލް" މިއުޒިކް ކުޅޭ ބައެއް ކަމަށް އޯލްމިއުޒިކުން ސިފަކުރެ އެވެ. އެ ބޭންޑުގެ 12 ވަނަ އަލްބަމް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރެފައިވާއިރު، ސްޕޮޓިފައިގައި މަހަކު 350،000 މީހުން އެ ބޭންޑުގެ ލަވަތައް އަޑުއަހަ އެވެ.

"ކޭޕޮޕް ޑީމަން ހަންޓާސް" ފިލްމުގެ ކާސްޓުންގެ ލަވަތައް ސްޕޮޓިފައިގައި މަހަކު 27 މިލިއަން މީހުން އަޑުއަހަ އެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި "ހައިޑް ލޭން" އިން ވަރަށް ބުރަ މަސައްކަތުން ބިނާކުރި ބްރޭންޑަށް މިހާރު ވަނީ ނެތިދިއުމުގެ ބިރު ކުރިމަތިވެފައި ކަމަށާއި، އެހެންކަމުން ކޯޓުން މިކަމުގައި ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.

މެޓަލް ބޭންޑުން ކޯޓުގައި އެދިފައިވަނީ، ރެކޯޑްކޮށްފައިވާ މިއުޒިކާއި، ލައިވް ޝޯތަކާއި، އަދި އެކި ބާވަތުގެ މުދާ ވިއްކުމުގައި "ކޭޕޮޕް ޑީމަން ހަންޓާސް" މި ނަން ބޭނުންކުރުން ނެޓްފްލިކްސްއަށް މަނާކޮށްދިނުމަށެވެ. އަދި މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ނެޓްފްލިކްސް އިން ވަނީ "ކޭޕޮޕް ޑީމަން ހަންޓާސް" މި ނަން އެކި ބާވަތުގެ މުދާ ވިއްކުމަށް ޓްރޭޑްމާކެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފަ އެވެ. އަދި އިތުރު ބައެއް ދާއިރާތަކުން އެ ނަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޭޕޮޕް ގާލް ގްރޫޕެއް ކަމަށްވާ "ހަންޓާ/އެކްސް" އަށް ބިނާކޮށް 2025 ވަނަ އަހަރު އެނިމޭޓެޑް ފިލްމެއްގެ ގޮތުގައި ފެށި "ކޭޕޮޕް ޑީމަން ހަންޓާސް" ވަނީ މުޅި ދުނިޔޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ މިއުޒިކާއި މުދާ ބާޒާރަށް ނެރެފައިވާއިރު، 2027 ވަނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި ލައިވް ޓުއާއެއް ބޭއްވުމަށް ވެސް ވަނީ ރޭވިފަ އެވެ.

މިއީ ނެޓްފްލިކްސްގެ ތާރީޚުގައި އެންމެ ގިނަ މީހުން ބެލި އޮރިޖިނަލް އުފެއްދުމެވެ. އަދި މި ފިލްމަށް ވަނީ 2026 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސް އާއި އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އެނިމޭޓެޑް ފިލްމާއި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ (ލަވަ: ގޯލްޑަން) އެވޯޑް ލިބިފަ އެވެ.

"ކޭޕޮޕް ޑީމަން ހަންޓާސް" ގެ ދެވަނަ ބައެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ނެޓްފްލިކްސް އިން ދަނީ މި ފިލްމާ ގުޅުވައިގެން ޓީވީ ސީރީޒެއްގެ އިތުރުން ސްޓޭޖް މިއުޒިކަލްއެއް އުފެއްދުމަށް ވެސް ވިސްނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox