ބޮމުގެ އިންޒާރަކާ ގުޅިގެން އެލާ ލެންގްލީގެ ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލްކޮށްފި

Oct 10, 2026, 7:42 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގެ ޓަލްސާގައި ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓް "ސީރިއަސް ސެކިއުރިޓީ ނުރައްކަލަކާ" ގުޅިގެން ކެންސަލްކޮށްފި އެވެ.

ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ މި ޝޯ ކެންސަލްކުރިކަން އޭނާ އިއުލާންކުރީ ޝޯ ފެށުމުގެ ގާތްގަނޑަކަށް ދެ ގަޑިއިރު ކުރިންނެވެ.

މި ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައި އޮތީ 19،000 މީހުންގެ ޖާގަ އޮންނަ އެރީނާއެއްގަ އެވެ. އުމުރުން 27 އަހަރުގެ ލެންގްލީ ބުނީ، މިއީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ނަމަވެސް، މި ފިޔަވަޅު އެޅީ އޭނާގެ ސަޕޯޓަރުންނާއި، އެ ތަނުގެ މުވައްޒަފުންގެ އިތުރުން އޭނާގެ ޓީމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ޓަލްސާ ޕޮލިސް ޑިޕާޓްމަންޓުގެ ކެޕްޓަން ރިޗަޑް މިއުލެންބާގް ވިދާޅުވީ، އެ ކޮންސެޓުގައި ބަޑިޖަހައި ބޮން ގޮއްވައިގެން ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމަށް ބުނެ މީހަކު ފޯނުން ގުޅައި އިންޒާރު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެއީ ސައްހަ ނުރައްކަލެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލެއް ދީފައި ނުވި ނަމަވެސް، ލެންގްލީ ވަނީ އޭނާގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި ޓިކެޓަށް ފައިސާ އަނބުރާ ދިނުމާ ގުޅޭ މައުލޫމާތު ވީ އެންމެ އަވަހަކަށް ހިއްސާކުރާނެ ކަމަށް އޭނާ ބުންޏެވެ.

ބީ.އޯ.ކޭ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ތަނުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި ކަންކަން ވަރަށް ބޮޑަށް ބެލުމަށްފަހު، ޝޯ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ލެންގްލީގެ މަގުބޫލު ލަވަ "ޗޫސިން ޓެކްސަސް" ވަނީ މަރާޔާ ކެރީގެ މަޝްހޫރު ލަވަ "އޯލް އައި ވޯންޓް ފޯ ކްރިސްމަސް އިޒް ޔޫ" އަށް ވުރެ ކުރި ހޯދައި، އެމެރިކާގެ ޗާޓު ތާރީޚުގައި އެންމެ ގިނަ ދުވަހު އެއްވަނައިގައި އޮތް ސިންގަލް ލަވައިގެ ރެކޯޑު މުގުރާލާފަ އެވެ.

އެލަބާމާ އަށް ނިސްބަތްވާ މި ލަވަކިޔުންތެރިޔާ ހޯދި މި ކާމިޔާބީއާއެކު، މިދިޔަ މޭ މަހު ބޭއްވި އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގައި އޭނާ ވަނީ ގިނަ އެވޯޑްތަކެއް ކާމިޔާބުކޮށްފަ އެވެ.

ފަހުގެ ޚަބަރު

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox