އޮގަސްޓުގައި ނެޓްފްލިކްސްއަށް އަންނަ އެންމެ ފާހަގަކޮށްލެވޭ 8 ސީރީޒް

Jul 28, 2026, 6:30 AM
މައި ބްރިލިއަންޓް ކެރިއަރ؛ މި އުފެއްދުމުގައި ހަރަކާތްތެރިވާ ކްރިސްޓޮފާ ޗަންގް އަދި ފިލިޕާ ނޯތުއީސްޓް.

މައި ބްރިލިއަންޓް ކެރިއަރ؛ މި އުފެއްދުމުގައި ހަރަކާތްތެރިވާ ކްރިސްޓޮފާ ޗަންގް އަދި ފިލިޕާ ނޯތުއީސްޓް.

ނެޓްފްލިކްސް އިން އޯގަސްޓް މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އާ ސީރީޒްތަކާއެކު ބެލުންތެރިންނަށް ފޯރިގަދަ މަހަކަށް ވާނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ކޮމެޑީ ތަރި ރިކީ ޖާވޭސްގެ އާ މަސައްކަތްތަކާއި، ތާރީހީ ޑްރާމާތަކުގެ އިތުރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސީރީޒްތަކުގެ އާ ސީޒަންތައް ފެނިގެންދާނެ އެވެ. 

އޮގަސްޓު 6 ވަނަ ދުވަހު އެންމެ ފުރަތަމަ ފެނިގެންދާނީ "މައި ލައިފް ވިތް ދަ ވޯލްޓާ ބޯއިސް" ގެ ތިންވަނަ ސީޒަނެވެ. މި ސީޒަނުގައި ނިކީ ރޮޑްރިގޭޒް، ނޯއާ ލަލޮންޑް އަދި އަޝްބީ ޖެންޓްރީ ފެނިގެންދާއިރު، ޖެކީ އާއި ކޯލްގެ ލޯބީގެ ގުޅުމަށް ކުރިމަތިވާ އާ ގޮންޖެހުންތަކާއި އާއިލީ މައްސަލަތައް 10 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީޒަނުން ފެންނާނެ އެވެ. މީގެ އިތުރުން އޯގަސްޓް 7 ގައި ރިކީ ޖާވޭސްގެ އާ އެނިމޭޓެޑް ސީރީޒް "އެލީ ކެޓްސް" ރިލީޒްކުރާނެ އެވެ. މިއީ މަގުމަތީގައި އުޅޭ ބުޅާތަކެއްގެ ނަޒަރިއްޔާތުން އެކަނިވެރިކަމާއި އެކުވެރިކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ތަފާތު ކޮމެޑީއެކެވެ.

އޯގަސްޓް 20 ވަނަ ދުވަހަކީ ނެޓްފްލިކްސްއަށް ވަރަށް މުހިންމު ދުވަހެކެވެ. އެ ދުވަހު  ބޮޑު ތިން ސީރީޒެއް ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކޮމިކް ފޮތަކަށް ބިނާކޮށް އުފައްދާފައިވާ "ރިވައިވަަލް" ހިމެނެ އެވެ. މިއީ މަރުވެފައިވާ މީހުން އަލުން ދިރިގެން އަންނަ ގޮތުގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެކެވެ.

ހަމަ އެ ދުވަހު "ބްލަޑް ސެކްރިފައިޒް" ކިޔާ ތުރިލާ ސީރީޒެއް ވެސް ފެށޭނެ އެވެ. މިއީ ސްޓޮކްހޯމްގައި ހިނގާ މަރުގެ ހާދިސާތަކެއް ތަހުގީގުކުރާ ގޮތް ދައްކުވައިދޭ ސީރީޒެކެވެ. އަދި ގިނަ ބަޔަކު އިންތިޒާރުކުރާ "އައުޓާ ބޭންކްސް" ގެ ފަސްވަނަ އަދި އެންމެ ފަހު ސީޒަން ވެސް އެ ދުވަހު ރިލީޒްކުރާނެ އެވެ. މި ސީޒަނުގައި ޕޯގްސްގެ ފަހު ދަތުރާއި އެމީހުންނަށް ކުރިމަތިވާ ނުރައްކާތައް ފެނިގެންދާނެއެވެ.

މަހުގެ ފަހުކޮޅަށް ބަލާއިރު، އޯގަސްޓް 25 ގައި "މައި ބްރިލިއަންޓް ކެރިއަރ" ރިލީޒްކުރާނެއެވެ. މިއީ 19 ވަނަ ގަރުނުގެ އޮސްޓްރޭލިއާގެ ދިރިއުޅުން ދައްކުވައިދޭ ތާރީހީ ޑްރާމާއެކެވެ. އަދި އޯގަސްޓް 27 ގައި ކާމިޔާބު ސިޓްކޮމް "ލިއާން" ގެ ދެވަނަ ސީޒަން ފެށޭނެ އެވެ. މި ސީޒަނުގައި ލިއާން މޯގަންއާއެކު އާ ތަރިންތަކެއް ވެސް ފެނިގެންދާނެއެވެ.

އެންމެ ފަހުން އޯގަސްޓް 31 ގައި ކޮލެޖް ކުދިންގެ ދިރިއުޅުމާއި ލޯބީގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށްފައިވާ "ދަ ސެކްސް ލައިވްސް އޮފް ކޮލެޖް ގާލްސް" ގެ ތިން ސީޒަން އެއްކޮށް ނެޓްފްލިކްސްއަށް އަންނާނެ އެވެ. މި ހުރިހާ އުފެއްދުންތަކާއެކު، 2026 ވަނަ އަހަރުގެ އޯގަސްޓް މަހަކީ ނެޓްފްލިކްސް ބަލާ މީހުންނަށް ވަރަށް ފުރިހަމަ މަހަކަށް ވާނެކަން ކަށަވަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox