"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

Oct 11, 2026, 7:14 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

މަގުބޫލުކަން ހޯދާފައިވާ "އެވެޓާ: ދަ ލާސްޓް އެއާބެންޑާ" ފްރެންޗައިޒްގެ ދުނިޔެ އިތުރަށް ފުޅާވެ، އާ ސީރީޒެއް އުފައްދަން ނިންމައިފި އެވެ.

މި ސީރީޒްގައި ފެނިގެންދާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ލިބިފައިވާ، ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކަ އެވެ.

މި ފްރެންޗައިޒް އުފެއްދި މައިކަލް ޑާންޓޭ ޑިމާޓީނޯ އާއި ބްރަޔަން ކޮނިއެޓްޒްކޯ، "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ގެ ނަމުން ނަންދީފައިވާ މި އެނިމޭޓެޑް ސީރީޒް އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު ނިއުޔޯކް ކޮމިކް ކޮންގަ އެވެ. މި ހަފުލާގެ ބައިވެރިންނަށް ކުރުކް އާއި އޭނާގެ ގެންގުޅޭ ޖަނަވާރު "ނިކިކް" ފުރަތަމަ ފަހަރަށް ވަނީ ދައްކާލާފަ އެވެ.

ޕެރަމައުންޓް ޕްލަސް މެދުވެރިކޮށް ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒް ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އެވެޓާ: ދަ ލާސްޓް އެއާބެންޑާ" ފްރެންޗައިޒްގައި ދައްކުވައިދެނީ ގުދުރަތީ ހަތަރު ބާރަކަށް ބެހިފައިވާ ދުނިޔެއެކެވެ. މި ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ފެނާއި، އަލިފާނާއި، ބިމާއި، ވައިގެ ބާރު އެކަނި ކޮންޓްރޯލް ކުރެވެނީ އެވެޓާއަށެވެ.

މި ފްރެންޗައިޒްގެ އަސްލު ސީރީޒަށް ފަހު، "ދަ ލެޖެންޑް އޮފް ކޯރާ" އަދި "އެވެޓާ: ސެވަން ހޭވަންސް" ގެ ނަމުގައި އިތުރު ދެ ސީރީޒެއް ވަނީ އުފައްދާފަ އެވެ.

ސްކައިޑޭންސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި "ސެވަން ހޭވަންސް" ގެ އިތުރު ދެ ސީޒަނެއް އުފެއްދުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ޑިމާޓީނޯ އާއި ކޮނިއެޓްޒްކޯ ކުރިން ވަނީ ނެޓްފްލިކްސްއާ ގުޅިގެން "އެވެޓާ" ގެ ލައިވް-އެކްޝަން ސީރީޒެއް އުފެއްދުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އުފެއްދުންތެރިކަމުގެ ވިސްނުން ތަފާތުވުމުގެ ސަބަބުން 2020 ވަނަ އަހަރު އެ ދެމީހުން ވަނީ އެ މަޝްރޫއުން ވަކިވެފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު، އެ ދެމީހުން ވަނީ ނިކަލޯޑިއަންއާ ގުޅިގެން "އެވެޓާ ސްޓޫޑިއޯސް" އުފައްދައި، އާ ފިލްމުތަކާއި ޓީވީ ސީރީޒްތަކުގެ ޒަރީއާއިން މި ފްރެންޗައިޒް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox