ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

Oct 11, 2026, 1:02 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރަށް ބިނާކޮށް އާ ލިމިޓެޑް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޓްފްލިކްސް އާއި ޝޮންޑަލޭންޑުން މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނުކޮށްފި އެވެ.

އެ ދެ ކުންފުނިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބްރިޖަޓަން އާއިލާގެ އެންމެ އިސް މެންބަރު ކަމަށްވާ ވައިލެޓް ބްރިޖަޓަންގެ ވާހަކައަށް ސަމާލުކަން ދޭންޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދީފައިވާ ބްރިޖަޓަންގެ ހަތަރު ސީޒަނުގައި ވެސް ވައިލެޓްގެ ރޯލު ކުޅެފައިވަނީ އިނގިރޭސި ބަތަލާ ރޫތު ގެމެލް އެވެ.

ޒުވާން ދުވަސްވަރުގެ ވައިލެޓް އާއި ވިސްކައުންޓް އެޑްމަންޑް ބްރިޖަޓަންގެ ލޯބީގެ ވާހަކަތައް ކިޔައިދޭ އާ ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އަދި ވަކި ނަމެއް ދީފައިނުވާ މި ލިމިޓެޑް ސީރީޒްއަކީ "ބްރިޖަޓަން" ޔުނިވާސްގެ ތެރެއިން އުފައްދާ އެންމެ ފަހުގެ ސްޕިން-އޮފް ސީރީޒް އެވެ.

މި އާ ސީރީޒްގެ ލިޔުންތެރިން އަދި އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތް ކުރާނީ ޝޮންޑާ ރައިމްސް އާއި ނިކޮލަސް ނާޑިނީ އެވެ. ނާޑިނީ އަކީ މީގެ ކުރިން ގެނެސްދިން ބްރިޖަޓަންގެ ސްޕިން-އޮފް ސީރީޒް "ކުއީން ޝާލޮޓް" ގެ ވެސް ޕްރޮޑިއުސަރެކެވެ.

އިނގިރޭސިވިލާތުގެ ރީޖެންސީ ޒަމާނުގެ ލޯބީގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފްރެންޗައިޒް އަކީ ޖޫލިއާ ކުއިން ލިޔެފައިވާ "ބްރިޖަޓަން" ފޮތްތަކުގެ މައްޗަށް އުފައްދާފައިވާ ސީރީޒްތަކެކެވެ. މީގެ ކޮންމެ ބަޔަކުން ވެސް ފެނިގެންދަނީ ބްރިޖަޓަން އާއިލާގެ އެކި ކުދިންގެ ލޯބީގެ ވާހަކަތަކެވެ.

ބްރިޖަޓަންގެ ފަސްވަނަ ސީޒަނުގެ މަސައްކަތް މިހާރު ލަންޑަނުގައި ކުރިއަށްދާއިރު، މި ސީޒަނުގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ ހެނާ ޑޮޑް ކުޅޭ ފްރެންޗެސްކާ ބްރިޖަޓަން އާއި މަސާލީ ބަޑޫޒާ ކުޅޭ މިކޭލާ ސްޓާލިންގެ ވާހަކަތަކެވެ.

"ބްރިޖަޓަން" 2020 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދައްކަން ފެށުމާއެކު މުޅި ދުނިޔޭގައި ބޮޑު މަގުބޫލުކަމެއް ހޯދިއިރު، އެ ސީރީޒްގައި އެކި ނަސްލުތަކުގެ ތަރިން ހިމަނާފައިވާތީ ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox