މޭގަން އެނބުރި އެކްޓިންގެ ދާއިރާއަށް

Aug 22, 2026, 12:03 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ އަމީރު ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އަލުން އެކްޓިންގެ ދާއިރާއަށް އެނބުރި ވަޑައިގަންނަވަނީ ނެޓްފްލިކްސްގެ ސީރީޒް "ދަ ޖެންޓްލްމެން" އިން ކަމަށް މީޑިއާ ރިޕޯޓުތަކުން މިދިޔަ ހުކުރު ދުވަހު ބުނެފި އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި، މަޝްހޫރު ޑައިރެކްޓަރު ގައި ރިޗީ އުފައްދާފައިވާ މި ސީރީޒްގެ ތިންވަނަ ސީޒަނުން ފުރުސަތު ހޯއްދެވުމަށް ޑަޗެސް އޮފް ސަސެކްސް މޭގަން ގެންދަވަނީ ފަހު މަރުހަލާގެ މަޝްވަރާތައް ކުރައްވަމުންނެވެ.

ނަމަވެސް، ހޮލީވުޑްގެ "ޑެޑްލައިން" މަޖައްލާއިން ބުނެފައިވަނީ، މި ސީރީޒްގެ ތިންވަނަ ސީޒަނެއް އުފައްދާނެކަން އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވާތީ، މޭގަންއާ އެކު ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި އުންމީދީ ވާހަކަތަކެއް ކަމަށެވެ.

Advertisement

"ދަ ޖެންޓްލްމެން" ގެ ދެވަނަ ސީޒަން އަންނަ މަހު ރިލީޒް ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މީގެ އިތުރުން ޑެޑްލައިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2011 އިން 2018 އަށް އެމެރިކާގެ މަޝްހޫރު ޑްރާމާ ސީރީޒް "ސޫޓްސް" އިން ފެނިގެންދިޔަ މޭގަންއަށް މި ސީރީޒްއިން އަދި ވަކި ހާއްސަ ރޯލެއް ކަނޑައަޅާފައެއް ނުވެ އެވެ.

މިކަމާ ގުޅޭގޮތުން ރޮއިޓާސް އިން ސުވާލު ކުރުމުން، ނެޓްފްލިކްސް އާއި ހެރީ އަދި މޭގަންގެ ތަރުޖަމާނު ވެސް ވަނީ އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފަ އެވެ.

މި ހަބަރުތައް ފެންމަތިވެފައި މިވަނީ، 2020 ވަނަ އަހަރު ޝާހީ އާއިލާގެ ރަސްމީ ޒިންމާތަކުން ވަކިވެވަޑައިގެންނެވި ހެރީ، މިހާރު ދިރިއުޅުއްވާ ކެލިފޯނިއާ ދޫކުރައްވައި، އަނބިކަނބަލުން މޭގަން އާއި ދެ ދަރިކަލުންނާއެކު އަލުން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރައްވަން ނިންމެވިކަން ކުއްލި ގޮތަކަށް އިއުލާނުކުރެއްވި ދަނޑިވަޅެއްގަ އެވެ.

ތިއޯ ޖޭމްސް މުހިންމު ރޯލަކުން ފެނިގެންދާ "ދަ ޖެންޓްލްމެން" ސީރީޒް ބިނާވެފައިވަނީ، އާއިލީ ބޮޑު މުއްސަނދިކަމެއް ކުއްލި ގޮތަކަށް ވާރުތަވާ މީހެއްގެ މައްޗަށެވެ. ނަމަވެސް އެކަން ގުޅިފައި ވަނީ އިނގިރޭސިވިލާތުގެ ކުށްވެރިންގެ ނެޓްވޯކަކުން ހިންގާ ބޮޑު ކެނަބިސް ވިޔަފާރިއެއްގެ މަރުކަޒުކަން އޭނާއަށް ފަހުން އެނގިގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox