މޮރީނިއޯގެ ވިސްނުމުގައި ބެލޮންޑިއޯ ލިބެންޖެހޭނީ އެމްބާޕޭ އަށް

Aug 30, 2026, 2:10 PM
ރެއާލްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޮރީނިއޯ ވާހަކަ ދައްކަނީ.

ރެއާލްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޮރީނިއޯ ވާހަކަ ދައްކަނީ.

މެޑްރިޑް (އޮގަސްޓް 30) - ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މި ފަހަރު ލިބެން ޖެހޭނީ ފްރާންސާއި ރެއާލް މެޑްރިޑްގެ ތަރި، ކީލިއަން އެމްބާޕޭ އަށް ކަމަށް ރެއާލްގެ ކޯޗު، ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ބުނެފި އެވެ. 

ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވެހުރި މޮރީނިއޯ ބުނީ، މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ދޭން ޖެހޭނީ ހަގީގަތުގައި އެންމެ މޮޅަށް ކުޅުނު ކުޅުންތެރިޔާ އަށް ކަމަށެެވެ. އަދި، އޭނާގެ ނަޒަރުގައި މި ފަަހަރުގެ ބެލޮންޑިއޯ ދިނުމުގައި ބުރަވާން ޖެހެނީ ފީފާ ވޯލްޑް ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިއަކަށް ދިނުމުގެ ބަދަލުގައި ހަގީގަތުގައި އެ މަގާމު އެންމެ ހައްގުވާ ކުޅުންތެރިޔާ އަށް ދިނުމަށް ކަަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. 

މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އެމްބާޕޭ އެވެ. އެކަމަކު، ބޮޑު މުބާރާތެއްގެ ތަށި އެމްބާޕޭ ހުރި ޓީމަކަށް މިދިޔަ ސީޒަނާއި ވޯލްޑް ކަޕްގައި ލިބިފައިނުވެ އެވެ. 

Advertisement

"ކުޅުންތެރިއަކަށް ބެލޮންޑިއޯ ދިނުމުގައި ހަމައެކަނި ނުބެލޭނެ، އޭނަ ޗެމްޕިއަންސް ލީގު ނޫނީ ފީފާ ވޯލްޑް ކަޕް ހޯދިތޯ، ހަމައެކަނި އެ ކަމަށް. ބެލޮންޑިއޯ ދޭ ކުޅުންތެރިއަކު ވާން ޖެހޭނެ އެ ކުޅުންތެރިއަަކު ރިޓަޔާކުރީމަ، އަހަރެމެން އެންމެން އެ ކުޅުންތެރިއަކު މަތިން ހަނދާން ހުންނަ. މަރަޑޯނާ، ރޮނާލްޑީނިއޯ، ރޮނާލްޑޯ ނަޒާރިއޯ، ކްރިސްޓިއާނޯ ރޮނާލްޑޯ، މެސީ، ޒިދާން،" މޮރީނިއޯ ބުންޏެވެ. 

"ޗެމްޕިއަންސް ލީގަށް ދެންޏާ ލުއިސް އެންރީކޭ އަށް ދީ. ސްޕެއިން ގައުމީ ޓިމަށް ދެންޏާ، ލުއިސް ޑެ ލަ ފުއެންޓޭ އަށް ދީ. އެންމެ މޮޅު ކުޅުންތެރިއަކީ ސްޕެއިން ނޫނީ ޕީއެސްޖީ އަކަށް ވާކަށެއް ނުޖެހޭ،" 

މޮރީނިއޯ ބުނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިނެއް ނޫނީ ހަތަރު ވަރަކަށް ކުޅުންތެރިން އެބަތިބި ކަަމަށެވެ. 

"އެންމެ މޮޅު ކުޅުންތެރިންނަށް، ދޭއް، ތިނެއް ނޫނީ ހަތަރެއް ވަރު މި ތިބީ. އަހަންނަށް ވިސްނޭ ގޮތުގައި، (ބެލޮންޑިއޯ ލިބެންޖެހޭނީ) މި ފަަހަރު ތާރީހުގައި ލިޔެވޭ ކަންކަން ހާސިލްކުރި ކުޅުންތެރިޔާ،" އެމްބާޕޭ އަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ. 

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ. މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ރޮޑްރީ އެވެ. މި ފަހަރުގެ ބެލޮންޑިއޯ ހަފްލާ އޮތީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.

އެންމެ ފަހުން، ބެލޮންޑިއޯ އެވޯޑް ހޯދީ ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ އެވެ. މި ފަހަރުގެ ބެލޮންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، އެމްބާޕޭގެ އިތުރުން، ހެރީ ކޭން، ރޮޑްރީ، ޑެމްބެލޭ އަދި ކްވިޗާ ކްވަރަޝްކޭލިއާ އެވެ. 

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާ އޮތީ އޮކްޓޫބަރު 26 ވަނަ ދުވަހު ލަންޑަންގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox