ސްޕޯޓްސް ބެޓިން އިސްތިހާރު ނުކުރަން އެމްބާޕޭ ނިންމީ އޭގެ އަވައިގައި ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެފައި ހުރީމަ

Jul 3, 2026, 10:54 PM
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ: ސްޕޯޓްސް ބެޓިން އިސްތިހާރުކުރުމާ ދެކޮޅު ވިސްނުމެއް ގެންގުޅޭ ކަަމަށް ވަނީ ބުނެފައި.

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ: ސްޕޯޓްސް ބެޓިން އިސްތިހާރުކުރުމާ ދެކޮޅު ވިސްނުމެއް ގެންގުޅޭ ކަަމަށް ވަނީ ބުނެފައި.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 3) - ސްޕޯޓްސް ބެޓިން އިސްތިހާރުތަކުގައި ބައިވެރިނުވާން ނިންމި އެންމެ ބޮޑު ސަބަބަކީ، އޭގެ އަވަައިގައި ޖެހި ގިނަ ބަޔެއްގެ ދިރިއުޅުން ހަލާކުވެފައި ހުރިކަން ފެނިފައިވާތީ ކަމަށް ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ބުނެފި އެވެ. 

އެމްބާޕޭ، 27، އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ އަންނަނީ ގިނަ ސްޕޮންސަޝިޕް ޑީލްތަކުގެ ތެރެއިން، ފްރާންސާއި ސްޕެއިން އަދި އެމެރިކާގައި ގިނަ ވިޔަފާރިތަކުގެ އިސްތިހާރުތަކުގައި ބައިވެރިވަމުންނެވެ. އެކަަަމަކު، އޭނާ އެއްވެސް ވަރަަކަށް ބައިވެރިނުވާނެ އިސްތިހާރުކުރުމެއްގެ ވާހަކަ އޭނާ ވަނީ އިންޓަވިއުއެއްގައި ހިއްސާކޮށްފަ އެވެ. 

'ސްޕޯޓްސް ބެޓިން އަކީ ފަނާކުރަނިވި ކަމެއް. އެކަމާ ހެދި އަަހަރެން ދަންނަ އެތައް ބަޔެއްގެ ދިރިއުޅުން ވަނީ ހަލާކުވެފައި. އެއީ، އަހަރެން ސްޕޯޓްސް ބެޓިން އިސްތިހާރުތަކުން ނުފެންނަން ނިންމި މައިގަނޑު ސަަބަބަކީ،" އެމްބާޕޭ ބުންޏެވެ. 

"އަަހަރެމެންނަކީ ދިރިއުޅުމުގައި މިހާރު މި ހިސާބުގައި އާދެވިފައި ހުއްޓަސް، ވަރަށް އާދައިގެ ގޮތަކަށް ފެށި ބައެއް. އަހަރެމެންގެ ތެރެއިން ގުނައި އަދަދު ނުކުރެވޭ ގިނަ ބަޔަކަށް މި ކަމުން (ސްޕޯޓްސް ބެޓިން) އިން އިންތިހާ އަށް ގެއްލުންވެފައި އެބަހުރި،" 

އެމްބާޕޭ ބުނީ،. މިހާރު ފްރާންސް ގައުމީ ޓީމުގައި އޮތް ސްކޮޑުގައި ތިބީ ދިރިއުޅުމުގައި އެކިއެކި ކަންތައްތައް ތަޖުރިބާ ކޮށްފައިވާ އެކި ސަގާފަތްތަކާއި ވައްޓަފާޅިތަކުގެ ތެރެއިން އައިސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް ވެފައި ތިބި ބައެއް ކަމަށެވެ. އަދި، ފްރާންސްގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އެކި ދަރިފަސްކޮޅުތަކަށް ނިސްބަތްވާ މީހުން ވެސް ފްރާންސަށް ސަޕޯޓްކުރާ މައިގަނޑު ސަބަބަކީ އެއީ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެެވެ. 

ފްރާންސަކީ، މި ފަަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ބަލާ ޓީމެވެ. އެ ގޮތުން، ފްރާންސް އިން ދެން ކުޅޭނީ މުބާރާތުގެ ގަދަ 16 ބުރުގަ އެވެ. އެ ބުރުގައި ފްރާންސާ ކުޅެން ޖެހޭ ޓީމަކީ ޕެރަގުއޭ އެވެ. ޕެރަގުއޭ އިން ވަނީ ނޮކައުޓް ފުރަތަމަ ބުރު، ގަދަ 32 ޓީމު ކުޅުނު ބުުރުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox