އެމްބާޕޭ މާފަށް ނޭދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: ޕެރަގުއޭ މަޖިލިސް މެމްބަރު

Jul 8, 2026, 7:30 AM
ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ: އޭނާ އާއި ޕެރަގުއޭގެ މަޖިލިސް މެމްބަރު، ސެލެސްޓޭ އަމަރީއާއާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި.

ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ: އޭނާ އާއި ޕެރަގުއޭގެ މަޖިލިސް މެމްބަރު، ސެލެސްޓޭ އަމަރީއާއާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި.

އަސުންސިއޯން، ޕެރަގުއޭ (ޖުލައި 8) - އޭނާއާ ބެހޭގޮތުން، ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ދެއްކި ވާހަކަތަކަށް މާފަށް ނޭދޭނަމަ، އޭނާއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕެރަގުއޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، ސެލެސްޓޭ އަމަރީއާ ދީފި އެވެ. 

ވޯލްޑް ކަޕްގެ ގަދަ 16 ގައި ފްރާންސުން 1-0 އިން ޕެރަގުއޭ ބަލިކުރި މެޗަށް ފަހު އެ ގައުމުގެ  މަޖިލިސް މެންބަރު، އަމަރީއާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށް، އެމްބާޕޭއާ ނަސްލީ ގޮތުން ދިމާކޮށްލައިފަަ އެވެ. 

އެމްބާޕޭ އާއި އަމަރީއާގެ ދެމެދުގައި މައްސަލަ އެންމެ ފުރަތަމަ ދިމާވީ ޕެރަަގުއޭގެ ރެޑިކަލް ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ އަމަރީއާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

އެ ގޮތުން، އޭނާ ވަނީ އެމްބާޕޭ އަކީ ފްރާންސް މީހަކަށް ވާން މަސައްކަތް ކުރާ "ކެމަރޫންގެ އަޅެއްގެ" ގޮތުގައި ސިފަކޮށްފަ އެވެ. އަދި، ޕެރަގުއޭގެ ކުޅުންތެރިން އެ މެޗަށް ފަހު، އެމްބާޕޭގެ މޫނުމަތީގައި ޖަހަން ޖެހޭ ކަމަށް ވެސް އަމަރީއާ ފުރަތަމަ ލިޔެފައި ފަހުން ޑިލީޓްކުރި ޕޯސްޓްގައިވެ އެވެ. އަމަރީއާ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ، ޕެރަގުއޭ އަތުން ފްރާންސް މޮޅުވި ޕެނަލްޓީ ޖަހާފައި އެމްބާޕޭ އުފާފާޅުކުރި ގޮތުންނެވެ.

އަމަރީއާ ބުނީ، އުފާފާޅުކުރިއިރު، އެމްބާޕޭ އުޅުނީ ވަލު ޖަނަވާރެއްގެ ގޮތަށް ކަމަށެވެ.

މި ހުރިހާ ކަމަކާ ގުޅޭގޮތުން، އެމްބާޕޭ ބުނީ އަމަރީއާ އަކީ އޭނާގެ ނަން ފާހަގަކުރަން ވެސް ލަދުވެތިވާ ލެވަލްގެ ދަށު ދަރަޖައިގެ މީހެއް ކަމަށެވެ. އަދި، އަމަރީއާ އަކީ އެއްވެސް ވަރަކަށް އޭނާ ހުރި މަގާމަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށާއި ފެނުނު ހަގީގަތަކީ، މަގާމާ ނުގުޅޭ އަންހެނެއް ކުރި ކަމެއްގެ ސަބަބުން، މި ފަހަރުގެ ވޯލްޑް ކަޕްގައި ޕެރަގުއޭ އިން ކުރި ރަނގަޅު ކަންތައްތަކަށް ވެސް ހިޔަނި އެޅިގެންދިޔަ ކަން ކަމަށެެވެ. 

ޕެރަގުއޭގެ ސެނެޓަރު، ސެލެސްޓޭ އަމަރީއާ: އޭނާ ވަނީ އެމްބާޕޭ މާފަށް އެދެން ޖެހޭ ކަމަށް ބުނެފައި.
ޕެރަގުއޭގެ ސެނެޓަރު، ސެލެސްޓޭ އަމަރީއާ: އޭނާ ވަނީ އެމްބާޕޭ މާފަށް އެދެން ޖެހޭ ކަމަށް ބުނެފައި.

މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޕްރޮސެކިއުޓާ އޮފީހަށް ހުށަހަޅާފަ އެވެ. އަދި ޕެރަގުއޭގެ ފޮރިން މިނިސްޓްރީން ވަނީ އެ އަމަރީޔާ ވާހަކަތަކާ އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދާކަން ހާމަކޮށްފަ އެވެ.

ފްރާންސްގް ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެފް)  އާއި ފްރާންސް ސަރުކާރުން ވެސް ވަނީ އެމްބާޕޭ އަށް ތާއީދުކޮށް ބަޔާނެއް ނެރެފަ އެވެ. މީގެ އިތުރުން، ޕެރަގުއޭގެ ސަރުކާރުން އިސްވެ، އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އަމަރީއާގެ ވާހަކަތައް ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ. 

މި ހުރިހާ ކަމަކަށް ފަހު، އަމަރީއާ، އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާ އެންމެ ފުރަތަމަ ނެރުނު ބަޔާނާ މެދު ކަންބޮޑުވާ ކަމަށާއި ހެދުނީ ގޯހެއްކަން އެނގުނު ހިސާބުން އެ ޕޯސްޓް ޑިލީޓްކޮށްލައި މާފަށް އެދިފައިވާނެ ކަމަށެވެ. އަދި، މިހާރު އޭނާ ވެސް އެދެނީ އެމްބާޕޭގެ ފަރާތުން އޭނާ ކިޔާފައިވާ އެއްޗެއްސަށް މާފަށް އެދުމަށް ކަމަށް ވެސް އަމަރީއާ ވަނީ ފާހަގަކޮށްފަ އެވެ. 

"އަހަރެން ގޮވާލަން އެމްބާޕޭ ވެސް އޭނާ ދެއްކި ވާހަކަތަކަށް މާފަށް އެދެން. ތި ދެއްކި ވާހަކަ އަހަންނަކަށް ވެސް ބަލައެއް ނުގަނެވޭނެ. އަހަންނަކީ ކާކުކަން ތި ނޭނގެނީ. އަހަންނަކީ މި މަގާމަށް ކުފޫހަމަނުވާ މީހެއް ކަމަށް ބުނެވޭނެ އެއްވެސް ހައްގެއް އެމްބާޕޭ އަށް ނޯންނާނެ،" އަމަރީއާ ބުންޏެވެ. 

"މިއީ އަންހެނެއްގެ ކަރާމާތަށް އަރައިގަތުން، މިއީ ދައުވާކުރެވޭނެ ކުށެއް. މިއި ސިޔާސީ ގޮތުން ބެލިޔަސް އަންހެނެއްގެ ކަރާމާތަށް އަރައިގަނެ، އަދި ބަޔެއްގެ ވޯޓުން ހޮވާފައިވާ މެމްބަރެއްގެ އަނބުރަށް އުނިކަމެއް އަންނާނެ ވާހަކަތަކެއް،" 

ފްރާންސްގެ ރައްޔިތެއްގެ ގޮތުގައި، ކުރެވުނު ކުށަށް މާފަށް އެދި ކަންކަން ހައްލުކުރަން އަމަރީއާ އަށް އެމްބާޕޭ ވަނީ ގޮވާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox