ވާނުވާއެއް ނޭނގި ބީއެމްއެލްގެ އެކައުންޓުތަކުން ބޮޑެތި އަދަދުތަކުން ފައިސާ ކެނޑެމުންދާކަމުގެ ޝަކުވާ ބޮޑުވެއްޖެ

މާލޭގައި ހުންނަ ބީއެމްއެލްގެ އޮފީހެއް: އެ ބޭންކުގެ އެކައުންޓުތަކުން ފައިސާ ކެނޑޭ މައްސަލައިގައި ބީއެމްއެލްއިން އަދި މިހައިތަނަށް ރަސްމީގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ -- ފޮޓޯ: އަދަދު

މާލޭގައި ހުންނަ ބީއެމްއެލްގެ އޮފީހެއް: އެ ބޭންކުގެ އެކައުންޓުތަކުން ފައިސާ ކެނޑޭ މައްސަލައިގައި ބީއެމްއެލްއިން އަދި މިހައިތަނަށް ރަސްމީގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ -- ފޮޓޯ: އަދަދު

ވާނުވާއެއް ނޭނގި އެތައް ބައެއްގެ ބީއެމްއެލް އެކައުންޓުތަކުން ބޮޑެތި އަދަދުތަކުން ފައިސާ ކެނޑެމުންދާކަމުގެ ކަންބޮޑުވުން އިތުރުވާން ފަށައިފި އެވެ.

ވާނުވާ ނޭނގި އެކައުންޓުތަކުން ފައިސާ ކެނޑިފައިވާ ކަމަށް ބުނާ އެތައް ބަޔަކު ވަނީ އެ މީހުންގެ ބޭންކު އަކައުންޓުގެ މިނީ ސްޓޭޓްމެންޓުގެ ސްކްރީންޝޮޓުތަކާއެކު ސޯޝަލްމީޑިއާ ފުރާލައިފަ އެވެ. އޭގެ އިތުރުން، ވަރަށް ގިނަ އަދަދެއްގެ ބީއެމްއެލް ކަސްޓަމަރުން ވަނީ އެ މީހުންގެ އެކައުންޓުތަކުން ފައިސާ ކެނޑެމުންދާކަން އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

މި ނޫހާ ބައެއް މީހުން ހިއްސާކުރި މައުލޫމާތުގައި ވާގޮތުން، އެކި މީހުންގެ އެކައުންޓުތަކުން މިއަދު ހެނދުނުން ފެށިގެން ދަނީ ފައިސާ ކެނޑެމުންނެވެ. އެ ފައިސާ ކެނޑެމުން ދަނީ އިންޓަނޭޝަނަލް އޭޓީއެމްތަކުންނެވެ.

Advertisement

އެގޮތުން، ބައެއް މީހުންގެ އެކައުންޓުތަކުން ވަނީ އެކި ފަހަރުމަތިން 25ރ. އާއި 100،000ރ. އާ ހަމައަށް ފައިސާ ކެނޑިފަ އެވެ. 

އެކަމާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް، ބީއެމްއެލްގެ ތަރުޖަމާނު، މުހައްމަދު ސައީދުއަށް މި ނޫހުން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

އެކައުންޓުތަކުން ފައިސާ ކެނޑޭ މައްސަލައިގައި ބީއެމްއެލްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އެ ބޭންކުގެ ކަސްޓަމަރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބީއެމްއެލްއަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާއިރު، މިހައިތަނަށް އެ ބޭންކުން އެކަމާ ބެހޭގޮތުން ރަސްމީގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، މިފަދަ ކަންކަމާ ގުޅިގެން ޝަކުވާ ބޮޑުވެއްޖެ ނަމަ، މީގެ ކުރިން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާންމުކޮށް އެ ބޭންކުން ރަސްމީ ބަޔާންތައް ނެރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox