ދެ ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބުނު އާމްދަނީ ދަށް، އެކަމަކު ފައިދާ ދިޔައީ މައްޗަށް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ: ބީއެމްއެލްއަށް މި އަހަރުގެ ފުރަތަމަ ހަ މަހުގައި ވަނީ 1.2 ބިލިއަން ރުފިޔާ ފައިދާ ވެފައި  --- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ: ބީއެމްއެލްއަށް މި އަހަރުގެ ފުރަތަމަ ހަ މަހުގައި ވަނީ 1.2 ބިލިއަން ރުފިޔާ ފައިދާ ވެފައި --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ވަރުގެ އާމްދަނީއެއް ދެވަނަ ކުއާޓަރުގައި ނުލިބުނު ނަމަވެސް، އެ ކުއާޓަރުގައި ލިބުނު ފައިދާ މައްޗަށް ޖައްސާލާފައިވާ ކަމަށް އެ ބޭންކުގެ ކުއާޓަލީ ރިޕޯޓުން ދައްކައިފި އެވެ. 

ބީއެމްއެލްގެ ސެކަންޑް ކުއާޓާ ރިޕޯޓް، އެއީ މި އަހަރުގެ އޭޕްރިލްގައި ޖޫންއަަށް ނިމުނު ކުއާޓަރުގައި، އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކަށް ލިބުނު ވަރަށް ވުރެ 89 މިލިއަން ރުފިޔާ މަދު އަދަދެކެވެ. 

ކުއާޓަރުންކުއާޓަރަށް ބަލާއިރު ބީއެމްއެލްގެ އާމްދަނީ ދަށްވީ، އިންޓްރެސްޓާރި އިންޓްރެސްޓު ފަދަ އެހެނިހެން އާމްދަނީ 882.4 މިލިއަން ރުފިޔާއިން 955.3 މިލިއަން ރުފިޔާއަށް އިތުރުވީއިރު، ފީތަކާއި ކޮމިޝަންތަކުން ލިބޭ އާމްދަނީ 662.7 މިލިއަން ރުފިޔާއިން 532.5 މިލިއަން ރުފިޔާއަށް މަދުވުމުންނެވެ. 

ބީއެމްއެލްއަށް ނިމުނު ކުއާޓަރުގައި ސާފު ފައިދާ މަތިކުރެވުނީ، ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ހިންގުމުގެ ފައިދާ އިތުރުކުރުމުންނެވެ. އެ ބޭންކަށް ދެ ވަނަ ކުއާޓަރުގައި 646.4 މިލިއަން ރުފިޔާ ސާފު ފައިދާވި އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާއި މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ. 

ޖުމްލަކޮށް ބަލާއިރު، ބީއެމްއެލްގެ ރިޕޯޓުން އަންގައިދެނީ ބީއެމްއެލްގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ. އެ ބޭންކަށް ރަނގަޅު އާމްދަނީއަކާއި ސާފު ފައިދާއެއް ލިބެމުންދާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓުތަކާއި ލޯނު ދޫކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ.

ނިމުނު ކުއާޓަރުގައި ބީއެމްއެލްގެ ބެލެންސް ޝީޓުން އެންމެ ބޮޑު ބަދަލެއް އައި އެއް ދާއިރާއަކީ ބޭންކުގެ ބޮރޮއިން ނުވަތަ ދަރަނީގެ ގޮތުގައި ނެގި ފައިސާ އެވެ. ބީއެމްއެލްއިން ދަރަންޏަށް ނަގާފައިވާ ފައިސާ ވަނީ ފުރަތަމަ ކުއާޓަރު ނިމުނުއިރު ހުރި، 854.8 މިލިއަން ރުފިޔާއިން ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފަ އެވެ. 

އޭގެ އިތުރުން، ބީއެމްއެލްއިން ނިމުނު ކުއާޓަރުގެ ތެރޭގައި އިންވެސްޓުމަންޓު ހަރަކާތްތަކަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުން ފާހަގަވެ އެވެ.  އެ ގޮތުން  އިންވެސްޓުކުރުމުގެ ހަރަކާތްތަކަށް 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބެލެވޭ ގޮތުގައި މި އިންވެސްޓިން ފައިސާއަކީ ބޭންކުގެ ސަބްސިޑަރީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިިން ކުންފުނިން އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ހިންގަމުން އަންނަ ހައުސިން ޕްރޮޖެކްޓުތަކަށް ހިނގި ހަރަދެވެ. 

ބީއެމްއެލްއިން ދެ ވަނަ ކުއާޓަރުގައި ނެރުނު ނާތީޖާއާއެކީ އެ ބޭންކުން ވަނީ މި އަހަރުގެ ފުރަތަމަ ބައިގައި 1.2 ބިލިއަން ރުފިޔާއަށް ވުރެ ބޮުޑު އަދަދެއް ސާފު ފައިދާގެ ގޮތުގައި ހޯދާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox