އެންޑްރޫ ޓޭޓްގެ މުއްސަނދިކަމަކީ ހަގީގަތެއް ނޫން ކަމަށް ބުނެފި
އެންޑްރޫ ޓޭޓްގެ މުއްސަނދިކަމަކީ އާންމުންގެ ސަމާލުކަން ހޯދުމަށް ދައްކާ ދޮގު މަންޒަރެއް ކަމަށާއި، އޭނާގެ ޕޯސްޓްތަކަކީ އާމްދަނީ އިތުރުކުރުމަށް ކުޅޭ ރޯލެއް ކަމަށް ވަކީލުން ކޯޓުގައި ބުނެފިއެވެ. ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓޭޓްގެ ދެބެއިން ފިލައިގެން ގޮސްފާނެ ކަމަށް ޕްރޮސިކިއުޓަރުން ބުނާއިރު، ވަކީލުން ދަނީ ކަފާލާތުގެ ދަށުން އެމީހުން މިނިވަންކުރުމަށް މަސައްކަތް ކުރަމުންނެވެ.