ޑެއިލީ މެއިލްއާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުވެ، ޕްރިންސް ހެރީ އާއި މަޝްހޫރު ފަރާތްތަކަކުން 34 މިލިއަން ޕައުންޑް ދައްކަން ޖެހިއްޖެ

Aug 22, 2026, 7:40 AM
ލަވަކިޔުންތެރިޔާ އެލްޓަން ޖޯން،އެކްޓްރެސް އެލިޒަބަތު ހާލީ އަދި ޕްރިންސް ހެރީ

ލަވަކިޔުންތެރިޔާ އެލްޓަން ޖޯން،އެކްޓްރެސް އެލިޒަބަތު ހާލީ އަދި ޕްރިންސް ހެރީ

ޕްރިންސް ހެރީ އާއި އިތުރު މަޝްހޫރު ހަ މީހަކު ޑެއިލީ މެއިލްގެ ނޫސްވެރިންނާ ދެކޮޅަށް އަމިއްލަ މިނިވަންކަމަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މައްސަލަ ނާކާމިޔާބުވުމާ ގުޅިގެން، 34.5 މިލިއަން ޕައުންޑާ ދައްކަން ޖެހިއްޖެއެވެ.

މި ނިންމުމަކީ އިނގިރޭސިވިލާތުގެ މީޑިއާ ދާއިރާގައި އަމިއްލަ މިނިވަންކަމާ ގުޅޭ ގޮތުން ހިނގި އެންމެ ބޮޑު އެއް ގާނޫނީ ހަނގުރާމައިގައި، ނޫސްވެރިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. 

އިނގިރޭސިވިލާތުގެ ހައިކޯޓުގެ ފަނޑިޔާރު ވަނީ މި މައްސަލައިގައި ހިމެނޭ ހަތް ފަރާތުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޑެއިލީ މެއިލް ހިންގާ އެސޯސިއޭޓެޑް ނިއުސްޕޭޕާސް ލިމިޓެޑް (އޭއެންއެލް) އަށް ފުރަތަމަ މަރުހަލާގެ ގޮތުގައި 9.54 މިލިއަން ޕައުންޑް ދެއްކުމަށް އަމުރުކުރައްވާފަ އެވެ.

މި މައްސަލައިގައި ހެރީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ  އެލްޓަން ޖޯން އާއި ބަތަލާ ލިޒް ހާލީ ފަދަ ފަރާތްތައް ހިމެނެއެވެ. ފަނޑިޔާރު ނިކްލިން ވިދާޅުވީ، މިއީ ޝަރީއަތުގެ ކުރިން އެއްބަސްވެފައިވާ މިންވަރަށް ވުރެ މާ ބޮޑު އަދަދެއް ދައްކަންޖެހޭ ފަދަ މަދު ހާލަތްތަކުގެ ތެރެއިން މައްސަލައެއް ކަމަށެވެ. ދައުވާކުރި ފަރާތްތަކުން މައްސަލަ ހުށަހެޅި ގޮތަށް ފަނޑިޔާރު ވަނީ އެ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޖުލައި މަހުގެ ހަތްވަނަ ދުވަހު ފަނޑިޔާރު ވަނީ ޑެއިލީ މެއިލުގެ ނޫސްވެރިން ގާނޫނާ ހިލާފަށް މައުލޫމާތު އެއްކުރި ކަމަށް ބުނެ ކުރި ދައުވާތައް ބޭރުކޮށްލާފަ އެވެ.

އޭއެންއެލް އިން ބުނާ ގޮތުގައި އެ ކުންފުނިން ދިފާއުގައި 34.5 މިލިއަން ޕައުންޑް ހޭދަކޮށްފައިވާ އިރު، ކޯޓުގެ ނިންމުމާ އެކު މި ހުރިހާ ފައިސާއެއް ހޯދުމުގެ ފުރުސަތު އެ ކުންފުންޏަށް މިހާރު ވަނީ ލިބިފަ އެވެ. ދައުވާކުރި ފަރާތްތަކުން މި މައްސަލަ ބަލިވެއްޖެ ނަމަ ހަރަދުތައް ފޫބެއްދުމަށް 16.2 މިލިއަން ޕައުންޑުގެ އިންޝުއަރެންސެއް ނަގާފައި އޮތް ނަމަވެސް، މިހާރު އޮތް ގޮތުން ހެރީ އާއި އެހެން ފަރާތްތަކުން އަމިއްލަ ޖީބުން 18 މިލިއަނެއްހާ ޕައުންޑް ދައްކަން ޖެހުމުގެ ބިރު އެބައޮތެވެ.

ފަނޑިޔާރު ނިކްލިން ފާހަގަކުރެއްވި ގޮތުގައި، ދައުވާކުރި ފަރާތްތަކުން ނޫސްވެރިންނާއި އެޑިޓަރުންގެ މައްޗަށް ކުރި ބޮޑެތި ޖިނާއީ ތުހުމަތުތަކުގެ ތެރެއިން އެންމެ ތުހުމަތެއްވެސް އަމިއްލައަށް އަނބުރާ ގެންގޮސްފައެއް ނުވެއެވެ. މިފަދަ ބޮޑެތި ތުހުމަތުތަކެއް ސާބިތުކޮށްދެވޭނެ ހެކި ނެތް ނަމަ އެކަންކަން ސާފުކޮށް އަނބުރާ ގެންދަންޖެހޭނެ ކަމަށާއި، އެގޮތަށް އަމަލުނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން އޭއެންއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ނޫހެއް ހަލާކުކޮށްލުމަށާއި ނޫސްވެރިންގެ އަބުރާ ކުުޅުމަށް ބަޔަކު ކުރި  މަސައްކަތް ނާކާމިޔާބުވެ، ދައުލަތުގެ ނިޒާމުގެ ތެރެއިން އެފަރާތްތަކަށް ލިބުނު ވަރުގަދަ ރައްދެއް ކަމަށެވެ.

ޕްރިންސް ހެރީ އާއި ބެރޮނަސް ލޯރެންސް ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ފަރާތްތަކުން ކޯޓަށް ދިޔައީ އިންސާފު ހޯދުމަށް ކަމަށާއި ނަމަވެސް އިންސާފު ލިބިފައިނުވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރި ހަތް ފަރާތަށް މި ނިންމުން އިސްތިއުނާފު ކުރުމަށް އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ އެވެ. މި މައްސަލައިގެ ހަރަދުތަކާ ގުޅޭ އިތުރު އަޑުއެހުންތައް ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

Newsletter

Get the latest news delivered straight to your inbox