ސެމީ އަށް ދިޔަސް ޖޮކޮވިޗް މާ އުފަލެއް ނުވި

Jan 29, 2026, 10:31 AM
ސެމީ އަށް ދިޔަސް ޖޮކޮވިޗް މާ އުފަލެއް ނުވި

މެލްބާން (ޖެނުއަރީ 29) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުގެ ޖާގައެއް ސާބިއާގެ ޓެނިސް ތަރި، ނޮވަކް ޖޮކޮވިޗަށް ލިބުނު ކަމުގައި ވިޔަސް މާ ބޮޑު ހިތްހަމަޖެހުމެއް އެކަމުގައި ލިބެން ނެތް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފި އެވެ.

ސައުވީސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށި ހޯދާފައިވާ ޖޮކޮވިޗް، 38، ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އިޓަލީގެ ލޮރެންޒޯ މުސެއްޓީ އޮތީ ފުރަތަމަ ދެ ސެޓު، 6-4، 6-3 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ތިން ވަނަ ސެޓުގައި ލިބުނު އަނިޔާއަކާ ހެދި މުސެއްޓީ އަށް ޖެހުނީ މެޗު ދޫކޮށްލާށެވެ. އެއާ އެކު، ޖޮކޮވިޗަށް ސެމީ ފައިނަލުގައި، އިޓަލީގެ ޖަނިކް ސިނާއާ ކުޅެން ފުރުސަތު ލިބުނީ އެވެ.

ޖޮކޮވިޗް ބުނީ، ހަގީގަތުގައި އޭނާ އަކީ ދެއްކި ކުޅުމަށް ބަލާއިރު ގެއަށް ދާން ތައްޔާރުވެގެން ހުންނަން ޖެހޭ ކުޅުންތެރިޔާ ކަމަށެެވެ.

"އަހަންނަށް ވުރެން އެތައް ގުނައެއް މޮޅަށް އޭނަ (މުސެއްޓީ) ކުޅުނު. އަހަރެން ހުރީ އަމިއްލަ ގެ އަށް ދިއުމުގެ މަގުމަތީގައި. ޔަގީނުން ވެސް މި މެޗުން މޮޅުވާން ޖެހޭ ކުޅުންތެރިއަކީ އޭނަ، އަހަރެން އޭނަ އަށް ވަރަށް އަވަސް ޝިފާ އަކަށް އެދެން،" ގްރޭންޑް ސްލޭމް މުބާރާތަކަށް 2023 ވަނަ އަަހަރުގެ ޔޫއެސް އޯޕަން ތަށި އެންމެ ފަހުން ހޯދި، ޖޮކޮވިޗް ބުންޏެވެ.

މިއީ، މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗަށް މެޗެއް ފުރިހަަމަަ ނުކޮށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. ޖޮކޮވިޗަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބުނީ، ގަދަ 16 ބުރުގައި އޭނާއާ ކުޅެން އޮތް ޗެކް ރިޕަބްލިކްގެ ޖަކޫބް މެންސިކްގެ ބަނޑުގައި ރިއްސާތީވެ، ސިއްހީ ހާލަތު ގޯސްވެގެން މެޗު ދޫކޮށްލަން ޖެހުމުންނެވެ. އެހެންކަމުން، ސެމީ ފައިނަލުގައި ސިނާއާ ދެކޮޅަށް ޖޮކޮވިޗް ނުކުންނައިރު، އޭނާ އަށް އެ ހިސާބަށް އެ އާދެވުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ދަނޑުމަތިން މޮޅެއް ނުލިބި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox