މެލޭޝިއާގެ ޖޮހޯރުން ބަލިނުވެ 109 މެޗު ހަމަކޮށް ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑެއް މުގުރާލައިފި

Aug 22, 2026, 11:13 AM
ޖޮހޯރަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނުމަށް ފަހު ގިލެރްމޭ އުފާފާޅުކުަރަނީ.

ޖޮހޯރަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނުމަށް ފަހު ގިލެރްމޭ އުފާފާޅުކުަރަނީ.

ކުއަލަ ލަމްޕޫރު، މެލޭޝިއާ (އޮގަސްޓް 22) - މެލޭޝިއާގެ ކްލަބް، ޖޮހޯރް ޑާރުލް ޓައާޒިމް (ޖޭޑީޓީ) އިން ބަލިނުވެ 109 މެޗު ފުރިހަމަކޮށް ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑެއް މުގުރާލައިފި އެވެ. 

ޖޮހޯރު (ޖޭޑީޓީ)، އެންމެ ފަހުން ލީގުގެ މެޗަކުން ބަލިވެފައިވަނީ، 2021 ވަނަ އަހަރު އޭޕްރީލް މަހު އެވެ. 

މެލޭޝިއާ ލީގުގައި ރޭ ކުޗިން ސިޓީ އަތުން 3-0 އިން މޮޅުވި މެޗާ އެކު، ލީގު ފުޓްބޯޅައިގައި ޖޮހޯރުން ވަނީ ބަލިނުވެ 109 މެޗު ހަމަކޮށްފަ އެވެ. އެންމެ ފަހުން 12 ސީޒަނުގައި ވެސް މެލޭޝިއާ ލީގު ޗެމްޕިއަންކަން ހޯދި ޖޮހޯރުން މި ވަނީ 32 އަހަރު ވަންދެން އައިވަރީ ކޯސްޓްގެ ކްލަބް، އެސެކް މިމޯސާ އަތުގައި އޮތް ރެކޯޑެއް މުގުރާލައިފަ އެވެ. އެ ޓީމުން ވަނީ، 1989 އިން 1994 އާ ދެމެދު ލީގު ފުޓްބޯޅައިގައި، 108 މެޗު ބަލިނުވެ ފުރިހަމަކޮށްފަ އެވެ. 

"މިއީ ތާރީހީ ކާމިޔާބެއް، ހުރިހާ ގޮތަކުން ބެލިޔަސް،" ޖޮހޯރުގެ ކޯޗު، ސްޕެއިންގެ ޒިސްކޯ މުނޯޒް ބުންޏެވެ. 

ރޭގެ މެޗަކީ، ޖޮހޯރުން މެލޭޝިއާ ފުޓްބޯޅައިގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުގައި މި ރެކޯޑް ހާސިލްވުން ވެގެންދިޔައީ، މިހާރު ޖޮހޯރާ ހަވާލުވެ ހުރި ވަޓްފޯޑާއި ޝެފީލްޑް ވެނެސްޑޭގެ ކުރީގެ ކޯޗު މުނޯޒަށް ލިބިގެންދިޔަ ބޮޑު ހިތްހަަމަޖެހުމެކެވެ. 

ޖޮހޯރުން ރޭގެ މެޗު ފަށައިގެން، 11 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ބްރެޒިލްގެ ކުޅުންތެރިޔާ، ގިލެރްމޭ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ޖޮހޯރުގެ ދެ ވަނަ ލަނޑު ޖެހީ ސްޕެއިންގެ މިޑްފީލްޑަރު އަރީބާސް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖޮހޯރުން މި މެޗުގައި ޖެހި ތިން ވަނަ ލަނޑު ޖެހީ، އިރާންގެ ފޯވާޑް، ޝަހާބް ޒަހޭދީ އެވެ. 

ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު، މެލޭޝިއާގެ ފުޓްބޯޅަ ޑޮމިނޭޓް ކުރަމުން އަންނަ ޖޮހޯރު (ޖޭޑީޓީ) އަކީ މުއްސަނދިކަމާއި ކާމިޔާބަށް ބެލި ނަމަވެސް އެ ގައުމުގެ ފުޓްބޯޅައިގައި މި ވަގުތު އެއް ވަނަ އެވެ. އެ ގޮތުން، އެ ކްލަބް ހިންގަމުން އަންނަ ފަރާތަކީ، ކްރައުން ޕްރިންސް ޓުންކޫ އިސްމާއިލް އިބްނި ސުލްތާން އިބްރާހިމް އެވެ. އޭނާގެ ލީޑަޝިޕްގައި ޖޮހޯރުން 40،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެއް ވެސް އެޅި އެވެ. 

ޖޮހޯރް (ޖޭޑީޓީ)ގެ ސީއީއޯ އަކަށް ހުރީ ސްޕެއިން ގައުމީ ޓީމާއި ލިވަޕޫލްގެ ކުރީގެ ފޯވާޑް، ލުއިސް ގާސިއާ އެވެ. އޭނާ ބުނީ، އެންމެ މަތީ ފަންތީގައި ޔޫރަޕްގައި ވެސް އޭނާ ކުޅެފައިވާއިރު، ބަލިނުވެ، މި އަދަދަށް މެޗު ހަމަކުރުމަކީ އާދަޔާހިލާފު ކަމެއް ކަމަށެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox