މެލޭޝިއާ ސްކޫލެއްގައި ހިންގި ގަތުލަކާ ގުޅިގެން ފިރިހެން ކުއްޖެއްގެ ޝަރީއަތް ފަށައިފި

Aug 3, 2026, 1:56 PM
ފޮޓޯ: އޭޕަލް ވޮންގް

ފޮޓޯ: އޭޕަލް ވޮންގް

މެލޭޝިއާގެ އަންހެން ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ފުރާވަރު އުމުރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް ޝަރީއަތް ފަށައިފި އެވެ.

މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ މި މައްސަލައާ އެކު، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ.

އުމުރުން 14 އަހަރުގައި އެ ފިރިހެން ކުއްޖާގެ މައްޗަށް ތުހުމަތު ކުރެވެނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އުމުރުން 16 އަހަރުގެ ޔަޕް ޝިންގް ޒުއެން މަރާލި ކަމަށެވެ. ވެރިރަށް ކުއާލަލަމްޕޫރް ކައިރީގައި ހުންނަ ސެކަންޑަރީ ސުކޫލެއްގެ ފާހާނާއެއްގެ ތެރޭގައި އެ އަންހެން ކުއްޖާ މަރާލާފައި އޮއްވާ ފެނުނު އިރު، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވެ އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފިރިހެން ކުއްޖާ ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. ނަމަވެސް، ކުށް ސާބިތުވެއްޖެ ނަމަ އެތައް އަހަރެއްގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކުއްޖާ މި އަމަލު ހިންގުމަށް ސޯޝަލް މީޑިއާގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ބެލެވެ އެވެ.

އެ ކުއްޖާ ހައްޔަރު ކުރި ވަގުތު އޭނާގެ އަތުން ނޯޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ނޯޓުގައި ހުރި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން، ސޯޝަލް މީޑިއާގެ ދައުރާ މެދު ކުރެވޭ ބަހުސްތައް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.

މެލޭޝިއާގެ ގާނޫނުތައް ބުނާ ގޮތުން، ކުށްކުރީ ކުޑަކުއްޖަކަށް ވާތީ، އޭނާގެ ވަކިވަކި މައުލޫމާތުތައް އާންމުކުރުމަކީ މަނާކަމެކެވެ.

އެ ކުއްޖާގެ އުމުރު ހަގުވުމުގެ ސަބަބުން، ކުށް ސާބިތުވި ނަމަވެސް މަރުގެ އަދަބެއް ނާންނާނެ އެވެ. އެހެންނަމަވެސް، 30 އަހަރާއި 40 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބަ އޮތެވެ. މެލޭޝިއާގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 10 އަހަރެވެ.

މި ހާދިސާގެ ސަބަބުން މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިފައިވާ އިރު، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާއި، ހާއްސަކޮށް އަންހެނުންނަށް ނަފުރަތުކުރާ "މެންސްފިއާ" އަދި "އިންސެލް" ސަގާފަތަށް ކުދިން ހުށަހެޅޭ މައްސަލައިގައި ގައުމީ ފެންވަރުގައި ދަނީ މަޝްވަރާ ކުރަމުންނެވެ.

ބައެއް ފަރާތްތަކުން މި މައްސަލަ ސިފަކުރަނީ ނެޓްފްލިކްސްގެ ސީރީޒް "އެޑޮލެސެންސް" އާ އެއްގޮތް ކަމެއްގެ ގޮތުގަ އެވެ. އެ ސީރީޒްގައި ވެސް ދައްކުވައިދެނީ ފުރާވަރުގެ ފިރިހެން ކުދިން އިންޓަނެޓްގެ ޒަރީއާއިން ހަރުކަށި ފިކުރުތަކަށް ހުށަހެޅި، ހިންގާ އަނިޔާވެރި އަމަލުތަކެވެ.

މިދިޔަ އަހަރު ބޮޑުވަޒީރު އަންވަރު އިބްރާހީމާ މި މައްސަލައާ ގުޅޭގޮތުންނާއި، ސުކޫލުތަކުގައި ހިނގާ އަނިޔާވެރި އެހެން ހާދިސާތަކާ ގުޅޭގޮތުން ސުވާލު ކުރެވުނެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ވިދާޅުވީ މިފަދަ ގިނަ މައްސަލަތައް އުފެދެނީ މޯބައިލް ފޯނާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ.

އޭގެ ފަހުން ކަމާބެހޭ އިދާރާތަކުން ވަނީ ކުޑަކުދިން ރައްކާތެރިކުރުމަށާއި، އިންޓަނެޓްގައި ހުންނަ ގެއްލުންދެނިވި މައުލޫމާތުތަކަށް ކުދިން ހުށަހެޅޭ މިންވަރު މަދުކުރުމަށް އާ ގަވާއިދުތަކެއް އެކުލަވާލާފަ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން މެލޭޝިއާގައި ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގެ މައިގަނޑު ޕްލެޓްފޯމްތަކުގައި އެކައުންޓް ހުޅުވުން މަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox