ސަރުކާރުން އުޅެނީ ރަައްޔިތުންގެ ބަންޑާރަ ގޯތިން ވައްކަން ކުރަން: އަފްރާހު

ތުޅާދޫ ކައުންސިލް ރައީސް އަހްމަދު އަފްރާހް

ތުޅާދޫ ކައުންސިލް ރައީސް އަހްމަދު އަފްރާހް

ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުން ބިންތަކާއި ތަންތަން މައި ސަރުކާރުން ބޭނުން އިރެއްގައި ވަކިކޮށް، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ގެންނަން އިސްލާހު ހުށަހެޅީ ރައްޔިތުންގެ ބަންޑާރަ ގޯތިން ވައްކަން ކުރުމަށް ކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ ރަށު ނޯޓު ޕްރޮގްރާމުގައި އަފްރާހް ވިދާޅުވީ ރައްޔިތުންނާއެކު މަޝްވަރާކޮށް ރައްޔިތުން ހޮވާފައި ތިބި ކަައުންސިލަރުން ލޭންޑް ޔޫޒް ޕްލޭނެއް ފާސްކޮށްފައި އޮއްވައި، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އެ ޕްލޭނަށް ބަދަލު ގެނެވޭނަމަ އެއީ ރައްޔިތުންގެ ބަންޑާރަ ގޯތިން ވައްކަން ކުރުން ކަމަށެވެ. 

"ރައްޔިތުންނާއެކު ކައުންސިލުން ކުރާ އެންމެ ބޮޑު މަސައްކަތަކީ އެ ރަށެއްގެ ތަރައްގީގެ ޕްލޭން އެކުލަވާލައި އެ ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުން އެނގޭތޯ،" އަފްރާހް ވިދާޅުވި އެވެ. 

"ދެން ރައްޔިތުން ބަސް ބުނެ ރައްޔިތުންގެ ފަރާތުން އިންތިހާބުވެފައި ފަރާތްތައް ފާސްކޮށްފައި އޮންނަ ލޭންޑް ޔޫޒް ޕްލޭނަކާއި ތަރައްގީގެ ޕްލޭނެއް އޮއްވައި، ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ބޭނުންވީމަ ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވެއްޖެ ތަނެއް އެބޭފުޅުންނަށް ނެންގެވޭނެ އުސޫލެއް އޮތުން އެއީ އަޅުގަނޑަށް ގަބޫލެއް ނުކުރަން އެއީކީ ހަމަ އެކަނި ފޭރުން ކަމަކަށް އެނގޭތޯ. ރައްޔިތުންގެ ބަންޑާރަ ގޯތިން ވައްކަން ކުރުން އެއީ އެނގޭތޯ." 

އަފްރާހް ވިދާޅުވީ މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަށް ލިބިފައި އޮތް ހަނި ބާރުވެސް ނަގައިގެން ސެންޓްރަލް ސަރުކާރެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. 

"އަޅުގަނޑަށް ގަބޫލުކުރެވެނީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑާލަން މިބޭފުޅުން މަސައްކަތް ކުރައްވަނީ އެނގޭތޯ. ކައުންސިލްތަކަށް ލިބިދީފައި މިހާރު މިއޮތް ކުޑަ ހަނި ބާރުވެސް ހަމަ ނަގައިގެން ސެންޓްރަލް ސަރުކާރެއް ގެންދިޔުމުގެ މަސައްކަތް އެބޭފުޅާ [މުހައްމަދު މުއިއްޒު] އިސްވެ ހުންނަވައި އެކުރައްވަނީ،" އޭނާ ވިދާޅުވި އެވެ. 

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ރަށްރަށުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ މިނިވަން މެންބަރެއް ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކީގަ އެވެ.

ބިލުގައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އިދިކޮޅު އެމްޑީޕީން ބުނަމުން ދަނީ އެ އިސްލާހަކީ ގާނޫނުއަސާސީއާ މުޅީން ހިލާފު ބިލެއް ކަމަށެވެ. ނަމަވެސް، ޕީއެންސީގެ މެންބަރުން ގެންދަވަނީ އެ ބިލު ދިފާއުކުރައްވަމުންނެވެ.

އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އެ ބިލާ ދެކޮޅަށް އާންމުންގެ ތެރެއިން ބަޔަކު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. މިހާރު ބަދަލުތަކާ ދެކޮޅަށް ސޮއިކުރަމުން އަންނަ ޕެޓިޝަނުގައި ވަނީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox