ހުލާސާކޮށް އިއްޔެ: ނަޝީދު ވިދާޅުވީ ވެރިކަން ހިންގަން ޑިމޮކްރަސީގެ އަގުހެޔޮ ކުރުމަކީ އަމިއްލަ ހާލަތު ނިކަމެތިކުރުން ކަމަށް

Mar 18, 2026, 4:45 AM
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ތުޅާދޫގައި ވާހަކަ ދައްކަވަނީ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ތުޅާދޫގައި ވާހަކަ ދައްކަވަނީ.

ވެރިކަން ހިންގުމުގެ ނަމުގައި ޑިމޮކްރަސީގެ އަގުހެޔޮ ކުރުމަކީ އަމިއްލަ ހާލަތު ނިކަމެތި ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. އެ ވޯޓުގައި ރައްޔިތުންގެ ހިޔާލަށް އަހަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި މަޖިލީހުގެ ދައުރު ކުރު ކުރުމަށް ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުންނެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ޓީމެއް ބ. ތުޅާދޫއަށް އިއްޔެ ގޮސްފައިވާއިރު އެ ރަށުގައި ހުންނަވައި ނަޝީދު ވަނީ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ތުޅާދޫ ބަނދަރު ސަރަހައްދުގައި ހުރި ގަހެއްގެ ހިޔަލުގައި ހުންނަވައި ނަޝީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ތަނަވަސް ގައުމުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުތައް ވަރަށް ގިނައިން ބާއްވަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ސްވިޓްޒަލޭންޑުގެ ވާހަކަ އެވެ.

"އިރުއިރުކޮޅާ ރައްޔިތުންގެ ގާތަށް ދާން އެބަޖެހޭ. ވެރިކަން ހިންގުމަށް ޑިމޮކްރަސީ އަގުހެޔޮ ކުރާން އަޅުގަނޑުމެން އުޅެއްޖެނަމަ އެއީ އަޅުގަނޑުމެންގެ އަމިއްލައަށް، އަމިއްލަ ހާލަތު ނިކަމެތި ކުރަން އެޅޭ ފިޔަވަޅެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އާއެކު މި ދަތުރުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަނުން ކަމަށްވާ ފައްޔާޒު އިސްމާއީލް، ހަސަން ލަތީފު އަދި މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ވެސް ބައިވެރިވެވަޑަގަންނަވަަ އެވެ.

މީގެ ކުރިން ނަޝީދު ވަނީ ފެންނަ ނުފެންނަ ވޯޓާ މެދު ސަރުކާރުން ދެވަނަ ވިސްނުމަކަށް ގޮވާލައްވާފަ އެވެ.

ގާނޫނުއަސާސީއަށް ގެންނަ އެއްވެސް އިސްލާހަކީ އަވަސްއަރުވާލައިގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ހިމެނޭހެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށްދާ ކަމަކަށް ވާންޖެހޭ ކަމަށް ނަޝީދު އޮތީ ވިދާޅުވެފަ އެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅޭ ދެ މައްސަލައެއް މިއަދު ސުޕްރީމް ކޯޓަށް ވެސް ވަނީ ވައްދާފަ އެވެ. އެއީ އެ ވޯޓު ހުއްޓުވައިދިނުމަށާއި ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަތަކެކެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox