ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން ތުޅާދޫ ކައުންސިލުން ގޮވާލައިފި

ތުލާދޫ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ވަނީ ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން ގޮވާލާފައި

ތުލާދޫ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ވަނީ ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން ގޮވާލާފައި

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ބޭރުކުރަން އަނބުރާ ގެންދަން ތުޅާދޫ ކައުންސިލުން މިއަދު ގޮވާލައިފި އެވެ. 

ތުޅާދޫ ކައުންސިލުން ނެރުނު ގަރާރެއްގައި ބުނީ ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހަކީ ރައްޔިތުންގެ ބާރާއި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކާ ކަނޑައެޅިގެން ހިލާފު އިސްލާހެއް ކަމަށެވެ. 

އަލަށް ހުށަހެޅުނު އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ، ރަށްރަށުގެ އިހްތިސާސްގެ ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު، ބޭނުން ގޮތަކަށް، މާލޭގައި ތިބޭ މަރުކަޒީ ވެރިންނަށް އަތުލައިގަނެވުމުގެ ޖާގަ ފަހިވެ، ރަށު ރައްޔިތުން އިހްސާސްގެ މިލްކުވެރިކަން ބީވެގެންދާނެ ކަމަށް ތުޅާދޫ ކައުންސިލުން ބުންޏެވެ. 

Advertisement

 "މި ބިލުގައިވާގޮތުން މިއިންކަމަކާ ދެކޮޅަށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނެ ދެކޮޅު ހެދުމަކީވެސް، ކުށްވެރިވާ މަނާ ކަމަކަށް ބަދަލުވީ. ރައްޔިތުން އިންތިހާބުކުރާ މަންދޫބުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑުކޮށް ވަކިކުރުމުގެ ބާރުވެސް މަރުކަޒީ އިދާރާތަކަށް މާ ސާފުކޮށް ލިބިދެވުނީ. މިއީ ސީދާސާދާކޮށް ލާމަރުކަޒީ ނިޒާމު ރޫޅައި، ރައްޔިތުންނާއި ރަށުބާރުވެރިކަން އުވާލުމުގެ އިސްލާހެއް،" ތުޅާދޫ ކައުންސިލުގެ ގަރާރުގައި ބުންޏެވެ. 

ތުޅާދޫ ކައުންސިލުން ވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މި އިސްލާހު އަނބުރާ ގެންދަން މުހައްމަދު މުއިއްޒަށް ގޮވާލައްވާފަ އެވެ.

މީގެއިތުރުން ތުޅާދޫއަށް ނިސްބަތްވާ އެ ދާއިރާގެ މެންބަރު މިފަދަ އިސްލާހެއް ހުށަހެޅުއްވުމަކީ ލަދުވެތިވާ ކަމެއް ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ. އޭގެއިތުރުން  ތުޅާދޫ ކައުންސިލުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ކުރިން މަސައްކަތްކުރެއްވުމަށްފަހު ހަންނާން މިފަހަރު ސީދާ ރަށްރަށުގެ ބާރުވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމަކީ ދާއިރާގެ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމަށެވެ. 

މުއިއްޒުގެ ސަރުކާރުން އަންނަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ވަރަށް ބޮޑަށް މަރުކަޒު ކުރަމުންނެވެ. އެކަމަށް މަގުފަހި ކުރުމަށްޓަކައި ލާމަރުކަޒީ ގާނުނަށް ގިނަ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ވަނީ ގެނެސްފަ އެވެ.

ކައުންސިލްތަކުގެ ބާރު ހަނިކުރަނީ؛ ސަރުކާރުން ބޭނުންވާ ރަށްރަށުގެ ބިންތައް އަތުލުމަށް ގާނޫނު ބަދަލުކުރަން ހުށަހަޅައިފި

މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ ސަރުކާރުން ބޭނުންވާ ބިންތައް ދިނުމަށް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައި. ކައުންސިލްތަކުން އެކަށީގެންވާ މުއްދަތެއްގައި ހުއްދަ ނުދޭނަމަ އެލްޖީއޭގެ ހުއްދައާއެކު އެ މަޝްރޫއުއެއް ހިންގުމުގެ އިހުތިޔާރު ސަރުކާރަށް ލިބޭ ގޮތަށް ވެސް ގާނޫނު ވަނީ ބަދަލުކޮށްފައި.

ހަންނާންއަކީ އަމިއްލަ މެންބަރެއްގެ ގޮތެއްގައި ހުންނެވި ނަމަވެސް މަޖިލީހުގެ މަސައްކަތް ކުރައްވަނީ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އެވެ. ބިންތައް އަތުލެވޭ އެ ބިލުގައި އޮތީ ހަތަރު އަކުރެއް އެ ގާނޫނަށް އިތުރުކުރުމަށް ހިމަނާފަ އެވެ. 

"މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ،" ބިލުގައި ބުނެފައިވެ އެވެ. 

އެ ބިލުގައި ބުނެފައިވާ ގޮތުގައި ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ ސަރުކާރުން ބޭނުންވާ ބިންތައް ދިނުމަށް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން، ސ. މަރަދޫފޭދޫގައި 2،900 އަކަފޫޓުގެ އިމާރާތެއް އަޅަން 9،000 އަކަފޫޓުގެ ބިމެއް އައްޑޫ ސިޓީ ކައުންސިލުން ދީފައި އޮއްވައި އެ ބިމުގެ ޖާގަ 11،000 އަކަފޫޓަށް ބަދަލުކޮށްދިނުމަށް އެދުމުން އެ ކަމަށް އެ ކައުންސިލުން ވަނީ ދެކޮޅު ހަދާފަ އެވެ. 

ހަމައެހެންމެ، ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއުގެ ބޭނުމަށް ނަގާ ބިން ވެސް ކުލި ނުލިބޭ ގޮތަށް ދޫނުކުރާނެ ކަމަށް އެ ކައުންސިލުން އޮތީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox