"ސަރުކާރުން އުޅެނީ ރަައްޔިތުންގެ ބަންޑާރަ ގޯތިން ވައްކަން ކުރަން"
ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަކީ ރައްޔިތުންގެ ބަންޑާރަ ގޯތިން ވައްކަން ކުރުން ކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އަފްރާހް ވިދާޅުވި. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ބަދަލަކީ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، މަރުކަޒީ ސަރުކާރެއް ހިންގުމަށް ކުރައްވާ މަސައްކަތެއް ކަމަށް.