ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ބޭނުންކުރަން ބޭރުގެ ކުންފުންޏަކާ ވާހަކަ ދައްކަނީ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަމްޕު ޕެނަލްޓީއެއް ފޮނުވާލަނީ--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަމްޕު ޕެނަލްޓީއެއް ފޮނުވާލަނީ--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

މި އަހަރުގެ ނޮވެމްބަރު މަހު ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުންކުރަން ބޭރުގެ ކުންފުންޏަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފި އެވެ. 

ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް ދިން އިންޓަވިއުއެއްގައި ވަނީ މި އަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ބޭނުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، އެކަން ކާމިޔާބުކުރުމަށްޓަކައި، ބައިނަލްއަގުވާމީ ޖަމިއްޔާއަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. 

"މަސައްކަތްތައް ކުރެވެމުން ދަނީ،" ކަޓޭލް ވިދާޅުވި އެވެ. 

Advertisement

ސާފް އިން އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު 21 އިން އޮކްޓޫބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ހޯސްޓްކުރުމަށް ކުރަން ޖެހޭ ގިނަ ކަންކަން ނިންމައިފަ އެެވެ. އެހެން ނަމަވެސް، ސާފް ޗެމްޕިއަންޝިޕް އޮންނަ މުއްދަތުގައި، އިންޑިއާ އިން މި ވަނީ، އިންޑޮނޭޝިއާ އާއި ހޮންގް ކޮންގްގައި ކުރިއަށްދާ ފީފާ އާސިއާން ކަޕްގައި ކުޅެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

ސާފް އިން މިހާރު ނިންމާފައިވަނީ ނޮވެމްބަރު މަހުގެ ފީފާ ބްރޭކުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް ކުރިއަށްގެންދިއުމަށެވެ. އެއީ، ނޮވެމްބަރު 9-17 އަށް ފައްތައިގެން ކުރިއަށްދާ ގޮތަށެވެ. އެ ގޮތުން، ހަތް ގައުމު ވާދަކުރާ މި މުބާރާތް ސީދާ އެ ދުވަސްވަރު ނުބޭއްވޭނެތީވެ، ސާފްގެ ވިސްނުމަކީ ފީފާ ބްރޭކު ފެށުގެ ދެ ދުވަހެއް ވަރު ކުރިން މުބާރާތް ފެށުމަށެވެ. 

ސާފް ޗެމްޕިއަންޝިޕް އޮންނާނީ ނޮވެމްބަރު މަހު

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އަންނަ ނޮވެމްބަރު މަހު ކުޅޭ ގޮތަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންމާފައިވާ ކަމަށް އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އިން ވަނީ ރިޕޯޓްކޮށްފައި.

 ކަޓޭލް ވިދާޅުވީ، އިންޑިއާ އިން އާސިއާން ކަޕް ކުޅެން ނިންމުމުން، ސާފް ޗެމްޕިއަންޝިޕް ބާއްވާނެ މުއްދަތު ފަސްކުރަން ނިންމީ އިންޑިއާގެ ސީނިއާ ޓީމު ސާފް ކުޅުމަކީ މި މުބާރާތަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށެވެ. 

"އިންޑިއާ ކަހަލަ ގައުމެއްގެ އެ ހައިބަތު އޮތުމާ އެކު، ސާފް އަށް ވަރަށް މުހިންމު އިންޑިއާ އަށް ކުޅެވޭނެ ދުވަސްވަރަކަށް މިކަން ކުރުން. އަހަރެމެން ޖުމްލަ އެކު ސާފްގެ ހަތް ގައުމާ ވާހަކަ ދައްކައިގެން، އެންމެންގެ ރުހުން ހޯދައިފިން، ނޮވެމްބަރު މަހުގައި ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ކުޅޭ ގޮތަށް،" ކަޓޭލް ވިދާޅުވި އެވެ. 

ކުރިން އޮތް ތާރީހުގައި، ސެޕްޓެމްބަރާއި އޮކްޓޫބަރުގައި އިންޑިއާެގެ 23 އަހަރުން ދަށުގެ ޓީމާ އެކު، ސާފް ޗެމްޕިއަންޝިޕް ކުރިއަށްގެންދިއުމަކީ ސާފް އަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ކަޓޭލް ވަނީ ވިދާޅުވެފަ އެވެ. 

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގަ އެވެ. އެ ފަހަރުގެ މުބާރާތް ކުރިއަށްދިޔައީ، ދައުވަތު ދީގެން ލެބަނަން އާއި ކުވެއިތު ވެސް ހިމަނައިގެންނެވެ. އެ ފަހަރުގެ މުބާރާތުގައި ސަސްޕެންޝަނުގެ ސަބަބުން ސްރީ ލަންކާ ނުކުޅެ އެވެ.

ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2003 ވަނަ އަހަރު ރާއްޖޭން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، 2009 ވަނަ އަހަރު އިންޑިއާ އަތުން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވި އެވެ. އަދި، 2018 ވަނަ އަހަރު ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox