ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފަށަން ޖީއެސްޓީ ގާނޫނު ބަދަލުކުރަނީ

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ޓޫރިސްޓުންތަކެއް: ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަނީ ބޭރުގެ ވިޔަފާރިތައް މެދުވެރިވެގެން --- ފޮޓޯ: އަދަދު

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ޓޫރިސްޓުންތަކެއް: ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަނީ ބޭރުގެ ވިޔަފާރިތައް މެދުވެރިވެގެން --- ފޮޓޯ: އަދަދު

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ ގާނޫނު) ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވަނީ، މިއީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމުގެ ގޮތުން ގެންނަ ބަދަލުތަކެއް ކަމަށެވެ. މިއީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ހުށަހެޅި ކަމެކެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވަނީ، ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކުރަން ހުށަހަޅާފައެވެ. ހަމައެހެންމެ، ޖީއެސްޓީ ނެގޭ މުދަލަކީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށް ކަމަށް ބުނާ މާއްދާ، ދިވެހި ވިޔަފާރިތަކުގެ މައްޗަށް އެކަނި ހިނގާގޮތަށް އޮތްއޮތުން ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ ކޮބައިކަން މާނަކޮށްދީފައިވެއެވެ. އަދި ޓެކްސް ނެގޭނީ ކޮން ބާވަތެއްގެ ވިޔަފާރިއަކުން ހިންގާ ހަރަކާތްތަކަކުންކަން ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ވަނީ ހިމަނާފައެވެ. އަދި ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކަށް އަމާޒުކޮށްގެން ޗާޓަރަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ބަޔާންކުރަން ވެސް ބިލުގައި ހިމަނާފައިވެއެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލުތައް ތަންފީޒުކުރަން ފަށައި، މިހާރުގެ ޓީޖީއެސްޓީ ރޭޓު ކަމުގައިވާ 17 ޕަސެންޓުގައި މި ބާވަތުގެ މުދަލުން ޓެކްސް ނަގަން ފަށާށެވެ.

ޖުމްލަ ގޮތެއްގައި ގާނޫނަށް ގެންނަ ހުރިހާ ބަދަލުތަކެއް ގެންނަނީ ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތަކުން ޖީއެސްޓީ ނެގޭނެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ބޭނުންވާ ކަންކަން ގާނޫނުގައި ހިމެނުމަށެވެ.

މި ބިލާ އެއްކަރުދާސްކޮށްފައިވާ ކޮސްޓް އެސްޓިމޭޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލާ ގުޅިގެން ދައުލަތުން 7.9 މިލިއަން ރުފިޔާ ހަރަދުކުރަންޖެހެއެވެ. އެއީ ވަން-އޮފް ނުވަތަ އެންމެ ފަހަރަކު ކުރަންޖެހޭ ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި އިތުރު މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކަށް 5.1 މިލިއަން ރުފިޔާއެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުން ސަރުކާރުން އަންދާޒާކުރަނީ ދައުލަތުގެ އާމްދަނީ އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށެވެ. އެއީ އޯވާސީސް ޓްރެވަލް އެޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިގެންނެވެ.

ޓީޖީއެސްޓީ ދައްކަންޖެހެނީ ބޭރު ފައިސާއިން ކަމަށްވާތީ، މިވަރަށް އާމްދަނީ ލިބިއްޖެނަމަ ދައުލަތަށް އިތުރަށް 104.1 މިލިއަން ޑޮލަރު ވަންނާނެއެވެ.

ސަރުކާރުން ބުނާ ގޮތުގައި ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގައި ގާއިމުވެގެން ވިޔަފާރިކުރާ ބަޔަކަށް ނުވާތީ، މި ވިޔަފާރިތަކުން ޖީއެސްޓީ ދައްކަން ފަށާނީ އެ ފަރާތްތަކާއެކު މީރާއަށް މުއާމަލާތް ކުރެވޭނެ ގޮތްވެ، ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ.

އެހެންކަމުން، މި ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ފެށުމުން، އަދި މީރާއިން އެފަދަ ވިޔަފާރިތަކާއެކު ގުޅުން ގާއިމުކުރަމުން ގެންދާ ވަރަކުން އަންދާޒާކުރެވޭ އާމްދަނީ އިތުރުވާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ޖީއެސްޓީ ގާނޫނަށް މި ބަދަލުތައް ގެންނަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ފެށުމުގެ ގޮތުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ އިތުރުކުރަން ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން އުޅޭއިރު، ޑޮލަރުގެ ތާށިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެއާއެކު، ރާއްޖޭގެ ތާރީހުގައި ނުއުފުލޭ ވަރަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox