ފަލަސްތީނުގެ ދެ އާއިލާއެއް ޔަހޫދީންގެ ބަންދުގައި
ހުޅަނގު އައްސޭރީގެ ގުސްރާ އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ ދެ އާއިލާއެއްގެ ގެދޮރު ޔަހޫދީ ވަޒަންވެރިން ވަށާލައި، އެ މީހުން ބަންދުކޮށް ކާބޯތަކެއްޗާއި ޒަރޫރީ ޚިދުމަތްތަކުން މަހުރޫމްކޮށްފިއެވެ. އިސްރާއީލު ސިފައިންގެ އެހީތެރިކަމާއެކު ހިންގާ މި އަމަލުގެ މަގްސަދަކީ ފަލަސްތީނު މީހުން އެ ސަރަހައްދުން ބޭރުކޮށް ބިންތަކަށް ވެރިވެގަތުން ކަމަށްވާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ އެ އާއިލާތައް ސަލާމަތްކުރުމަށް ގޮވާލަމުންނެވެ.